30 އެޕްރީލް 2024 - 21:41
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަން ކުރައްވައިފި އެވެ.
އެމްއައިއެފްއެސްއޭ އަކީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރު ތެރޭގައި އުފައްދަން ނިންމެވި އިދާރާއެކެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އިދާރާގެ ގަވަނިން ބޯޑް ރައީސް އެކުލަވާލައްވާފައިވާ ކަމަށެވެ.
ރާއްޖޭގެ މާލީ ދާއިރާ އަށް އިންގިލާބެއް ގެނައުމަށް ރައީސް ކުރައްވާ ތަސައްވަރު ޖިހާދު ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނައިބު ރައީސްގެ މަގާމް އަދާ ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ފިނޭންސް މިނިސްޓަރުގެ މަގާމުގަ އެވެ.
އޭގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި ރައީސް މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގައި ހިނގަމުން ދިޔަ ނޫމަޑި ކުންފުނީގެ މައްސަލާގައި ޖިހާދު ވަނީ އެ މަނިކުފާނުގެ ދިފާއުގައި ހެކިބަސް ދެއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ ބުނީ
02 May 2024
މަ ބުނީ ޝުކުރު ވެރި ވުމުގެ ގޮތުން ރަނގަޅު ހަދިޔާއެއް !.
ޝާމް މުހައްމަދު
01 May 2024
ފެނިގެން މިދަނީ ހުރިހާ ދާއިރާއެއް ކުރިއަރުވަން ސާރުކާރުން ކުރާ މަސައްކަތް
ތިބިޔާން
01 May 2024
ރައީސް މުއިއްްޒް އައްޔަން މިކުރާ ވެރިން ވަރަށް ފުރިހަމަ. ހުސް މޮޅެތި މީހުން
އަޒީމް.
01 May 2024
ގާބިލް ނަމޫނާ ބޭފުޅެއް
ދީނާ ސަވާދު
01 May 2024
މަރުހަބާ ޖިހާދު. މި ސެކްޓާ މަނިކުފާނު ކުރިއަރުވާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް.
މުހައްމަދު ޝާން އައްބާސް
01 May 2024
ފައިނޭންޝިއަލް ސެކްޓާ ކުރިއަރުވަން ހާދަ މަސައްކަތެކޭ މި ސަރުކާރުން މިކުރަނީ
ހަސަން ޝިޔާމް
01 May 2024
މި ދާއިރާ ކުރި އަރުވަން ހަމަ އެއްމެ ކުޅަދާނަ ބޭފުޅާ. ފިނޭންސް މިނިސްޓްރީގަ އުޅުނުއިރު އެކަން ސާބިތު ކޮށްދެއްވި
ހަމަދު ސަލީމް
01 May 2024
ވަރަށް ތަޖުރިބާކާރު ބޭފުޅެއް. ހަމަ ގާބިލް ބޭފުޅެއް
އަހުސަން
01 May 2024
ކުރިން ނުގެނެވުނު އިންގިލާބެއް މިހާރުގެންނަގޮތްވެސް ކިޔާދިންނަމަ·
ސްސި.
01 May 2024
ކޮންމެހެން ޖޮބެއް ދޭމްޖެހޭ މީހެއް ވީއްޔާ ކޮންމެވެސް ދޭތެރެއް ހާވާލްފަ ޖޮބެއް ދޭނެ