މައިލޯ ކިޑްސް ފިއެސްޓާގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 ފެބުރުއަރީ 2017 - 09:18
މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ 17 ސްކޫލަކާ އެކު ގްރޭޑް 2 އަދި 3 ގެ ކުދިންނަށް ހާއްސަކޮށްގެން ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިޔަށްގެންދާ މައިލޯ ކިޑްސް ފިއެސްޓާ މިއަދު ފަށައިފި އެވެ.
ހެންވޭރު ދަނޑުގައި ކުރިޔަށްގެންދާ މި ފުޓްބޯޅައިގެ ފެސްޓިވަލުގައި 33 ޓީމު ބައިވެރިވެ އެވެ. އެ ހުރިހާ ޓީމެއްގައި 594 ކުޅުންތެރިން ހިމެނެ އެވެ.
މި މުބާރާތަކީ ކުޑަކުދިންގެ ހިތުގައި ފުޓްބޯޅައިގެ ލޯބި ޖެއްސުމަށާއި އޭގެ ފޯރި ކުދިންގެ ކިބައިގައި އާލާކޮށް އެއް މާހައުލެއްގައި ގިނަ ކުދިންނަށް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ސޮކަ ވެޓެރަންސް އިން ކުރިއަށްގެންދާ މުބާރާތެކެވެ.
މަޖީދިއްޔާ ސްކޫލު، އަމީނިއްޔާ ސްކޫލު، އިސްކަންދަރު ސްކޫލު، ދަރުމަވަންތަ ސްކޫލް، މުހިއްދީން ސްކޫލް، ގޭޓްވޭ އިންޓަނޭޝަނަލް، ރެހެންދި ސްކޫލު، ކަލާފާން ސްކޫލް، ބިލަބޮން އިންޓަނޭޝަނަލް، ޖަމާލުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، ގިޔާސުއްދީން އިންޓަނޭޝަނަލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އަރަބިއްޔާ ސްކޫލް، ގާޒީ ސްކޫލް.
މައިލޯ ކިޑްސް ފިއެސްޓާގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިއަދު ފެށި މި މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ އެވެ. މުބާރާތުގެ މެޗުތައް ކުރިޔަށްދާނީ ހެނދުނާއި ހަވީރު ހެންވޭރު ދަނޑުގަ އެވެ.
ސޮކަ ވެޓެރަންސް އިން އަންނަނީ މި ހަރަކާތް އަހަރަކަށް ފަހު އަހަރެއް ފުޅާކުރަމުންނެވެ. ފުރަތަމަ މާލޭގައި ބޭއްވި މި ފުޓްބޯޅައިގެ ކާނިވަލް ފަހުން ވަނީ ޏ. ފުވައްމުލަކާއި އައްޑޫގައި ވެސް ބާއްވައިފަ އެވެ. ސޮކަ ވެޓެރަންސް އިން ބުނީ މި އަހަރު އިތުރު ދެ އަތޮޅެއްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ނ. އަތޮޅަށާއި ގދ. އަތޮޅުގަ އެވެ. ނ. އަތޮޅުން މާފަރުގައި ބާއްވަން ނިންމާފައިވާއިރު ގދ. އަތޮޅުގައި ބާއްވާނީ ތިނަދޫގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވިސްނޭ
15 February 2017
މުސްތަޤްބަލުގެ ފުޓްބޯޅަކުޅުން ތެރިން ބިނާ ކުރުމަށް މުބާރާތްތައް ބާއްވާ މިއަދުގެ ކުޑަކުދިންގެ ކިބައިގައި ހުރި ޓެލެންޓް ދިރުވުމަކީ ކުޅިވަރާބެހޭ ވުޒާރާގެ (ސަރުކާރުގެ) މަސްއޫލިއްޔަތެއް. އެ ވުޒާރާގެ ބޮޑު ބަޖެނޓުން މިކަމަށް ހޭދަކުރަންޖެހޭނެ. މިކަން މިގޮތަށް ނުކޮށް އެކުދިންގެ ޞިއްޙަތަށް ނުލާހިކު ގެއްލުންހުރި ބުއިމެއް އެކުދިންލައްވާ ޕްރޮމޯޓް ކުރުން މަޖްބޫރުވާފަދަ ސްޕޮންސަރޝިޕެއްގެ ތެރެއިން މި މުބާރާތް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅުގޮތެއްނޫން. އެހްނ ސްޕޮންސަރުންވެސް ހޯދިދާނެއްނޫންތޯ