ކާނީ ޕާމް ބީޗް: ވިދިވިދިގެން ތިން ވަނަ ފަހަރަށް އަގޯޑާގެ ގޯލްޑް ސާކަލް އެވޯޑު މި ހޮޓަލުން ވަނީ ހޯދާފައި.
04 ޖެނުއަރީ 2024 - 11:50
ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސްގެ ކާނި ޕާމް ބީޗަށް އަގޯޑާގެ ގޯލްޑް ސާވިސް އެވޯޑު ތިން ވަނަ ފަހަރަށް ލިބިއްޖެ އެވެ.
މީގެ ކުރިން އެ އެވޯޑު 2021 އަދި 2022 ވަނަ އަހަރު ވެސް ޕާމް ބީޗުން ވަނީ ހޯދައިފަ އެވެ.
އަގޯޑާއިން 2009 ވަނަ އަހަރު ތައާރަފް ކުރި ގޯލްޑް ސާކަލް އަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހިދުމަތާއި އަގޯޑާ އެކު އެންމެ ރަނގަޅު ޕާޓްނަޝިޕެއް ދަމަހައްޓަމުން އަންނަ މަދު ހޮޓާތަކަށް ދޭ އެވޯޑެކެވެ.
ކާނި ހޮޓަލުގެ ލޮބީ އޭރިއާ.
ހަތަރު ތަރީގެ ކާނި ޕާމް ބީޗުގައި އެންމެ ޒަމާނީ 105 ކޮޓަރި ހުރެ އެވެ. ދެހާސް ވިހިވަނަ އަހަރު ހުޅުވި މި ހޮޓަލުގައި ރޫފް ޓޮޕް އިންފިނިޓި ޕޫލެއްގެ އިތުރުން ދެ ރެސްޓޯރެންޓާއި ސްޕާ އަކާއި ސެލޫނެއްގެ އިތުރުން 130 މީހުންގެ ޖާގައިގެ ބެންކުއެޓް ހޯލެއް ވެސް ހުރެ އެވެ.
ޕާމް ބީޗާ އެކު ކާނިން އަންނަނީ ކ. މާފުށީގައި ހަތަރު ގެސްޓް ހައުސް ހިންގަމުންނެވެ.
އެ ތަންތަނުގައި 400 އެނދު ހިމެނެ އެވެ. އަދި މާލޭގައި 26 އެނދުގެ ގެސްޓް ހައުސްއެއް ހިންގުމުގެ އިތުރުން އއ. އުކުޅަހުގައި 250 އެނދުގެ ސިޓީ ހޮޓަލެއް މިހާރު އަންނަނީ ހަދަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
04 January 2024
ވަންއައިލެންޑް ވަންރިސޯޓްގެބަދަލުގައި މީހުންނޫޅޭ ބިންބޮޑު ބައެއްރަށްތައް (އުތުރާއި ދެކުނުން) ސިޓީހޮޓާ އައިލެންޑް ތަކެއްގެ ގޮތުގައި ތަރައްޤީކޮށް ވީހާގިނަބަޔަކަށް ސީދާގޮތުން ޓްއަރިޒަމް ސިނާއަތުގެ މަންފާ ލިބޭގޮތް ހަދާން ޖެހޭ. # އަދި ހަދާނެ އެއްޗެއް ހަދާފައި ޕައިނީއަރުން ދައުލަތަށް ދިއްކޮށްލާ ކަނަމަދެއްފަދަ ކުޑަ ޓެކްސް ކޮޅަކަށް ބަލައިހެން ތިބުމުގެ ބަދަލުގައި "ދައުލަތަށް ލިބެންޖެހޭ ފުރިހަމަ ޓެކްސް ހޯދުމަށްޓަކާ" ވެސް މިކަން ކޮންމެހެންވެސް ކުރާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
04 January 2024
މަތީގައިދެންނެވިފަދަ ނަމޫނާ "City Hotel Island" ތަރައްޤީކުރަން ރަނގަަޅުފުރުސަތެއް އެބައޮތް. މިގޮތުން މުއިއްޒުގެ ބޮޑުވައުދާއި އެއްގޮތަށް އައްޑޫ ބުރިޖްއެޅުމަށްޓަކާ "ދައުލަތުން ފައިސާ ފޮއްޗެއްވެސް ޙަރަދުކުރާން ނުޖެހޭގޮތަށް" އަދި ސިޓީހޮޓާ އައިލެންޑެއްވެސް ވުޖޫދުކުރެވިދާނެގޮތަކީ ބްރިޖްހަދާމީހުނަށްދީގެން ދައުލަތުގެ ސޮވަރެންޓީދީގެން ޗައިނާ އެގްޒިމްބޭންކް ލޯނުގައި ހެރެތެރޭގައި 100 ކޮޓަރީގެ 20 ސިޓީހޮޓާ ތަރައް ކުރެވޭނެގޮތް ހަދާ ހެރެތެރޭގައި އެކަންކުރުން.
އޮނަރަބްލް އަފީފު ދީދީ
04 January 2024
މިދެންނެވި ކޮންސެޕްޓަށް ހެރެތެރޭގައި 100 ކޮޓަރީގެ ވިއްސަކަށް ހޮޓާ (4 ސްޓަރ ފެންވަރުގެ) ތަރައްޤީކޮށް 50 އަހަރަށް ސަބްލީޒްކުރަން ހުޅުވާލައިފިނަމަ (އެއްފަހަރާ ޕްރޮޕަޓީގެ އަގުދައްކާފަރާތަށް އިސްކަންދީގެން) ރާއްޖޭގެ ރިސޯޓެއްގަތުމަށް ހުށަހަޅާއަގަށްވުރެން ރަނގަޅުއަގެއް ދައުލަތަށްލިބޭނެ. # އަދި މިގޮތަށް ސަރުކާރުންތަރައްޤީކުރާ ހުރިހާރަށްތަކެއްގެ މިލްކުވެރިކަން 99 އަހަރަށް ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނި MTDC ދިނުމުން އެކުންފުނިވެސް ކޮޅަށް ޖެހޭނެ.