ވިޔަފާރި

"ފްރެގްރެންސް ވޯލްޑް" ގެ ސޯލް ޑިސްޓްރިބިއުޓަރުކަން ޕްލާޒާ އިންސެންސް އަށް

ފްރެގްރެންސް ވޯލްޑްގެ ސެންޓުތަކެއް

12 ފެބުރުއަރީ 2024 - 12:15

ދުބާއީގެ މަޝްހޫރު ބްރޭންޑް "ފްރެގްރެންސް ވޯލްޑް" އާއި އެ ބްރޭންޑުގެ ދަށުން ވިއްކާ އިތުރު ބްރޭންޑުތަކުގެ ސޯލް ޑިސްޓްރިބިއުޓަރުކަން ޕްލާޒާ އިންސެންސް އިން ހޯދައި، މި ބްރޭންޑުގެ ސެންޓު ހޯލްސޭލްކުރަން ފަށައިފި އެވެ.

"ފްރެގްރެންސް ވޯލްޑް" އަކީ ކޮލިޓީ ރަނގަޅު، އަގުހެޔޮ ބްރޭންޑެކެވެ. މި ބްރޭންޑުގެ އަންހެން އަދި ފިރިހެނުންނަށް ހާއްސަ އެކި ރޭންޖުތަކުގެ އެކި ވައްތަރުގެ ސެންޓު ހުރެ އެވެ. މި ބްރޭންޑުގެ އެކި ކަލެކްޝަންތަކުގެ ސެންޓު ޕްލާޒާ އިންސެންސުން ލިބޭނެ އެވެ. އޭގެ ތެރޭގައި ފިރިހެނުންނަށް ހާއްސަ އަކުއާ ރޯޔޭލް، ދެ ޖިންސަށް ހާއްސަ އަލްކެމީ، ދެ ޖިންސުގެ މީހުންނާއި ފިރިހެނުންނަށް ހާއްސަ ސެންޓު ހިމެނޭ އަމީރު އަލް އޫދް އަދި އަންހެނުންނަށް ހާއްސަ ބެރީޒް ވީކެންޑާއި ފޭމް ފަދަ ކަލެކްޝަންތައް ހިމެނެ އެވެ.

މި ބްރޭންޑުގެ ހިތްގައިމު ހަޔާތީ، ހަންޓާސް އަދި ޖަސްޓް ފަދަ ކަލެކްޝަންތަކުގެ ސެންޓު ވެސް މި ތަނުން ލިބެ އެވެ. މި ކަލެކްޝަންތަކުގެ އިތުރުން ފްރެގްރެންސް ވޯލްޑްގައި ހިމެނޭ އެކި ވައްތަރުގެ ކަލެކްޝަންތަކުގެ، އަންހެން އަދި ފިރިހެން ސެންޓު ޕްލާޒާ އިންސެންސުން ލިބޭނެ އެވެ.

"ފްރެގްރެންސް ވޯލްޑް"ގެ ދަށުގައި ހިމެނޭ "ފްރެންޗް އެވެނިއު" ބްރޭންޑުގެ އެކި ކަލެކްޝަންތަކުގެ ސެންޓު ވެސް ޕްލާޒާ އިންސެންސްއިން ލިބޭނެ އެވެ. މިއީ ލަގްޒަރީ ވަސްތަކަށް ލޯބިކުރާ ކަސްޓަމަރުންނަށް ކަމުދާނެ އެކި ކަލެކްޝަނުގެ ސެންޓު ހިމެނޭ ބްރޭންޑެކެވެ. މި ބްރޭންޑުގެ އެނިގްމާ، އެސެންސް، އެގްޒޯޓިކް އެމްބާ އަދި ގްރީކް ފަދަ އެކި ކަލެކްޝަންތަކުގެ ސެންޓު ލިބޭނެ އެވެ. އަދި ފްރެގްރެންސް ވޯލްޑްގެ ދަށުގައި ހިމެނޭ އަތޫރް އަލް އަލަމްގެ އެކި ކަލެކްޝަންތަކުގެ ސެންޓު ވެސް މި ތަނުން ލިބޭނެ އެވެ.

އަތޫރު އަލް އަލަމް އަކީ ވެސް ދެ ޖިންސުގެ މީހުންނަށް ވެސް ހާއްސަ އެކި ކަލެކްޝަންތަކުގެ ސެންޓު ހިމެނޭ ބްރޭންޑެކެވެ. "ފްރެގްރެންސް ވޯލްޑް" އާއި މި ބްރޭންޑުގެ ދަށުގައި ހިމެނޭ ބްރޭންޑުތަކުގެ ސެންޓު މިހާރު ހޯލްސޭލްކޮށް ޕްލާޒާ އިންސެންސްއިން ދަނީ ވިއްކަމުންނެވެ.

ފްރެގްރެންސް ވޯލްޑް އަކީ ސޯޝަލް މީޑިއާގައި ވެސް މަގުބޫލު ބްރޭންޑެކެވެ. މި ބްރޭންޑުގެ ސެންޓު އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމުތަކުގައި އެކި އިންފްލުއެންސަރުން ވަނީ މި ބްރޭންޑު ރިވިއުކޮށްފަ އެވެ. މިއީ ޑިޒައިނާ ބްރޭންޑުތަކާއި ވާދަކުރެވޭ ވަރުގެ ސެންޓު ބްރޭންޑެއް ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޕްލާޒާ އިންސެންސް އަކީ މަޝްހޫރު އެކި ސެންޓުތައް ހޯލްސޭލްކޮށް ވިއްކާ ކުންފުންޏެކެވެ. މިއީ ދިވެހިންގެ މެދުގައި މަގުބޫލު ރަސާސީ ސެންޓާއި ޑިއޯޑަރަންޓު ފަދަ ޕްރޮޑަކްޓުތައް ފާއިތުވި 25 އަހަރު ސޯލް ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ހޯލްސޭލް ކުރަމުން އަންނަ ބައެކެވެ.

ޕްލާޒާ އިންސެންސްއިން މެދުއިރުމަތީގެ މަޝްހޫރު ރޭހާން, އަޒްހާ, ވޯލްޑް އޮފް ޖާސް, އަލް ރެހާބް, އަލް ނުއައިމް, އަހުމަހު އަލް އަގްރިބީ އަދި އިބްރަހީމް އަލް ގުރޭޝީ ފަ ސެންޓު ބްރޭންޑްތައް ވެސް ޑިސްޓްރިބިއުޓްކުރެ އެވެ.

އެ ތަނުން މި ސެންޓުފުޅިތައް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ހޯލްސޭލް އަގުތަކާއި ސްޓޮކް އަޕްޑޭޓުތައް "ޕްލާޒާ ބާޒާރު"ގެ ނަމުގައި އެ ތަނުން ހިންގާ ވައިބާ ކޮމިއުނިޓީ ގްރޫޕުން ލިބޭނެ އެވެ. ހޯލްސޭލްކޮށް މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ރަށްދެބައި މަގުގައި ހުންނަ ޕްލާޒާ އިންސެންސް ފިހާރަ އާއި 9778800 އަށް ވައިބަ ކޮށްގެން ލިބޭނެ އެވެ.

މި ތަނުން ރީޓެއިލްކޮށް ވިޔަފާރިކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ތަނުގެ އިންސްޓަގްރާމް ޕޭޖް ޕްލާޒާ މޯލްޑިވްސްއިން ލިބޭނެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454