އެލައިޑް އިންޝުއަރެންސް އޮފީސް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
10 މެއި 2024 - 08:47
އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ އިން ފޯރުކޮށްދޭ "ޗައިލްޑް އެޑިއުކޭޝަން ތަކާފުލް" ގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ތައާރަފުކުރި މި ޕްރޮމޯޝަނުގައި މި ޕްލޭން އެންމެ ފުރަތަމަ ނަގާ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.
ޕްރޮމޯޝަން އޮންނާނީ އަންނަ މަހުގެ ނިޔަލަށެވެ.
ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނަކީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑް ގާއިމުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމށް އެލައިޑުން ބުންޏެވެ.
ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށް ފެށި މި ޕްރޮމޯޝަން އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔަތުގައި އެލައިޑުން ވަނީ މިދިޔަ ފެބްރުއަރީ 25 އިން އޭޕްރީލް މަހުގެ 9 ވަނަ ދުވަހަށް ފޭސްބުކްގައި ބޭއްވި މަދަހަ މުބާރާތުގެ އިނާމު ވެސް ހަވާލުކޮށްފަ އެވެ.
މަދަހަ މުބާރާތުގެ އެއްވަނަ ދަރިވަރު ހަދީޖާ އަޒްކާ ބިންތް އާދަމްގެ ބައްޕަ އިނާމާ ހަވާލުވަނީ.
ކުޑަކުދިންނަށް ހާއްސަކޮށްގެން ބޭއްވި އެ މުބާރާތުން އެއްވަނަ ހޯދި ހަދީޖާ އަޒްކާ ބިންތް އާދަމަށް އެލައިޑުން ވަނީ ޓެންތް ޖެނެރޭޝަން އައިޕެޑެއް ހަވާލުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy