ތިމަރަފުށި ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހްމަދު ރިޔާޒް އާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ފާތިމަތު ޒިލްމާ.
14 އެޕްރީލް 2024 - 11:22
ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ފާތިމަތު ޒިލްމާ، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށް ތާއީދުކޮށްފި އެވެ.
އަހްމަދު ރިޔާޒަކީ އެ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.
އަހްމަދު ރިޔާޒްގެ ކެމްޕެއިނަށް ހަދާފައިވާ އެކްސް ހެންޑަލްގެ ޕޯސްޓެއްގައި ބުނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ފާތިމަތު ޒިލްމާ އާއި ޓީމް އޭނާ އަށް ތާއީދުކޮށް އެންޑޯސްކޮށްފައިވާ ކަމަށެވެ.
"ޒިލްމާ ވިދާޅުވީ ގޮތުގައި މިއީ ދާއިރާގެ ތަރައްގީ އަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށް ނިންމެވި ނިންމުމެއް،" އެ ޕޯސްޓުގައިވެ އެވެ.
ޑިމޮކްރަޓްސްގެ ކެންޑިޑޭޓް ފާތިމަތު ޒިލްމާ އާއި ޓީމް މިރޭވަނީ އަހުމަދު ރިޔާޒަށް ތާއީދުކޮށް އެންޑޯސްކޮއްފައި.
— Ahmed Riyaz - Thimarafushi Dhaaira 2024 (@riyaz_fans) April 13, 2024
ޒިލްމާ ވިދާޅުވީ ގޮތުގައި މިއީ ދާރިރާގެ ތަރައްޤީއަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށް ނިންމެވި ނިންމުމެއް! ޝުކުރިއްޔާ ޒިލްމާ! ގުޅިގެން ކުރިއަށް✅4️⃣ pic.twitter.com/SGb7xY9H7b
ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގައި ތިމަރަފުށި ދާއިރާ އަށް ވާދަކުރައްވަނީ އިބްރާހިމް ސަނާހް (ސަންތޯ) އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ތާއީދު އަހްމަދު ރިޔާޒް އޮތް ކަން ހާމަކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯޓުފޯއަޒުލް
14 April 2024
ޑިމޮކްރެޓްސް އަސް ކުރިތާއިދު އަހަެންނާ އަހަރެންގެ އާއިލާއިން ގެނަސްފިން
ބޭބެން
15 April 2024
ސޯ ވަޓް؟
ހުސްނުހީނާ
14 April 2024
ޑިމޮކްރެޓްސް ގެ ހާލަތު! ނިކަން ރޫޅިފަ ހުންނާނީ؟
އުންބަޅަ ކަޑަ
14 April 2024
ޑިމޮކްރެޓްސް ގެ ވިސްނުމަކީ ހެޔޮ ވިސްނުން. އެއީ ގުޅިގެން ކުރިއަށް ދިޔުން.
އެހެންވީމަ
14 April 2024
ކުރިން ވަކިވި މީހުންނާ އަލުން ގުޅިގެން ކުރިއަށްދާންވީނު
އޯއެމްޖީ
14 April 2024
ހަތަރެއް އެއްފަހަރާ!؟
މަފް
14 April 2024
ފާރަވެރި މަޖްލިސްގެ ފެށުން މިފެންނަނީ. ޑިމޮކްރެޓްސް ކުރާހާ ކަކަމަކީ އެމްޑީޕީ ފެއިލްކޮއްލެވޭތޯ ކުރެވޭ ހުރިހާ މަސައްކަތެއް.
ދެރާސް
14 April 2024
ޜަނގަޅު
ދަގޭ
14 April 2024
ރަނގަޅު ހަދިޔާއެއް ލިބޭނެ ތާ ! ބަދަލުގަ