ރައީސް އޮމަދުއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ ބަޔަކު ނިކުމެ- ފޮޓޯ: ރައީސް އޮފީސް
08 ފެބުރުއަރީ 2024 - 11:05
ރާއްޖެ ތަރައްގީ ކުރުމުގައި އެއްވެސް ރަށެއް ތަފާތުނުކޮށް، ހަމަހަމަ ފުރުސަތު ހުރިހާ ރަށަކަށް ހޯއްދައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ހެނދުނު އޮމަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ރަށުގެ މީހުން ވަރަށް ގިނަ ކަންކަމަށް އެދިފައިވާ ކަމަށާއި އެ ހުރިހާ ކަމެއް ވެސް ކޮށްދެވޭނެ ގޮތް ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށެވެ.
އާބާދީގައި 400 އެއްހާ މީހުން ދިރިއުޅޭ އޮމަދޫ މީހުންގެ ފަރާތުން އެދުނު ކަންކަމުގެ ތެރޭގައި ހިމެނެނީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ދިނުމަށާއި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްދިނުން އަވަސް ކޮށްދިނުމާއި ބަނދަރުގެ މައްސަލަ އާއި ބައެއް ކުޅިވަރު ކުޅޭ ތަންތަން ގާއިމްކޮށްދިނުމަށެވެ. އާ ހެލްތު ސެންޓަރުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާތީ އެކަން އަވަސްކޮށްދިނުމަށް ވެސް އެދުނެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިހާރު އިގުތިސާދީ ހާލަތު އޮތް ގޮތުން މަޝްރޫއުތައް ތަރުތީބުކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި އެންމެ އިސްކަމެެއް ދީގެން ކޮށްދޭނެ އެއް ކަމަކީ ސްކޫލުގެ މުޅި މައްސަލަ ހައްލު ކުރުމަށެވެ. އޭގެ ފަހުން ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިންމައިދޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އޮމަދުއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ ބަޔަކު ނިކުމެ- ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ވިސްނުން ހުރީ މަޝްރޫއުތަކުގެ އިތުރުން ރައްޔިތުންނަށް އިގުތިސާދީ ފަހިކަން ގެނެސްދިނުމަށް ކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވަނީ އޮމަދޫގެ އިހުތިސާސްގެ ތެރޭގައި އޮތް ދެ ފަޅުރަށުގެ ބޭނުން އުސޫލުގެ ތެރެއިން ހިފައި، އާމްދަނީ އިތުރުކުރެވޭނެ މަސައްކަތްތައް ކުރުމަށް އެދިވަޑައިގެންފަ އެވެ.
ފަރުދީ އަދި އާއިލީ މުއްސަނދިކަމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށާއި އެ މަގުން ކުރިއަށް ދާ ނަމަ އަހަރެއް ދެ އަހަރުގެ ތެރޭގައި އެ މުއްސަނދިކަން އިހުސާސް ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ފަރުދީ މުއްސަނދިކަން އާއިލާ އަށް ލިބޭ މުއްސަނދިކަން އެއީ ހަގީގަތުގައި ބަނދަރެއް އަޅައިގެން މަގު ހަދައިގެން މުޅި ޖަމާއަތަށް ލިބޭ ފަސޭހަ އަށް ވުރެ މާ މުހިންމު ކަމެއް ހަގީގަތުގައި. ސަރުކާރުން އިސްކަން ދޭނަން އެގޮތަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް މި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ބައިނަލްއަގްވާމީ މާހިރުން ބަލައިގަންނަ ކަމަށާއި ޕީއެސްއައިޕީ މަޝްރޫއުތައް ތަރުތީބުކޮށްގެން އެ މަގުން ކުރިއަށް ދާ ނަމަ އިންވެސްޓަރުން ލިބޭނެ ކަމަށެވެ.
ރައީސް އޮމަދުއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ ބަޔަކު ނިކުމެ- ފޮޓޯ: ރައީސް އޮފީސް
އައިއެމްއެފް ފަދަ ތަންތަނުން ސަރުކާރުގެ ސިޔާސަތު ބަލައިގަތުމުން އޭގެ މައްޗަށް އިންވެސްޓާ ކޮންފިޑެންސް ލިބި، ސަރުކާރުގެ އާމްދަނީ އިތުރުވެ, ޕްރައިވެޓް ސެކްޓާ މުއްސަދިވެ, ރައްޔިތުން ބޭނުންވާ ކަންކަން ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ އެއްވެސް ރަށެއް ތަފާތުނުކޮށް، ކުޑަ ރަށެއް ވިޔަސް އާބާދީ ކުޑަވިޔަސް ބޮޑުވިޔަސް ތަފާތެއް ނުކުރާނަން. އެ މަގުން ހަމަހަމަކަމާ އެކު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މި ދެންނެވި އިގުތިސާދީ ސިޔާސަތުގެ ތެރެއިން ރައްޔިތުންގެ މަޝްރޫއުތަކަށް ފަހިކަން ހޯދައިދީ، އާމްދަނީ އިތުރު ކުރެވޭނެ މަގުފަހިކޮށްދީގެން ކުރިއަށް ދާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތ. އަތޮޅަށް ރައީސް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ދެން ވަޑައިގަންނަވާނީ ކިނބިދު އާއި ގާދިއްފުއްޓަށެވެ. އޭގެ ފަހުން ރައީސް މުއިއްޒު މިއަދު މާލެ ވަޑައިގަންނަވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައްސާމް.
09 February 2024
އިބޫ ކަނޑުން ދިން ގޯތި ވެސް ހަގީގަތަކަށް ހަދައި ދެނީ މުއިއްްޒް
އާބިދު ސައީދު
09 February 2024
އިބޫ ޖެހީ ކަނޑަ. މުއިއްްޒް ކަނޑަ ނުޖަހާ ހަމަ ލޮލަށް ކަންކަން ދައްކާނެ.
އަބްދުﷲ މަޝްއޫދު
09 February 2024
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއީ ތަފާތު ރައީސް އެއް. ހީނުކުރާހާ އަވަހަށް އެބަ ކަންކަން ކޮށްދޭ. މަސައްކަތް ފަށައިފި.
މޫސާ ޔައިޝް
09 February 2024
މިހެންވެ އަހަރުމެން މަނިކުފާނު ހޮވީ. ތަރައްގީ ގެންނާނެތީ.
ދިހާމް އިސްމާއިލް
09 February 2024
މިގައުމަށް ހަގީގަތުގައިވެސް ލިބުނު ރަނެއް ކަހަލަ ވެރިޔެއް މުއިއްްޒް މިއީ.
ރިމާހް އަލީ
09 February 2024
މިއީ ވެރިންނަކީ. ތަފާތު ނުކޮށް ތަރައްގީ މިގެނެސްދެނީ.
މުހައްމަދު ޝާން އައްބާސް.
09 February 2024
މުއިއްްޒް އަކީ ހުސްވައުދެއް ވާނެ މީހެއް ނޫން. އެހެންކަމުން ބުނާ ކަމެއް ބުނި ގޮތަކަށް ކުރާނެ. ޝައްކެއްނެތް
ރުވޭދާ ރަމީޒް
09 February 2024
ޝުކުރަން މުއިއްްޒް. ތިއީ ވެރިންނަކީ
އަލީމު
08 February 2024
މީނަ މިހާރު ޖޯކަރަކަށް ވެސް ވީތަ، ނޫނީ ކިޔާއެތި ކުރިން ނުބަލާ ކިޔަނީތަ؟ ތަފާތެއް ނެތޯ!!! ހޮސްޕިޓަލެއް ކީއްކުރަން، އިންޖީނު ގަޑެއްވެސް ނުލިބިގެން ރައްރަށު މީހުން އެއުޅެނީ!!!
އިބްރާހިމްފުޅު
08 February 2024
ވޭތުވެދިޔަ 50 އަހަރުވެސް ކ. އަތޮޅުގެ މީހުން ދިރިއުޅޭ 9 ރަށް އޮތީ ސަރުކާރުން އަޅާނުލާ، އިހްުމާލުވެފަ. އެއީ މާލޭގެ ސްލަމް ކަމަށް ނިންމާފަ. އަތޮޅުގައި ހުރި ހުރިހާ ފަޅުރަށެއްގައި ރިސޯޓް ހަދައިގެން ދައުލަތަށް ލިބުނު އާމްދަނީއިން އާބާދީގެ ނިސްބަތުން އެންމެ މަދުން އިންވެސްޓްކުރީ ކ. އަތޮޅުގެ މީހުންއުޅޭ 9 ރަށަށް. މިކަމަށް އަދިވެސް ބަދަލެއް ނާދޭ!