11 ޑިސެމްބަރ 2023 - 13:35
ބޯހިޔާވަހިކަމުގެ ހައްލަށް މި ސަރުކާރުން ފަށަން ނިންމާފައިިވާ ފުށިދިއްގަރު މަޝްރޫއު މި އަހަރުގެ ބަޖެޓުން އުނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ ވޯޓަށް ނުފޫޒު ފޯރުވަން އެމްޑީޕީން ބައެއް ދާއިރާތަކަށް އެ ފައިސާ ބަހައި، ގިނަ ޕްރޮޖެކްޓް ހިމަނާފައިވާ ކަމަށް ބިލެތްދޫ ދާއިރާގެ އެ ޕާޓީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ތުހުމަތު ކުރައްވައިފި އެވެ.
އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ދައުލަތުގެ އަންނަ އަހަރު ބަޖެޓްގައި ހިމެނި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ އުނިކޮށްފަ އެވެ.
ސަބަބެއް ގޮތުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ވިދާޅުވީ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅުން ބޯހިޔާވަހިކަން ދޭން ފަށާފައިވާ މަޝްރޫއުގެ އިތުރުން އަތޮޅު ތެރޭގެ ޕީއެސްއައިޕީއަށް އިސްކަންދޭން ކަމަށެވެ.
މަޖިލީހުގެ ތަޅުމުގައި ބަޖެޓު ރިޕޯޓަށް މިއަދު ބަހުސް ކުރައްވަމުން އެމްޑީޕީއަށް ތުހުމަތުތަކެއް ކުރައްވައި ހަލީމް ވިދާޅުވީ ބަޖެޓު އެކުލަވާލާފައި ވަނީ ބައެއް މެންބަރުން ޒާތީ ކަންކަން އިސްކުރައްވާފައި ކަމަށާއި ބަލައިނުގަނެވޭ އެތައް ކަމެއް ބަޖެޓުގައި ހުރި ކަމަށެވެ.
ބަޖެޓުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އުނިކުރީ ޖުމްލަކޮށް ގައުމު ތަރައްގީކުރުމުގެ ވިސްނުމެއްގައި ނޫން ކަމަށާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މަޖިލިސް ނައިބު ރައީސަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އިންތިހާބުވި ވޯޓަށް ނުފޫޒު ފޯރުވަން ބަޖެޓުގައި ބައެއް ކަންކަން ހިމަނާފައިވެ އެވެ.
ހަލީމް ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު މަޝްރޫއު އުނި ކުރުމަށް ފަހު ކޮންމެ މެންބަރެއްގެ ދާއިރާއަށް ހަތް މިލިއަން ރުފިޔާ ކަނޑައެޅި އެވެ. ނަމަވެސް މަތިވެރި ދާއިރާ އަށް 18މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި އަލަށް ފަށާ 23 މަޝްރޫއު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މަގޫދޫ އެއާޕޯޓުގެ 70 ޕަސެންޓު ނިމިފައި އޮއްވައި އެއްކޮށް މަސައްކަތް ނިންމަން ބަޖެޓުގައި ފައިސާ ނުހިމަނައި ފަސް މިނެޓުން ދެވޭ ނިލަންދޫގައި އެއާޕޯޓު އަޅަން 40 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
"މަތިވެރި ދާއިރާއަށް 18 މިލިއަން ދިނުން ކުށްވެރި ކުރަން. ފުށިދިއްގަރު ފަޅުގެ 400 މިލިއަނުން ހަތް މިލިއަން ކޮންމެ މެންބަރަކަށް ބަހާލާފައި އޮތް އެއްޗެއް. މިހާރު އެއް ބޭފުޅަކަށް 18، އަނެއް ބޭފުޅަކަށް 19 މިލިއަން،" ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފި ނަމަ ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށާއި ނަމަވެސް ވޯޓު ދޭނީ ބަޖެޓު ގަބޫލު ކުރާތީ ނޫން ކަމަށެވެ.
"މިއީ ދިވެހި ދައުލަތުގެ ބަޖެޓު ހަދާ ގޮތަށް ހަދާފައި އޮތް އެއްޗެއް ނޫން މިއީ ނައިބު ރައީސްގެ ވޯޓަށް ހަދާފައި އޮތް ބަޖެޓެއް،" ހަމީލް ވިދާޅުވި އެވެ.
ހަލީމް މި ތުހުމަތުތައް ކުރި އިރު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކުރި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޜީޝް
13 December 2023
މި އެމްޑީޕީ މީހުންގެ ޖާހިލުކަން މިފެންނަނީ. ކުރިއައް ހިނގަމުންދާ ކޮންމެ ޕްރޮޖެކްޓަކީވެސް އެހާމެ މުހިންމު ޕްރޮޖެކްޓްތަކެއް. ހާއްސަކޮށް މި ޕްރޮޖްކްޓައް ހުރަސްއެޅުން މީ އެތައްރައްޔިތުންގެ ހައްގެއް ނިގުޅައިގެންފަދަ ކަމެއް
ނަޖީބް
13 December 2023
މި ސަރުކާރަށް ޖެއްސުން ކުރުން ނޫކަމެއް މިމީހުންކުރޭ. ރައީސް ރައްޔިތުންނަށާއި، ގައުމައް ކަމެއް ކޮއްދީފަ ރަނގަޅު ނަތީޖާއެއް ނެރެދާނެތީ ބިރުން އުޅޭ ބައެއް މީ
ސުލައިމާން
12 December 2023
ރައްޔިތުންނަށް ހަރާން ކޯރު ވެފަ އެ ތިބީ. އަމިއްލަ އެދުމައިން ގޮސް ފޯވެފަ އެމްޑީޕީ އެންމެން. މިވަރުންވެސް އެހެން މީހުންގެ ވާހަކަ މި ދައްކަނީ. ޒަމާނެއްގެ ކޮޅުންވެސް ރައްޔިތުންނަށް މިހާ ހަރާންކޯރު އެއްޗެސް ތަކަކަށް ވޯޓެއް ނުދޭނަން
މުލަކޭ
12 December 2023
ސުބުހާނައްﷲ ކޮންފަދަ ބޮޑެތި ޖަރީމާތައް މި މީހުން ޖައްސާފަ މިހުރީ އަހަރުން ރައްޔިތުންގެ ލާރިން. ލަދެއް ހަޔާތެއް ނެތް ބަޔެއް
ޒަޔާން ސައީދު
12 December 2023
ފުށިދިއްގަރުފަޅު މަޝްރޫއު އުނި ކުރީ ޑރ.މުއިއްޒުއަށް ޖެއްސުމަށް. އެކަމަކުވެސް އަސުްލު ޖެއްސުން މި ކުރެވެނީ ރައްޔިތުންނަށް. ވަރަށް ނުބައި ބައިގަނޑެއް އެމްޑީޕީ އަކީ
ނޫހްް
12 December 2023
އެމްޑީޕީ އޭ ބުންޏަސް ފާޑެއްގެ ބުނެދޭން ނޭގޭ ކަހަލަ ރުޅިއެއް އަންނަނީ. މިބައިގަނޑު ނުކުރާނެ ރަނގަޅު އެއްވެސް ކަމެއް
ތާތުު
12 December 2023
ދެން އަޗާ ތަޅާ. ވަރަށް މޮޅު ވާހަކައެއް ވިއްޔާ ތި ދެއްކުނީ
ސޮބާާ
12 December 2023
އެމްޑީޕީއަކީ ކޮރަޕްޓް ހާއްޔެއް
ސަމާހް އަލީ
12 December 2023
މިހެންވެ އަހަރުމެން ދުވަހަކުވެސް އެމްޑީޕީއަށް ސަޕޯޓް ނުކުރަނީ
އަކްރަމް ހަލީމް
12 December 2023
ވޯޓް ހޯދަން އައިއްސި ކަމުގައިވާނަ އެމްޑީމީހުންނަށް ފިސާރި ރަނގަޅަށް މިކަން ހާދާންކޮށްދޭނަން