އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: މަދަނީ ހައްގުތަކާ ގުޅޭ އޮފީސް އުފައްދާފައިވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ދަށުން --
24 ނޮވެމްބަރ 2023 - 10:58
ގާނޫނުއަސާސީގެ ދަށުން ކޮންމެ މީހަކަށް ކަށަވަރުކޮށްދޭ އެންމެހައި މަދަނީ ހައްގުތައް ލިބިދޭކަން ކަށަވަރު ކުރުމާ ގުޅޭ މަސައްކަތްތައް ކުރުމަށް، ޝަކުވާ ހުށަހަޅާނެ ރަސްމީ ނިޒާމެއް ސަރުކާރުން ގާއިމުކޮށްފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުގެ ދަށުން "އޮފީސް ފޯ ސިވިލް ރައިޓްސް" ގެ ނަމުގައި އާ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އެ ނިޒާމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކޮންމެ މީހަކަށް ލިބިދީފައިވާ މަދަނީ ހައްގުތައް ކަށަވަރު ކުރުމާއި އެ ހައްގުތައް ލިބިދިނުމަށް ކުރާ އެކި ތަފާތު ކުރުންތަކާ ގުޅޭ ޝަކުވާތައް ބަލާނެ ކަމަށް އެ އޮފީހުން އިއްޔެ ބުންޏެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، މަދަނީ ހައްގުތައް ލިއްބައި ނުދީ ހިފެހެއްޓުމާ ގުޅޭ ގޮތުން މީހުން ކުރާ ޝަކުވާތައް ބަލައި ފިޔަވަޅު އަޅާނެ އެވެ.
އެ ހައްގުތައް ލިއްބައި ނުދިނުމާއި ނަގައިދިނުމަށް ހަމަޖެހިފައިވަނީ "އޮފީސް ފޯ ސިިވިލް ރައިޓްސްއަށް ޝަކުވާ ހުށަހެޅުމާގުޅޭ ގައިޑްލައިން" އާ އެއްގޮތުގެ މަތިންނެވެ. ހައްގު ހޯދުމަށް ޝަކުވާ ހުށަހަޅާ ފޯމު އެޓާނީ ޖެނެރަލް އޮފީހުގެ ވެބްސައިޓުން ލިބޭ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާ ގޮތުގައި، ރައްޔިތުންނަށް އެންމެހައި މަދަނީ ހައްގުތައް ލިބިދޭ ކަން ކަށަވަރުކުރުމަކީ މަދަނީ ހައްގާ ގުޅޭ އޮފީހުން ކުރަން ޖެހޭނެ ކަމެކެވެ.
ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މަދަނީ ހައްގުތައް ހިމާޔަތްކޮށް ކަށަވަރުކޮށްދެވޭނެ ގޮތަށް އެ މުއައްސަސާތަކުން ކަންކަން ކުރަމުންގެންދޭތޯ ބަލައި، މަދަނީ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރުގެ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް މުރާޖައާކޮށް، ކަމާގުޅޭ މަޝްވަރާއާއި ލަފާ ދިނުމަކީ ވެސް މި އޮފީހުގެ މެންޑޭޓެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާނައީމް
26 November 2023
ފޯމު ނަގާނެ ލިންކްއެ ނުވެސްނެޔް
އައްލި
25 November 2023
ހަނި މިންގަޑަކުން އެތައްޓީޗަރުން، ޑޮކްޓަރުން، ލޯޔަރުންގެ މަސައްކަތް ހުއްޓުވުމަށް ލައިސަންސް ނަގަންޖެހުން ހުއްޓުވަންޖެހޭ. ލައިސަންސް ދެވޭ މިންގަޑަކީ ޒަމާނީ ތައްލީމުގެ ހުރިހާ ގޮތްތަކަކަށް ފުރުސަތުދެވޭ އެއޗަކަށް ވާންޖެހޭ. ކަންމަތީކޮލެޖުން ނަގާ 4 އަހަރުގެ ޑިގްރީއަކުން ނުވަތަ ނަގާ އެއްޓެސްޓަކަށް އެކަނި ބަލައި މަސައްކަތް ހުއްޓުވާކަށް ނުޖެހޭ
މަސައްކަތްކުރެވެންވާނެ
24 November 2023
އުގަންނައިދިނުމުގައި ތިބިޓީޗަރުންގެ މަސައްކަތް ލައިސަންސެކޭކިޔައި، ތިމަންމެންބަލަނީ އެންމެ ސެޓްފިކެޓަކަށޭ ބުނާ ބުނުމުން ކިތައް މަސައްކަތްތެރިންގެ ހައްގަށް އަރައިގަނެފަތޯ ތިޔަތިބީ؟
ކުދިންގެ ހައްގު
25 November 2023
ޓީޗަރުންގެ ފެންވަރު ކަށަވަރުކުރުމަށް، ކުދިންގެ އަސާސީ ތައުލީމުގެ ފެންވަރު ކަށަވަރުކުރުމަށް ލައިސަންސް ކުރުމަކީ ރަނގަޅު ކަމެއް. ލައިސަންސް ނުނަގާ ކިޔަވައިދޭން ބޭނުމިއްޔާ ގޭގަ ކިޔަވައިދީ
މަސައްކަތައް ފަހިމާހައުލެއް ކޮބާ
24 November 2023
ޑޮކްޓަރުންނާއި، ޓީޗަރުންގެ މަސައްކަތް ލައިސަންސަކުން ހަނިކުރުމީ ވެސް ހައްގަކަށް އަރައިގަތުން.
ނަނަނަ
24 November 2023
ސްޕައި ކުރުން..
ކޮންހައްގުތަކެއް
24 November 2023
މަދަނީ ހައްގުތަކޭ ކިޔާއިރު ބިންދޫކުރިއިރު މާލޭގެ ރަށްވެހިންކަމަށް ބެލީ މާލެއަށް ވިހެއިމީހުން އެކަނި. މާލޭގެ ވަޒަންވެރިން އެހައްގުން މަހުރޫމުކުރި. ދުނިޔޭގެ ކޮންމެތަނެއްގައިވެސް ވަޒަންވެރިވުމުން ބަލަނީ އެތަނުގެ ރަށްވެއްސެއްގެ ގޮތުގައި. އަދި ރަށްވެހިންނަށް ލިބޭ ހުރިހާ ހައްގުތަކެއް ލިބޭނެ. ނަސްލީ ތަފާތުކުރުން މިރާއްޖޭގައި މިއޮތީ އިންތިހާއަށް. އެހުރިހާކަމެއް ނިމެންދެން އަނގައިންނުބުނެ ތިބެފައި މިހާރުދެން ކޮންހައްގުތަކެއްގެ ވާހަކަދައްކާކަށްތަ!
ހައްގުބޭ
24 November 2023
ތިކަން ރަނގަޅަށްބަލައިފިނަމަ މާލެއައިސް އެކިވަޒީފާތަކުގައިތިބި އެތަކެއްސަތޭކަ މީހަކަށް މާލެއިން ގޯއްޗާއި ފުލެޓުދީފަހުންނާނެ. އެކަމަކު އެމީސްމީހުންގެ ރަށުގަވެސް އެމީހުންގެ ރަޖިސްޓްރީގަވެސް ގޯތިގެދޮރު ހުންނާނެ. ގޯތިގެދޮރުގައި ހުރިހައި އަހުވައެއްހުރީ މާލޭގެ ރަށްވެހިންނަށާއި އެމީސްމީހުންގެ ޢާއިލާތަކަށް. މާލެއިން ތަނެއްނުލިބޭ ރާއްޖެތެރެއަކުންވެސް ތަނެއްނުލިބޭ. އެކަމަކު މިހިންބުނިނަމަވެސް މާލޭގެ ބޮޑުންނަށް ލ. ގަމުން ބޮޑެތިގޯތިދީފައެބަހުރި.
ބްރިޖް އަވަސް ކުރަން ވެސް ކޮމިޓީއެއް ހެދި
24 November 2023
ތިލަމާލެ ބްރިިޖް އަވަސް ކުރައްވަން ވެސް ކޮމިޓޫއެއް ހެއްދެވިއެވެ. އޭގެ ދެދުވަސް ފަހުން މިނިސްޓަރ މުއްޠޮލިބް ހާމަކުރެއްވީ ބްރިޖް އެއް އަހަރަށް ލަސްވި ވާހަކައެވެ. މުޢިއްޒުގެ ސަރުކާރަށް މިވީ ހައެއްކަ ދުވަސްތެރޭގައި މުޅިންވެސް އިވެނީ "ކުރިން ބުނިއެތި ކެންސަލްވާ އަޑެވެ."
މިވަރެއްނެތް
24 November 2023
އިބޫ ހެދިހެން ކޮމިޝަންތައް ހަދާ ފައިސާ ބަހާނެގޮތް ހޯދާ. އަނިޔާވެރިވާ ސަރުކާރުގެ ވެރިންނާމެދު އިދާރީ ފިޔަވަޅު އަޅާ އަނިޔާލިބޭ މީހުންނަށް ޝަރުއީ ކޯޓުން އަވަސް ފަރުވާލިބޭނެ ގޮތް ހެދުމުން ނުފުދެންވީ ކީއްވެތަ؟ ތިހަދާ ކޮންމެ ކޮމިޝަނަކަށް މެންބަރުނާއި، މުވައްޒަފުންނާއި، އޮފީހާއި، ގަވާއިދާއި، ހަފުލާތަކާއި ޕެންޝަނާއި މިހެންގޮސް ލިސްޓްހުސްނުވާ ވަރަށް ފައިސާއާއި ވަގުތު ހޭދަކުރަންޖެހޭނެ. ތިއީ ހަމަ އަނެއްބޮޑު ބްލަންޑާ. މޮޔަ ނިންމުމެއް.
ހޮޓްކިންގ
24 November 2023
ހެޑްލައިން ހަދާލަން ކަމެއްކޮށްލި އިރު އެބުނާ ގައިޑްލައިނާއި ފޯމް ވީ ހިސާބެއް އެންގޭ މީހަކުވެސް ނެތް. ދެން ރައްޔިތު މީހާވީ ހުރިހާ ކަމެއް ހުއްޓާފައި ފޯމް ވީތަނެއް ހޯދަން ތެޅެން. ވަރަށް ހިންގުންތެރިހެން ހީވަނީ.
ކޮންމެއެއްޗެއްވެސް އަހާލެވޭ ޕޯޓަލް
24 November 2023
ހުރިހާވައްތަރެއްގެ ށަކުވާއެއްވެސް އޮންލައިންކޮށް ހުށަހަޅާ އަޕްޑޭޓްސް ލިބޭނެގޮތް ހަދާލަބަލަ.