ޝިޕިންގެ ކުންފުނީގެ އެމްޑީއަކަށް އައްޔަނުކުރި އަހުމަދު ޝަރީފް.
27 ޑިސެމްބަރ 2023 - 20:35
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ޝަރީފު އައްޔަން ކޮށްފި އެވެ.
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި އިރު ޝަރީފް ހުންނެވީ ޕޮލިސް ބޯޑުގެ ރައީސްކަމުގެ މަގާމުގަ އެވެ.
ޕޮލިސް ބޯޑުގެ ރައީސްކަމަށް އަހުމަދު ޝަރީފް އައްޔަނުކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ބޯޑު އަލުން އެކުލަވާލެއްވި އިރު މިދިޔަ މަހުގެ 23 ވަނަ ދުވަހެވެ.
އޭނާ އޭގެ ކުރިން ހުންނެވީ ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވް މަގާމުގަ އެވެ.
Mr Ahmed Shareef, Managing Director of MSS. Congratulations and welcome to our team. pic.twitter.com/LvuedKKhr6
— Maldives State Shipping (MSS) (@stateshippingmv) December 27, 2023
ދެހާސް ވިހި ވަނަ އަހަރު އުފެއްދި އެ ކުންފުނީގެެ އެމްޑީގެ މަގާމު މީގެ ކުރިން ފުރުއްވާފައިވަނީ މެރިޓައިމް ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) އާއި ކެޕްޓަން މުހައްމަދު ނާޒިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސވލ
28 December 2023
ވަރަށްހެއްވާކަމެއް. ދެފަހަރުވެސް މިފެންނަނީ ކުރަންޙަވާލުކުރާ އެއްކަމެއްގެވެސް އެއްވެސް ތަޖުރިބާއެއްނެތް ކަންތައް ޙަވާލުކުރާތަން. ދެންފެންނާނީ ބިލެތްޅޮހުންނޫންބާ؟
ގުއިއްޒު
28 December 2023
ދުވަހަކު ވަދުދޯންޏެއް ކީއްކުރަން ބޮއްކުރައެއވެސް ދުއްވުމުގެ ތަޖުރިބާއެއް ކުރި މީހެއް ނޫން. އެކަމަކު ހާދަހާވާ ގިނަ މަގާމުތަކެކޭ.
ާއުނިމާ
28 December 2023
މީތިި ކަޑައޭ
އިންސްޓަގްރާމް ޑިރެކްޓާ
28 December 2023
މިބޭފުޅާ ޝިޕިން ދާއިރާއިން ލިބިފައިވަނީ ކޮންކަހަލަ ތަޖުރިބާއެއްތޯ؟
ހަހހަހަހަ
28 December 2023
މީތަ ތަޢުލީމީ މީހުން ލާން އައި ސަރުކާރު؟ ބޭރުކޮއްލި ވަރުގެ ހިންގުންތެރިއަކު މިކުންފުންޏަކަށް ނުލިބޭނެ.
ބަރު ބާދު ބޯޑު
27 December 2023
ކަލޯ ކޮތަރު ޕާރކު ބޯޑު އެކުލަވާލަނީ ކޮން އިރަކުބާ؟
ސިތާ ރާ
27 December 2023
އެ ބުނާހެން ކިތަކެއް ބޯޑު ދޯ؟ ބޯޑު ހެދުނުވަރު ލިޔެކިޔުމުން ވެސް ފެންނާކަށެއް ނެތް ކަމެބުނޭ!