މައިލޯ ކަނެކްޓް ފޯރަމުގެ ބައިވެރިން. -- ފޮޓޯ: މިހާރު
23 ފެބުރުއަރީ 2024 - 09:05
ރާއްޖޭގެ ކުޅިވަރު ދާއިރާގެ އެސޯސިއޭޝަންތަކާއި، އެ ދާއިރާގެ އެކި ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން "މައިލޯ ކަނެކްޓް"ގެ ނަމުގައި ހާއްސަ ފޯރަމެއް ބާއްވައިފި އެވެ.
މި ފޯރަމުގައި ހެޑް އޮފް އެކްސްޕޯޓްސް, ނެސްލޭ ލަންކާ ދިޝާން ވިޖަޔަވަރުދިނާ އާއި ނެސްލޭ ލަންކާ މެނޭޖިން ޑައިރެކްޓަރު ސެޓެފަން ބާނާޑް ބައިވެރިވެވަޑައިގަތެވެ. އަދި ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އާއި ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑައިރެކްޓަރު އާމިރު މަންސޫރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ އެކި ސްޕޯޓްސް އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި ސްޕޯޓްސް މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ފޯރަމުގައި އެ ފަރާތްތަކުން ވަނީ މައިލޯއިން ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށްފަ އެވެ. އަދި މައިލޯގެ ސްޕޮންސާޝިޕާއި އެކު, އެކި ކުޅިވަރުތައް އިތުރު ހަރުފަތްތަކަށް ގެންދެވިފައިވާ ކަމަށާއި, ކުޅިވަރުގެ ދާއިރާއަށް މީހުން ނެރެ, ތަމްރީނު ކުރުމުގައި މައިލޯގެ ޕްރޮގުރާމުތަކުން ލިބެމުންދާ އެހީ ފާހަގަކުރި އެވެ.
މި ފޯރަމްގައި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން މައިލޯ އަކީ ދެމެހެއްޓެނި ގޮތުގައި ކުޅިވަރާ ގުޅޭ ކަންތައްތައް ކުރިއެރުވުމަށް އެންމެ ބޮޑު އެއްބާރުލުމެއް ދެމުންދާ ކުންފުނީގެ ގޮތުގައި ސިފަކުރި އެވެ.
މި ފޯރަމްގައި ނެސްލޭ ލަންކާ މެނޭޖިން ޑައިރެކްޓަރު ސެޓެފަން ބާނާޑް ވަނީ ނެސްލޭ އަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރުދީ, ހަރަކާތްތެރިވެ އުޅުމަށް ބާރުއަޅާ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ. އަދި މި ކުންފުނިން ކުޅިވަރަށް ދޭ އަހައްމިޔަތަކީ އެކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ބާނާޑް ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި ކުޅިވަރު ތަރައްގީކުރުމަށް އެކި އެސޯސިއޭޝަންތަކާއި އެކު މިހާރަށް ވުރެ ފުރިހަމައަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި އުއްމީދަކީ ފޯރަމްގެ ސަބަބުން އެސޯސިއޭޝަންތަކާއި އެކު އޮތް ގުޅުން އިތުރަށް ބަދަހިވެ, އެ ފަރާތްތަކުން ކުރިއަށް ރާވާފައި ހުރި ކަންތައްތަކާއި މެދު ހިޔާލު ބަދަލުކުރުން ކަމަށް ވިދާޅުވި އެވެ.
މައިލޯ އަކީ ރާއްޖޭގެ އަށް ސްޕޯޓްސް އެސޯސިއޭޝަނާއި 5އަށް ވުރެ ގިނަ ސްޕޯޓްސް އެކަޑަމީގެ ޕްރިންސިލް ސްޕޮންސާ އަދި ޕާޓްނަރެވެ. މައިލޯ އަކީ ކުޅިވަރުގެ ދާއިރާއަށް ޒުވާނުންނާއި ކުޑަކުދިން ނެރެ ތަމްރީނުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
24 February 2024
މައިލޯ އަކީ ކުދިންނަށް ދޭން ކަމުނުދާވަރަށް ހަކުރާއި އެހެންވެސް ހަށިގަނޑަށް ގެއްލުންދޭ މާއްދާތައް އެކުލެވޭ ބުއިމެއްކަމަށް ސަރުކާރުން ވަނީ ބުނެފަ. މިއަދު މައިލޯ ޕްރޮމޯޓްކުރަން ކުރާކަންކަން ނުހުއްޓުވަނީ ކީއްވެގެންބާ!
މައިލޯ ހުސެއިން
23 February 2024
ކުރިން ހެލްތް މިނިސްޓްރީގެ ތެރެއިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މައިލޯ ގައި މާގިނައިން ހަކުރު ހުންނާތީ ރާއްޖޭގެ ކުޅިވަރުތަކަށް މައިލޯއިން އޮތް ނުފޫޒު ކުޑަކުރަން އެ ބުއިންތަކާއި އެއާއިގުޅޭ އެހެނިހެން ތަކެތި ހުއްޓުވި.އެކަން ކުރި މީހުންނަމީ ސަރުކާރުގެ އެތެރެއާއި ބޭރު ދުވަހުން ދުވަހަށް އެގޭ މީހުން.މައިލޯ އަކީ ހަމަ އޭރުގެވެސް ޕްރޮޑަކްޓް.އޭރުވެސް ހުރިވަރަށް ހަކުރު ހުރީ މިހާރުވެސް.ދެން މިހާރު މައިލޯ މާގަދަކޮށްލައިގެން މި އުޅެނީ ކީއްވެގެން