ޕޯސްޓް އޮފީހުގެ ނަމުގައި އޮޅުވައިލައިގައި ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ދާތީ އެކަމަށް ސަމާލުވާން ވަނީ އެދިފައި-- ފޮޓޯ: މިހާރު
20 އޮކްޓޯބަރ 2023 - 08:37
މޯލްޑިވްސް ޕޯސްޓްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކަސްޓަމަރުންނަށް ފޮނުވަމުން ދާތީ އެކަމަށް ސަމާލުވުމަށް އެ އޮފީހުން އެދިއްޖެ އެވެ.
ޕޯސްޓު އޮފީހުން އިއްޔެ ބުނީ، ސްކޭމް މެސެޖުތަކުގައި ކަސްޓަމަރުންގެ އައިޓަމް ވެރިފަރާތަށް ހަވާލުނުކުރެވި، ޑެލިވަރީ ފެއިލްވެފައިވާ ކަމަށާއި ވެރިފަރާތުގެ އެޑްރެސް ޔަގީން ކުރުމަށްޓަކައި އެ މެސެޖުގައިވާ ލިންކަށް ވަންނަން ބުނެފައި ހުންނަ ކަމަށެވެ.
އެ މެސެޖުގައި އައިޓަމްގެ ޓްރެކިން ނަންބަރު ހިމަނާފައިވާ ކަމަށާއި މެސެޖުގައިވާ ލިންކަށް ވަނުމުން ސައްހަ ނޫން ޓްރެކިން އަދި ޑެލިވަރީ އަޕްޓޭޓް ފެންނަން ހުރެ އެވެ. ޑެލިވަރީ ކުރުމަށް ވަކި ފީއެއް ދެއްކުމަށް ވެސް ކަސްޓަމަރުންނަށް އަންގާ ކަމަށް ޕޯސްޓު އޮފީހުން ބުންޏެވެ.
ޕޯސްޓުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ބަޔަކު ފޮނުވާ ސައްހަ ނޫން މެސެޖަކަށް ސަމާލުވެ، އެފަދަ މެސެޖުތަލަށް ޖަވާބު ނުދިނުމަށް އެ އޮފީހުން އެދެ އެވެ. އެފަދަ މެސެޖެއް ލިބިއްޖެ ނަމަ އެކަން މޯލްސްޑިވްސް ޕޯސްޓަށް އެންގުމަށް ވެސް އެދުނެވެ.
ޕޯސްޓު މެދުވެރިކޮށް ޕެކޭޖެއްގެ މައުލޫމާތު ހޯދުމަށް ގުޅަން ޖެހެނީ 331555 އަށެވެ. ވެބްސައިޓު މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ވެސް ޕޯސްޓު އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮއްލަ
21 October 2023
4 ލައްކަ އާބާދީ އެއް އޮންނަ ތަނެއްް. ކޮންމެ މަހަަކު ކަހަލަ ގޮތަކަށް އައު ސްކޭމް އެއް އެބަ ތައާރަފު ކުރޭ. މިކަންކަން ހުއްޓުވަން މުވައްސަސާތަކަށް ބިލިޔަނުން ޚަރަދު ކުރެވޭ. ނަތީޖާއަކީ އެއްމެ ސްކޭމަރެއްވެސް އަދާ ހަމައަށް އަތުލައިގަނެ އަދަބު ދެވިފައިނުވޭ. ސްކޭމަރަކީ ކާކުކަން ކޮންތަނަކު އުޅޭ މީހެއްކަންވެސް ރަނގަޅަށް އެނގޭ. ނުވިތާކަށް ބޭންކަށްވެސް އެނގޭ ކާކުކަން. އެކަމު ކުރެވޭނެ ހަމަ އެއްމެ ކަމެއްވެސް ނެތް.. ބާރަށް ކުރިއަށް ޤައުމު.
ބަރުބާދު
20 October 2023
ތިމެސެޖް ފޮނުވާ ނަމްބަރތައް ބްލޮކްނުކުރެވެނީކީއްވެ. ބާރުގަދަބަޔަކު ތިކަމުގެ އަޑީގަތިބީމަތަ؟.
ކސިސުސުސ
20 October 2023
މެސެޖު ފޮނުވާ މީހުން ނުހޯދެނީ ކީއްވެހޭ؟؟ ސުކޭމަރުން ނުހޯދެނީ ކީއްވެހޭ؟؟
14135
20 October 2023
އިންޑިޔާ މީހުންނާއި ނުކުޅެވޭނެ
ޛއުއހއބ
21 October 2023
"ޝޭހަކު" ހޯމް މިނިސްޓަރަކަށް ހުރީމަވެސް ވީ ކަމެއް ނެތް ދޯ