ލައިފްސްޓައިލް

އަނބު މޫސުން މިފަހަރު ބޮޑު މަޖާގަނޑަކަށް!

ތެޅިއަނބު ތައްޓެއް

ކޮންމެ އަހަރެއްގެ ވެސް އަނބު މޫސުމުގައި އަނބު މަޖާ ހެދުމުގެ ފޯރި ގަދަ އެވެ. އެކަމަކު މިފަހަރު ހަމަ އަސްލަށް ވެސް އަނބު މަޖާ ހެދުން ދިވެހިންނަށް މިވީ ބޮޑު މަޖާގަނޑަކަށެވެ. ޓިކްޓޮކް ޓްރެންޑް ފޮލޯކުރާ މީހުން އަޅައިގަތް އަނބު ތަޅާ ވީޑިއޯއަކާ ހެދި އެވެ.

ސްރީ ލަންކާގެ ކެއުންތައް ޓިކްޓޮކްގައި ޕޯސްޓްކުރާ އަންހެނަކު އާއްމުކުރި ވީޑިއޯގައި ފެންނަނީ އެއްޗަކަށް މިރުހާއި ލޮނާއި އަޅައި އަނބުތައް ތަޅައިގެން ކާ ތަނެވެ. މަޖާ ހަދަން އަވަސް އަދި ފަސޭހަ މި ގޮތް ގިނަ ބަޔަކަށް ކަމުދިޔައީ އެވެ.

މި ޓްރެންޑް ފޮލޯކުރަން ކޮތަޅު ތެރޭގައި އަނބު ތަޅަމުން ގޮސް މިހާރު ތަޅައިގެން ނުކާ އެއްޗެއް މަދެވެ. ޓިކްޓޮކާއި އިންސްޓަގްރާމާއި ފޭސްބުކްގައި އޮތީ އެކި އެއްޗެހި ކޮތަޅަށް ލައި ތަޅައިގެން ކާ ވީޑިއޯތަކެވެ.

@trustickitchen Mouthwatering 🤤 🥵🥭 Ultra SPICY mango pickle අබ කොටල කාල තියෙද? #mango #foryou ♬ original sound - The Rustic Kitchen

ލަންކާ މީހަކު ތެޅި އަނބު ހަދަނީ: މިއީ މި ޓްރެންޑް ފެށުނު ގޮތް

އެއްބަޔަކު ތެޅިއަނބު ހަދައިގެން ކާއިރު، އަނެއްބަޔަކު ގޮބާއި ކުންނާރާއި ބިލަމަގު ތަޅައިގެން ކަނީ އެވެ. ތެލުލި ބަނބުކޭލާއި ނޫޑްސް ޕެކެޓާއި ބިސްކޯދު ޕެކެޓް ވެސް ކޮތަޅުގައި ފުނޑުކޮށްފި އެވެ. މި ޓްރެންޑަށް ފާޑުކިޔަން، ކޮތަޅަކަށް ބަތް އަޅައިގެން ތަޅާ ވީޑިއޯއެއް ވެސް ވައިގައި ހިފީ އެވެ.

ޑަބިޔާ ކުކުޅު ހަދަނީ

މި ޓްރެންޑް ފޮލޯކުރަން އެކަކު އަނބު ކޮތަޅެއް ސައިކަލުގައި އައްސައިގެން މުޅި ރަށް ވަށައި ބުރު ވެސް ޖަހައިފި އެވެ.

ކޭކު ހަދައި އެއްޗިހި ކޮތަޅަކަށް އަޅައިގެން ތަޅަނީ

ދިވެހިންގެ ތެރޭގައި ކަމެއް ވައިގައި ހިފައިފި ނަމަ، އެކަމެއް އެކި ގޮތްގޮތަށް ކޮށް އަދި އެއަށް މީމްސް ހަދައި އުޅެ އެވެ.

މީހަކު ބޮޑު މަރުތެޔޮ އަކުން އަނބު ތަޅަނީ

އަނބު މަޖާ ހެދުން މިފަހަރު މިއޮތީ އަސްލަށް ވެސް ބޮޑު މަޖާގަނޑަކަށް ވެފަ އެވެ. އެކަކަށް ވުރެން މަޖާކޮށް، ފޯރީގައި އަދިވެސް ވީޑިއޯތައް ހަދަނީ އެވެ.

4 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 10%
icon angry icon angry 10%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޭޓާ

21 May 2024

އަނބުނުތަޅާ އެންމެން ބޮނބިތަޅާން ދޭބަލަ.

The name is already taken The name is available. Register?

އައިމިނާ

21 May 2024

ހުތް އަނބަކީ ވަރަށް ނުބައި އެއްޗެއް. އޭގެ ވަސްޖެހުނަސް މޭނުބައިކުރޭ. އެއްވެސް މަޖަލެއް ނޫން.

The name is already taken The name is available. Register?

ޖކހޖކނ

22 May 2024

ދެން ނުކެއިމަ އެނިމުނީނު، ކޮންމެހެން އައިމިނަ އަށް މީރުވާން ޖެހޭތަ؟

The name is already taken The name is available. Register?

އައިމިނާ ނޫން

22 May 2024

ހަމަ ވަރަށް މަޖާ! އުފާވެރި މާހައުލެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454