ދިރާގުން ޓެސްލާ ކާރެއް ދޭ ޕްރޮމޯޝަންގެ މައުލޫމާތު ކިޔައިދެނީ -- ފޮޓޯ: މިހާރު
24 އޮކްޓޯބަރ 2023 - 14:27
ދިރާގުން ލޯންޗުކުރި އާ ޕްރޮމޯޝަންގައި ދިރާގު ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމަށް ރަނުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30 އެމް އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގުގެ ހިދުމަތް މިހާރު ބޭނުން ކުރަމުންދާ ކަސްޓަމަރުނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށެވެ. ހާއްސަ ޕޯޓަލެއް މެދުވެރިކޮށް އަންނަ އަހަރު ފެށުމުގެ ކުރިން ދިރާގާ ގުޅޭ ހުރިހާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
Win a Tesla Promo | Dhiraagu
Dhiraagu Win a Tesla Promo
ދިރާގުގެ ޓެސްލާ ޕްރޮމޯޝަން --- ފޮޓޯ: މިހާރު
މިއަދު ބޭއްވި ޕްރެސް ކޮންފެރެންސްގައި ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، މިއީ ދިރާގުގެ 35 ވަނަ އަހަރާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އަދި މިފަދަ ޒަމާނީ، އިލެކްޓްރިކް ކާރެއް ހޯދުމުގެ ފުރުސަތު ހޯދައިދެވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ ކުލަގަދަ އަހަރެއް ފާހަގަކުރަމުން ދާއިރު އަޅުގަނޑުމެން ބޭނުންވީ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ކަހަލަ އިނާމެއް ދިނުމަށް،" އޭނާ ވިދާޅުވި އެވެ.
މި އަގުހުރި އިނާމު ހޯދުމަށް ކަސްޓަމަރުންނަށް އިތުރު ފުރުސަތު މަގުފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ އަންނަ މަހުގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް ޓެސްލާ ކާރު ހޯދުމުގެ ފުރުސަތު ދެގުނައަށް ބޮޑުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫއ
25 October 2023
ތި ޕޮރޮމޯސަނުގަ ބައިވެރިވާން 2ރ ގެ އެސްއެމްއެސް ދޮނުވަން ޖެހޭނީ ކޮން ނަންބަރަކަށް
އާމިނާބި
24 October 2023
ތިޓެސްލާ ކާރު އަހަރުމެން ކޮންތާކު ދުއްވަނީ. މާލޭގެ ކަނޑުމަތިއަޅާފައި ހުންނަ ޓްރެފިކުގައި ކިއުޖެހިގެން ތިބެން؟ ބޭނުމެއްނުން! ތިއައްވުރެ ފައިސާކޮޅު ދިންނަމަ މާ ބޮލަށް ފަސޭހަވާނެ.
ވިސްނޭބައެއް
24 October 2023
ތަނަކުން އެއްޗެއް އުފެއްދީމަ ގެންނަ އުސޫލުއޮތީމަ ތިލިބޭ މީހާ ބޮޑު ތަކުލީފެއްގައި އުޅެންޖެހޭނީ. އެފަދަކަމަކަށް ބެލުމެއްނެތި މޮޅުކަމެއް ކޮށްލީދޯ.
ބޮޑު މުހައްމަދު
24 October 2023
ކޮންތާކު ދުއްވަންބާ ތި ކާރެއް ދެނީ
ޖުލައި2021
24 October 2023
ޓެސްލާ ޗާޖު ކުރާނެ ތަންތަން އެބަހުރިތަ. މިބުނީ ޗާޖިން ސުޓޭޝަން އެން ނެތިއްޔާ ކިހިނެއް ތިގެންގުޅޭނީ. މިބުނީ މިސާލަކަށް 10ވަނަބުރިން ކަރަންޓު ކޭބަލެއް މަގުމައްޗައް ބާލަންތަ ޖެހޭނީ. ނޫނީ ޕޯޓަބަލް ޖަނެރޭޓަރެއް ގެންގުޅެންޖެހޭނީ ކާރު ފަހަތު ހަރުކޮއްގެން
މަސްކު
24 October 2023
ތީމުގެއިން އެކަންވާނީ ސަލާން ޖަހައިގެން
ބޮޑުމީހާ
24 October 2023
ކޮންމެ ފަހަރަކު 10 ވަނަ ބުރިއަށް ކާރު އަރުވާނީ
ޢިލޯން
24 October 2023
ކޮންތާކު ދުއްވަން؟ ރާއްޖޭގެ މަގުތަކުގެ ފެންވަރު ނޭންގެނީ ބާ؟
ބައްޕަގެ މަހުމޫދު
24 October 2023
ގޭދަށުގަ ބާއްވައިގެން ބަރުގޮނު އަޅާލައަޅާލަ އޮތިއްޔާ ކީއްތަވާނީ؟