ކ. މާފުށި ގެ އަލަށް ހިއްކި ބިން: އެތަނުން ގޯތިތަކެއް ވިއްކަން ވަނީ ހުޅުވާލާފައި. --ފޮޓޯ: މިހާރު
22 މާޗް 2024 - 22:14
ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކ. މާފުށީގެ އަލަށް ހިއްކި ބިމުން ގޯތިތަކެއް ވިއްކަން ނިންމައި، ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މާފުށި ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެ ރަށުގެ އަލަށް ހިއްކި ބިމުން ރަށުގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތަށް ހަ ގޯތި ވިއްކަން ބޭނުންވާ ކަމަށެވެ.
ވިއްކަން ހުޅުވައިލި ގޯތީގެ ސައިޒުތައް އުޅެނީ 1،961.42 އާއި 1،961.48 އަކަފޫޓާ ދެމެދުގަ އެވެ.
ކައުންސިލުގެ ބިޑު ޑޮކިޔުމަންޓުގައިވާ ގޮތުން، މާލެ ފިޔަވައި ބިމުގެ އަގު އެންމެ ބޮޑު މާފުށިން ވިއްކާ މި ހަ ގޯތީގެ ބީލަމުގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 2،000ރ. އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކުން ބިން ވިއްކާ އެންމެ ބޮޑު އަގެވެ.
ބީލަމުގައި ބައިވެރިވުމަށް ބިޑު ފޮތެއްގެ އަގު 30،000ރ. ގައި އުޅޭއިރު، ބިޑް ސެކިޔުރިޓީގެ ގޮތުގައި 100،000ރ. ބަހައްޓަންޖެހެ އެވެ.
ބިޑު ކާމިޔާބު ކުރާ ފަރާތްތަކުން 50،000ރ. ގެ އެޑްވާންސެއް ދައްކަންޖެހޭ އިރު، ބިޑު ކާމިޔާބުކުރާ ޖުމްލަ އަގު 30 ދުވަހުގެ ތެރޭގައި ކައުންސިލަށް ދައްކާ ހަލާސްކުރަންޖެހެ އެވެ.
ބިޑު ފޮތް ގަތުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން އޭޕްރީލް 24 ގެ ނިޔަލަށް ހުޅުވާލެވޭ އިރު، ބިޑު ހުށަހެޅުން ހަމަޖަައްސާފައިވަނީ މެއި 5 ވަނަ ދުވަހަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިބު
23 March 2024
މުއިޒު ވަރެއްނެތް, 3 މަސްތެރޭ ބިން ހިއްކާ ވިއްކަން ފެށުނީ, ބާރަށް ކުރިއަށް,
ހަރާމްކޯ
23 March 2024
މާލޭ މީހުން މާލެ ބޭނުންކުރަނީ ބިމުގެ ވެއލިު އެރުމާއެކު މީހުންށް ކުއްޔަށް ދީ ފައިސާ ހޯދާ ފައިސާ ބޭރަށް ފޮނުވަން، މިފަދައިން މާފުށީވގަ ވެސް ދިރިއުޅުމަށްކަމަށް ބުނެ ދައުކަތުގެ ބަންޑާރަ ބިން ހޯދަނީ ހަމަ މިގޮތަށް ކުއްޔަށް ދީ، މުއްސަނދިވުމަށް. މި މާޖާއިޒް ފައިދާ ދައުލަތުން ދޭންޖެހޭނަކަމަށް ނުދެކެން. ބިމަކީ ވެލިއު ކުރެވެންޖެހޭ އެއްޗެއް. ހުޅުމާލެއިން 30 މިލިއަން ރުފިޔާގެ ބިމެއް ހިލެއެއް ނުދެވޭނެ. ރަށްރަށުން ވެސް ބިން ހިލޭ ދެވިގެން ނުވާނެ
ބެއްޔަ
23 March 2024
ކަލޯ ތިކަންކޮށް ނިމިފަ އޮތީ. ދެން މިއަދު ތިކަންތައްތައް ޕެރަލައިޒުވެގެން އެބަ ވިއްކާތާ. އެހެންވީމާ މައްސަލަ ޖެއްސިއަސް ވާނެ ބަދަލެއް ނެތް. ފިތުނަ ނޫނީ ނުއުފެދޭނެ.
ހަރާމްކޮލާ
23 March 2024
ހަރާމްކޯ ބުނެބަލަ ކުޑަ އަގެއްގަ ބިން ވިއްކާ ރަށެއްގެ ނަން. ރަށްރަށު މީހުންވެސް މިހާރު ބިން ވިއްކަނީ އާސްމާނުގަ ޖެހޭހާ ބޮޑު އަގުގަ. ރަށްރަށު ގިނަ މީހުންވެސް ބިން ކުއްޔަށްދީގެން މުއްސަނދިކަން ހޯދަމުން ދަނީ. މާލެމީހުންނޭ ކިޔާ އަނގަފުޅާކުރާއިރު ގިނަ ފަހަރު މާލެމީހާއޭ ތިކިޔާ މީހާގެ ރަޖިސްޓަރީ ރަގަޅަށް ބަލާލާއިރު އެއީ ކޮންމެވެސް ރަށެއްގެ މީހެއް. މާލެ އަންހެނަކާ އިނދެގެން ބިންކޮޅަކަށް ވެރިވެގެން އުޅޭނީ.
ބާބޫޖީ
23 March 2024
މިއަދުފެނިގެން މިދަނީ އަދި ކުޑަމިންވަރެއް. ބިން ހިއްކަނީ ރަށްޔިތުންނަށް ގޯތި ގެދޮރުދިނުމުގެ ނަމުގައި.
ބިނަވެރިޔާ
23 March 2024
ދެންތިބިން ގަންނާނީ އާދިލް ސަލީމް
ޖައުފަރުސާ
23 March 2024
ކޮން ސަރުކާރަކުން ހިއްކި ބިމެއް
ސީދުގީ
23 March 2024
މިއީ ވަގުތުން ހުއްޓުވަންޖެހޭ ކަމެކެވެ. ކައުންސިލުގެ އެކައުންޓުގައި މިހާރުވެސް މިލިއަނުން ފައިސާ އެބަހުއްޓެވެ. މިބިންތައް ވިއްކައިގެން ލިބޭ ފައިސާ މިދައުރުގައި ކައުންސިލްގައި ތިބިބަޔަކު ބޭނުން ގޮތަކަށް ހަރަދު ކޮށްލުމުގެ ފުރުސަތު އޮންނާއެވެ. ޢެހެންކަމުން އެންމެ ފައިދާބޮޑު ގޮތަކީ އެޑްވާންސަށްވެސް ފައިސާ ނުނަގާ މަހު ކުއްޔަށް ދިނުމެވެ. ރައްޔިތުން ހޭލާށެވެ. ތިޔަރައްޔިތުންގެ ފައިސާއަށް 5 މީހަކު ވެގެން ބޭނުންހާގޮތެއް ހަދަން ފުރުސަތު ނުދޭށެވެ.
ޖެނިން
22 March 2024
ބިން ވިއްކުން ރަނގަޅު ، އެކަމަކު ތިޔަ ފައިސާ ވަންނަންވާނީ ދައުލަތުގެ ބައިތުލްމާލަށް . ކައުންސިލްގެ އެކައުންޓަކަށް ތިޔަފައިސާ ވަދެގެން ނުވާނެ ، އެއީ ތިޔަފަޅު ހިއްކީ ދިވެހިރައޔިތުންގެ ފައިސާއިން ކަމަށްވާތީ ، ކައުންސިލުން ހަރަދުކުރިނަމަ ކައުންސިލްގެ އެކައުންޓައް ވަނުމަކުން މައްސަލައެއްނެތް
އަފްރާސިޔާބު
23 March 2024
މާލޭގެ މީހުންނަށް ބިން ހިއްކީ އެމީހުންގެ ޖީބުން ޚަރަދު ކޮށްގެންތަ؟ ލިބޭ ފައިސާ ވަންނަނީ ދައުލަތުގެ އާމްދަނީ އަށްތަ؟
ޖަވާބުކޮބާ
22 March 2024
މާފުށީ ކައުންސިލަކީ ނިސްބަތުން އެންމެ ގިނަ ފައިސާ ވަންނާނެ ކައުންސިލް. ސުވާލަކީ ރަށު ރައްޔިތުންނަށް ވާ ފައިދާއަކީ ކޮބާ ހޭ؟ އެމީހުނަށް ފައިދާ ވަނީ އެމީހުންގެ ގެ ކުއްޔަށް ދީގެން ހެއްޔޭ ނުވަތަ ކައުންސިލާ ހެދީ ވާ ފައިދާ އެއް އޮތްހޭ
ކައުންސިލަށް
23 March 2024
ކައުންސިލަށް ނިންމޭނެ ބައިވަރު ކަންކަން ހުންނާނެ. ކޮންމެ ދުވަހަކު ރޯދަވީއްލުންވެސް ދޭންވީ. ހަޑުލާއި ފުށް ގަނެފަ ރައްޔިތުންނަށް ބެހިދާނެ. ކޮންމެ ގެޔަކަށް ސޯލާ ގަނެފަ ދެވިދާނެ. ކައުންސިލްގެ މީޓިންއަށް ހުށައަޅާފަ ފާސްކޮށްފަ އިންޕްލިމެންޓު ކުރަންވީ. އެކަމަކު ކީއްކުރާނީ ކައުންސިލްތަކުގަ ތިބޭ މީހުންގައިގަ ނުހުރޭ ކަމެއް ކުރާނެ ހުނަރެއް. ހަމައެކަނި ކޮފީއަށް އެރެނީ
މިއައު
22 March 2024
މާލެ ސިޓީ ކައުންސިލުން ތިކަން ކޮށްފިއްޔާ ކިޔާނެ ރައްޔިތުންގެ ޓެކްސް ފައިސާއިން މާލެ މީހުން ބަނޑުއަޅަން... ދެންނޭނގެ. ނުކިޔާކަށް ނޯންނާނެ އެއްޗެއް. ތިތަން ހިއްކިއަސް ތިތާ މާފުށި މީހުންނެއް އުޅޭކަށް ބޭނުމެއް ނުވާނެ. ކުއްޔަށް ދީފަ ނުވަތަ ގެސްޓް ހައުސް ހަދާފަ ހަމަ މާލެއަށް. އަހަންނަށް ހެޔޮ، އެކަމު ދެރައީ މި އެންމެނަށް މާލެ މީހުންހާ ނުބައި ބައެއް މިބިންމަތީ ނެތީމަ
ކުރަފި
23 March 2024
ކ.މާލޭ ކައުންސިލުން ރަށުގެ ފަޅުތެރެ ހިއްކައިގެން ރަށުމީހުނަށް ގޯތިބަހައިގެން ބަޔަކު އެއްޗެކޭ ބުނީތަ. އެކަމަކު ރަށާ ނުވެސް ބެހޭ މާދުރުގަ ހުންނަ ފަޅުތައް ރަށުމީހުންގެ ތަރިކަމުދަލަށް ހަދައިގެން އުޅެންޏާ އަތޮޅުގެ އެހެން ރަށްރަށުމީހުން މައްސަލަޖައްސާނެދޯ.
ގުދުގުދާބެއްޔާ
23 March 2024
މިއުޅޭ ރޭސިސްޓް އަފީފު ދީދީ އާއި ތިޔަސުވާލުކޮއްލަބަލަ! މިގޮތައް މާލެއަށް ނިސްބަތް ވާބިންތައް ހެދިނަމަ ރަތްމަހައް ނުގޮވާ އެއްޗެހި ގޮވާނެ! ފުލެޓާ ބިންތައްވެސް ބިޑައް ލާންވީ! ދޭނެކަމެއްނެތް އެކައްޗެއްވެސް ހިލެޔަކު!ފައިސާ ނެތިއްޔާ ބިން ނުގަނެ އިންޑިޔާގަ މަގުމަތީގަ ގެދޮރުނެތް މީހުން އުޅޭގޮތައް އުޅުނީމާ އެނިމުނީ!ވަކި ރަށެއް ކިޔާނެ ކަމެއްނެތް!
ރާއްޖެތެރޭސޮރު
23 March 2024
މާލޭމީހާ އަކީ ނުބައި މީހެކެވެ. ޢެހެންވީމަ ކިޔާނެއެވެ. ހަޖަމްކުރަން ދަސްކުރާށެވެ.
ހަގީގަތް ދޯ؟
23 March 2024
ހަގީގަތް ވާނީ ހަމަ ހަގީގަތަށް ދޯ؟ މުޅި ދިވެހިރާއްޖެއަށް ލިބޭ ފައިސާގެ ފައިދާ ނަގަނީ ހަމަ ތިޔަބުނި މީހުން.