ފޮރިން މިނިސްޓްރީ: އެމްބަސީތަކުގެ ސިޔާސީ މުވައްޒަފުން މިމަހުގެ 18 ގެ ކުރިން ރާއްޖެ އައުމަށް ވަނީ އަންގާފައި. ---ފޮޓޯ: ފަޔާޒް މޫސާ / މިހާރު
10 ނޮވެމްބަރ 2023 - 19:16
ރާއްޖޭން ބޭރުގެ ދިވެހި އެމްބަސީތަކުގައި ސިޔާސީ މަގާމުތައް އަދާކުރައްވާ ބޭފުޅުން މި މަހުގެ 18ގެ ކުރިން ރާއްޖެ ވަޑައިގަތުމަށް ފޮރިން މިނިސްޓްރީން އަންގައިފި އެވެ.
ފޮރިން މިނިސްޓްރީން އެގޮތަށް އެންގީ ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުން 18 ވަނަ ދުވަހުގެ ކުރިން ރާއްޖެ ގެނައުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން އެދިގެންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި 61 ބޭފުޅަކަށް މިހާރު ވަނީ އެ ދުވަހުގެ ކުރިން ރާއްޖެ ވަޑައިގަތުމަށް ދަންނަވައިފަ އެވެ.
ބޭރުގެ އެމްބަސީތަކަށް މި ސަރުކާރުން އެކަށީގެންވާ ވަރަށް ވުރެ ގިނައިން ސިޔާސީ ގިނަ މަގާމުތައް ހަދައި އެ މަގާމުތަކަށް ހަމަޖެއްސި ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރާ ކަމުގެ ކަންބޮޑުވުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިން ކޮށްފައިވެ އެވެ.
އަންނަ ހުކުރު ދުވަހު ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ ޑރ. މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްކޮ-މާހިދު
12 November 2023
ތިހެން އެންމެން ރާއްޖެ އަންނާކަށް ނުބުނެވޭނެ!! ހައްގަކަށް އަރައިގަތުމަކީ ނުބައި ކަމެއް. އަދި އިތުރު 5 މަސް ވަރު ދީބަ ހަމަ ޖެހިލާއިގެން މާލެ ދާން، ނޫނީ އެމޮޅެތި ގައުމުތަކުގައި އެހެން ވަޒީފާއެެއް ލިބޭތޯ ބަލާލަން.
އަހުމަދު ސައިފުލް
12 November 2023
ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް އެނގޭ މި އަންނަން އުޅޭ ސަރުކާރަކީ ވަރަށް ކޮރަޕްޓް ސަރުކާރެއް ކަން! އެއީ އޭރު ހައުސިންގ މިނިސްޓްރީ އިން ހިންގާފަ ހުރި ބޮޑެތި ކޮރަޕްޓް ކަންތައްގަޑާ ހުރެ ގިނަ ބަޔަކު މި އަންނަން އުޅޭ ސަރުކާރަކަށް އިތުބާރެއް ނެތް!
ސިލްމާ ޒާހިރު
12 November 2023
ތިޔަ 61 ގެނެސް، މުޢިއްޒު ސަރުކާރުގެ 75 ފޮނުވާނެ. ކުރިން ވަޒީރން އަދި ނައިބުން ގިނަކަމަށް 2015 ގައި ނޫސްތަކުގައި ލިޔުމުން އެތައް ނައިބުންނެއް ބަދަލުކުރީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުންނަށް. މުސާރަ ކުޑައެއްނުވޭ. އަދި ހަދިޔާއަށް އިތުރަށް ކުންފުނި އުފައްދާ މިމީހުން ބޯޑުތަަކަށްލާ، އެމީހުންގެ ކުންފުނިތަކަށް ސަރުކާރު ޕްރޮޖެކްޓްތަށް ދިނީ.
އިމްޔާޖް
11 November 2023
މިހާރު ނޫހުުން މި 61 މީހުންގެ ނަން ލިސްޓެއްހެން ޝާއިރު ކޮށްލަދީބަ.
ފްލާވާ
11 November 2023
ދެރަ ?
ލޮލީޓާ
11 November 2023
ފޮރިން މިޝަންސްތަކަށްވެސް ރާއްޖޭގެ ހުރިހާ އަތޮޅުތަކުގެ މީހުން ހިމެނޭގޮތަށް މަޤާމްތައް ދެއްވާ! އެއީ ވަކި ރަށަކަށް ނިސްބަތްވީތީ ދޭންޖެހޭ މަޤާމްތަކެއް ނޫން.
32023
11 November 2023
އެހެން ހަމަ އަންނަން ބުނާއިރަށް އާދެވޭތަ، އެބޭފުޅުންގެ ދަރިންވެސް އެތާ ސްކޫލްތަކުގައި... ބޮައިހަލަކި
ކޮރަލް
11 November 2023
މާލޭޣ މުއްސަނދީން ނާ ސިޔާސީ ބައެއް ބޮޑެތި މީޙުންގެ ދަރީން އެމްބަސީ ތަކަށް ފޮނުވަން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ބަޔަކަށް ފުރުސަތު ލިބޭނެ ހެން ހިއެއް ނުވެ އެވެ.
ފިޔާޒް
11 November 2023
މެލޭޝިޔާ އެމްބަސީގަ ވެސް މުޅިން ކަމެއް ނުކުރާ މީހުން. މިހާރު އެބައުޅޭ މުއިއްޒު ޕާޓީއަށް ސޮއި ހޯދަދީގެން ކޮޅު ބަދަލު ކުރެވޭތޯ. އެކަމަކު މީގެ މަހެއް ކުރިން އެމްޑީޕީ ކެމްޕެއިންގެ ކުރީ ސަފުގަ.
ބަންދުކުރަންވީ
11 November 2023
ގިނަ އެންބަސީތައް ބަންދުކުރަންވީ، ތިޔައީ ކޮންމެހެން މިރާއްޖެއަށް ބޭނުން ތަންތަނެއް ނޫން. ސިންގަޕޯރ ކަހަލަ ގައުމުތަކުގައި އެންބަސީ ހަދައިގެން މިތިބީ ކީއްކުރަންތޯ؟