1،000ރ. ގެ ނޫޓު.
09 މެއި 2024 - 10:31
ދިވެހި ރުފިޔާގެ 1،000ރ. ގެ ނޫޓަށް ބޭރު މީހުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިިއްޖެ އެވެ.
ޗުއްޓީ އަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި މި ނޫޓުގެ މަގުބޫލުކަން މިހާރު ވަރަށް ބޮޑެވެ. ބައެއް މީހުން މި ނޫޓުގެ ފޮޓޯ އާއި ވީޑިއޯ ނަގައި ޓިކްޓޮކާއި އިންސްޓަގްރާމްގައި ވަރަށް ގިނައިން ޝެއާކުރެ އެވެ. އެ މީހުންނަށް ބޮޑަށް ކަމުދަނީ މި ނޫޓުގެ ޑިޒައިނެވެ.
ބައެއް މީހުން ބުނެފައި ހުރި ގޮތުގައި، ފައިސާ ނޫޓަކުން މިހާ ރީތި ޑިޒައިނެއް އަދި ނުދެކެ އެވެ.
މި ވީޑިއޯތަކަށް 3-2 މިލިއަނުން ވިއުސް ވެސް ލިބިފައި އެބަހުއްޓެވެ.
ދިވެހި ރުފިޔާގެ 1،000ރ. ގެ ނޫޓުގެ އެއްފުށުގައި އިންނަނީ ފެހުރިހީގެ ކުރެހުމެކެވެ. އަދި އަނެއްފުށުގައި އިންނަނީ ވެލައެކެވެ. ޕޮލިމާގައި ޕްރިންޓުކޮށްފައި ހުންނަ މި ނޫޓުގައި ބޭނުންކޮށްފައި ވަނީ ނޫ ކުލައިގެ އެކި ޝޭޑުތަކެވެ.
ރާއްޖޭގައި ކަރުދާސް ނޫޓް ބޭނުންކުރުން ހުއްޓާލައި "ރަންދިހަފަހެއް" ސީރީޒްގެ ޕޮލިމާ ނޫޓުތައް ބޭނުންކުރަން ފެށީ 2015 ގަ އެވެ. އެ އާ ނޫޓް ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓްތަކެވެ.
"ރަންދިހަފަހެއް" ނޫޓްގެ ޑިޒައިން ހޮވާފައި ވަނީ އެކަމަށް ބޭއްވި މުބާރާތަކުންނެވެ. އެ މުބާރާތް ކާމިޔާބުކޮށް މި ނޫޓުތަކުގެ ޑިޒައިން ކުރެހީ ދިވެހި ޒުވާނެއް ކަމަށްވާ އަބްދުﷲ ނަޝާތު އެވެ. އެ ނޫޓުތައް ޑިޒައިންކޮށްފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މާހައުލުގެ ހިތްގައިމުކަން ވަރަށް ބޮޑަށް ފެންނާނެ ގޮތަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު އަލީސް
17 May 2024
ޝުކުރިއްޔާ ރައީސް މުއިޒު، ތީ ހަމަ ވިޝަނަރީ ލީޑަރެއް. މިކަހަލަ ލީޑަރުން ގެ ދުރުވިސްނުން ތި ނޫޓް ތަކުން އެބަފެނޭ.
ބަހީ
10 May 2024
ހަމަރީތި. ދެރައީ ފައިސާގެ އަގު ނެތެމުންދާތީ
އޮނަރަބްލް އަފީފު ދީދީ
09 May 2024
ފައިސާގެ ޑިޒައިނާއި، ރިސޯޓްތަކުގެ ގޮނޑުދޮށްތަކާއި މޫދު ކިތަންމެ ރީތިކަމުގައި ވިޔަސް ރާއްޖެއަންނަ "ފަތުރުވެރިން ރާއްޖެއަށް ހޭދަކުރާ ފައިސާ އާއި އެފައިސާ ދައުރު ކުރާގޮތް ރީއްޗެއްނޫންކަން" އެމީހުނަކަށް ނޭގޭނެ. # އަދި ކޮށްޓެއްގައި ކުކުޅު އަސްދޫނި ގެންގުޅޭ ފަދައިން ދިވެހި މުވައްޒިފުން ބަދެގެން (ކަރުގައި ވާޖަހާފައި ނެތަސް އެފަދަ ގޮތަކަށް) ދިވެހި މުވައްޒިފުންނާއިމެދު އަމަލުކުރާކަން އިގޭހިސާބުން މުޅި މަންޒަރު އެމީހުންނަށް "ހަޑި" ވާނެކަން ޔަޤީން.
ރަނާ
09 May 2024
އެއީ މުއިއްޒުގެ ވެތިކަމުގެ ކަމެއް ނޫން ޔާމީނުގެ ވެރިކަމުގަ އެ ނޫޓްތައް ނެރުނީ. ކުރީގަ ހުންނަ ފައިސާ ދިހަހާސް ރުފިޔާ ވޮލެޓަށް ނުލެވޭ މިހާރު ފަންސާސްހާސްވެސް ލެވޭ
ހަމްޗާ
10 May 2024
މުއިއްޒު އޭ ބުނެފަ އެބައޮތް ތަ؟ ބައެއްމީހުނަށް ހީވަނީ އެގައުމެއްގަ ހިނގާ ހުރިހާކަމެއް އޮންނަން ޖެހެނީ ވެރިމީހާއާ ގުޅިފަހެން.
ވޮލިނި
09 May 2024
ޑިޒަިނަށް ވުރެ ބޭނުމީ ނޫޓުގެ އަގެވެ. 1000ގެ ނޫޓަކުން ފިޔާ ކިލޯ އެއް ނުގަނެވޭ ހިސާބަށް ނޫޓުގެ އަގު ވެއްޓޭނަމަ އޭގެ ބޭނުމަކީ ކޮބަަަ؟ "އަނބި ރީތީ ހެވިއްޔާ" އޭ ބުނާ ފަދައިންނެވެ.
ގިލިނި
09 May 2024
ބަޔަކަށް ރީތިވެގެން ޝެއަރ ކުރީމަ އެއީ ޕްލަސް ޕޮއިންޓެއް. އަގުވެސް ކަޑަ، ޑިޒައިންވެސް ކަޑަ، ބޭނުން ކުރާ މީހުންވެސް ކަޑަ، ކޮންމެސް އެއްކަމެއް ރަނގަޅުވާން އެބަޖެހޭ ދޯ؟
ޜިޕް
09 May 2024
އާނ ނޫޓް ގެ އަގެއް ނެތް! 1000 ޖަހާފަ އިނަސް ތީ މީގެ 15 އަހަރު ކުރީގެ 100 ރފ އާ އެއްވަރު! ތި 1000 ރފ އިން މާ ގިނަ އެއްޗެއް ނުގަނެވޭ! ލޮލް
ފަތިފުށް
09 May 2024
އިބުރާހިމް މުހައްމަދު ސޯލިހު ގެ ކަންތައްމީ.. ރާއްޖެ ފައިސާގެ އަގު ވައްޓާލުން.
ޝުކުރުހައްގު
09 May 2024
ކޮންމެ ވެރިޔަކު ކުރިޔަސް ރަނގަޅުކަމެއް ވާނީ ރަނގަޅުކަމަކަށް. އެއީހަމަ ރީތީ ފަރުމާއަކަށް ތައްޔާރުކުރެވިފައިވާ ފެންވަރު ރަނގަޅު ފައިސާގެ ނޫޓުތަކެެއް. އޭރުގެ ވެރިންނާއި މަރުކަޒީ ބޭންކަށް ޝުކުރު ހައްގު.
ހަލުވި22
09 May 2024
ޑރ. މުއިއްޒުގެ ތަރައްޤީގެ ސްޕީޑް ވަރަށް ހަލުވިކޮށް މިފެންނަނީ.
ބެރީ
09 May 2024
ޑިޒައިން، ސުވިޒަލެންޑްގެ ނޫޓުތަކާ ވަރަށް އެއްގޮތް. ވެލަޔަކާ ފެހުރިއްސެއް ހުރިކަން އެކަނި.
ކެރީ
09 May 2024
އެ ނޫޓުގައި އިނީވެސް ވެލަޔަކާ ފެހުރިއްސެއް އެކަނި
ކަރީނާ
09 May 2024
ޝުކުރިއްޔާ މުއިއްޒު
ފޮނިފޮނިޓައްޕު ކުމާރު
09 May 2024
އެކަމަކު ތިޔަ ނޫޓުތައް ނެރުނު ތިތަކެތި ހަޑިވެގެން ދިވެހިން ކިހާ ފާޑުކީ. މީ ދިވެހިންނަށް ވާނެވަރަކީ.
ކައުންސެލަރު..
09 May 2024
ހުރިހާ ދިވެހިންނެއްނޫން. އެމްޑީޕީގެ މީހުން. އެމީހުންނަކީ އަދި މުޅިން އެހެން ވިސްނުމެއްގެ ބައެއް. މީހަކު ޤައުމަށް ރަނގަޅަށް ކަމެއްކޮށްދީފިތަ؟ އެމީހުންނަށް އެކަމެއް ހަޖަމެއް ނުވާނެ، ދެން ތިބޭނީ ތުންފިއްތާ ދަތްވިކާފަ
ޑިޒައިނަރ
09 May 2024
މިއަށްވުރެ ރީތި ޑިޒައިންތައް ހުށަހެޅުނު. މުޅި ސީރީސްގައި ވެސް ހިމެނޭ ބަލާލަން ކަމުދާ ހަމައެކަނި ނުޓް އެއީ.