ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިނިސްޓްރީ
20 ފެބުރުއަރީ 2024 - 12:53
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފި އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ހުސެއިން އިސްމާއިލް އައްޔަނު ކުރެއްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
އެމްއެންޕީގެ ނާއިބު ރައީސް މަގާމުގައި ވެސް ހުންނެވި ހުސެއިން އިސްމާއިލް ވަނީ އޭނާ މިއަދު އެ މަގާމުން ވަކިކޮށްފައިވާ ކަން "މިހާރު" އަށް ޔަގީން ކޮށްދެއްވައިފަ އެވެ.
ހުސެއިން ވިދާޅުވީ އެ މަގާމުން ވަކިކުރީ ރައީސަށް ލިބިގެންވާ ބާރުދެ ދަށުން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އޭނާ އެ މަގާމުން ވަކިކުރި ނަމަވެސް އެ މިނިސްޓްރީގައި އިތުރު ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ. އެއީ މަރްޔަމް ވިޝާމާ އަހުމަދު އާއި އަހުމަދު ހަސަންދީދީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޮޅުސް
21 February 2024
ދެން މިހާރު ރައީސް މީހާޔަށް ބޭނުމީ މަޖިލީހޯ.ބަލަ ރައީސުލް ޖުމްހޫރިއްޔާޔަށް ލިބިގެންވާ ބާރުން ކަމެއް ނުވަނީތަ؟ މަޖިލިސް ބޭނުންވީތަ؟ އެހެންވިއްޔާ މަޖިލިސް ދީފާނަން. ތިޔަބުނާ ކަމެއް ނުވާ ރައީސް ކަމުންއިސްތިއުފާދީފަ އާދޭ!
ކައްކާ
20 February 2024
ރާއްޖޭގައި މިހާރުމިއޮތް މަގޫދަނޑި ސަރުކާރުން ރާއްޖެއަށްބޭނުންވާ ކާނާހައްދަން މުޅިރާއްޖެ ބެލިއިރު އެކަމަށް އެންމެ އެކަށީގެންވާ ތަނަކަށް ފެނުނީ ކ.އުތުރުތިލަފަޅު. ކަނޑުއަޑީއޮތް ފަޅެއްގެ ވާހަކަ މިކިއަނީ. ތޮއްޑޫ ފުވައްމުލައް ކަނޑޫދޫ ކަމަކުނުދިޔަ.
ދަގަތްފާނު
20 February 2024
ކ.މާލޭގައި ދަނޑުވެރިކަމާބެހޭ މިނިސްޓްރީއެއް ހަދައިގެން ރަށުގެ އެކިގޭގޭކުދިންނަށް ވަޒީރުކަންދީގެން ބައިތުލްމާލުން އެތައްސަތޭކަ މިލިއަނެއް ފާއިތުވި ފަންސާހަކަށްއަހަރު ހަރަދުކުރިއިރު މިނިސްޓްރީއިން އެންމެ ކެކުރިގަހެއް ހެއްދުނުތޯ، ތިޔައީ ކޮންކަމެއްކުރާ މިނިސްޓްރީއެއްތޯ.
ބާބް
20 February 2024
އަޑު އެހިން ބައެއް މިނިސްޓްރީތަކުގައި އެމިނިސްޓްރީގެ ނަން ކިޔަން ނޭނގޭމީހުން ތިބޭވާހަކަ.
ކިހިނެއްދޭނީ
20 February 2024
އާ އެއީ ކުރީސަރުކާރުގަ ވަރައް ގިނަ މިހާރު ވަރައް ނޫޅޭ
އަލިމަނިކުފާނު
20 February 2024
ބަލާނެ ކަމެއްނެތް. ކަމާ އެކަށީގެން ނުވަންޏާ ބޭރުކުރަންވީ. އަދިވެސް ތިބޭނެ އައުޓް ކުރަންޖެހޭ މީހުން
އިދޭ
21 February 2024
ރަގަޅަށް ވިއްޔާ ވާނީ އެތަނުގަ ހުރި އެންމެ ކަމަށް ޤާބިލް މީހަ ކަމަށް ވަކިކުރީ!
ތޮކޭޑުލޭ
20 February 2024
ޕީޕީއެމް ޕީއެންސީއަށް ރިޔާސީ އިންތިހާބުގަ ތާއީދު ކުރި ހަމައެކަނި ޕާޓީ އެމްއެންޕީއަށް ހައުދަހައި ދެރަވަރުކޮށް ދެއްތޯ މިސަރުކާރުން ކަންތައް ކުރައްވަނީ. ޖުމްހޫރީ ޕާޓީއަށްވެސް މާ ރަނގަޅު. އެމްޑީޕީއަށްވެސް މާ ރަނގަޅު މިސަރުކާރުން
ރަނގަޅު
20 February 2024
ގޯހެއް ހަދައި ފިއްޔާ ވަކިކުރާނެ ވަކި މީހަކު މޫނަކައް ނުބަލާނެ. ރަނގަޅައް ބެލީމަ އިނގޭނެ ވެފަ އޮތްގޮތް އެއީ ވަކިޕާޓީއެއް ވެގެނެއް ނޫން
ހިއަތަން
20 February 2024
ސާބަހޭ ރައީސު ފަހަތަށް ނުޖެހޭނެ
އނރަބަލް ހުސެން
20 February 2024
ހިންނަވަރު ވަރަށް ނިކަމެތި އާއިލާއަކަށް ނިސްބަތްވާ ސޮރެއް ވީމަ ވަކިކުރީ.. މާލޭ މީހެއްނަމަ ނުކެރޭނެ..
ނަސީބު
20 February 2024
ތެދު ވާހަކައެއް. މިއީ އެންމެ ދޮށީ ފިރިހެން ދަރި. ބައްޕަ މަރުވީ އުމުރުން އެންމެ 13 އަހަރު ގަ. 7 ކުދިން ޔަތީމުވީ. އެކުދިންނަށް ކިޔަވާދޭން ހަގު އުމުރުގަ މަސައްކަތްކުރަން ފަށާ އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކޮށް ކާމިޔާބު ހޯދީ. އަބަދުވެސް ކާމިޔާބީއަށް އެދެން ♥️
ދޯދިޔާ
20 February 2024
ނިކަމެތި މީހަކު ވެސް ގޯހެއް ގަދާފާނެ އަމިއްލަ ވިޔަފާރި ގިނަ ވެއްޖެޔާ ވެސް. އާދައިގެ ކަމެއްގަ ނޫންކަން އިނގޭ
އަބޫއުބައިދާ
20 February 2024
ރައީސްގެ ރަގަޅު ނިންމެވުމެއް!!! ހެޔޮވާވަރު މީހެއް ނޫން މީނައަކީ، މީހުންގެ ހައްގު ތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއްނެތި.
ހައްހައް
20 February 2024
ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ އަށް ތާއީދު ކުރި ހަމައެކަނި ޕާޓީ އެމްއެންޕީގެ މޫނުމަތީ ތަފާލަކަށް ފަހު ތަފާލެއް ޖަހަމުން އެދަނީ. މަޖިލީސް އިންތިހާބުގަ އެކަމުގެ ނަތީޖާ ފެންނާނެ! އިރާދަކުރެއްވިއްޔާ
ޖެއްސު
20 February 2024
ވަކި ޕާޓީއަކައް ނޫން ފިޔަވަޅު އެޅީކީ. އެޅީ ގޯހެއް ހެދުނީމަ އެކަންތިލަ ވާނެ ފަހުން އަދިވެސް އެބަތިބި މިނިސްޓަރު ލެވެލްގަ އެޕާޓީ މީހުން. ދެން އެންޑީޕީ ކުދިން ދޭތެރެ ޖައްސަން އުޅޭނެ ކަމެއް ނެތް