މީގެ ކުރިން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ. --ފައިލް ފޮޓޯ: ފޮރިން މިނިސްޓްރީ
24 މެއި 2024 - 10:56
ޔޫރަޕާއި ކެރީބިއަން ހިމެނޭ ގޮތަށް އިތުރު ހަތް ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމި ނިންމުމަށް ރާއްޖޭން މަރުހަބާ ކިޔައިފި އެވެ.
ނޯވޭ، ސްޕެއިން އަދި އަޔަލަންޑުން މި މަހުގެ 28 ގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.
ޔޫރަޕްގެ އެ ތިން ގައުމުގެ އިތުރުން، ބަހާމާސް، ޓްރިނިޑޭޑް އެންޑް ޓޮބޭގޯ، ޖަމޭއިކާ އަދި ބާބޭޑޯސް ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމައިފަ އެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން އެކްސްގައި ވަނީ އެ ގައުމުތަކުގެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.
Maldives welcomes the decision by several countries to recognise #Palestine. Maldives calls on those nations that have not done so, to adhere to the stance to support the Palestinian people in their quest to establish an independent and sovereign State.
— Ministry of Foreign Affairs 🇲🇻 (@MoFAmv) May 23, 2024
🇳🇴 🇮🇪 🇪🇸 🇧🇸 🇹🇹 🇯🇲 🇧🇧
އަދި ފަލަސްތީނަށް ލިބިގެންވާ ހައްގުތަކާ އެއްގޮތަށް މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މަސައްކަތަށް ތާއީދުކޮށް، ބާކީ ތިބި ގައުމުތަކުން ވެސް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ފޮރިން މިނިސްޓްރީން ވަނީ ގޮވާލައިފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ޝަހީދުކޮށްލާފައިވާ އިރު، ފަލަސްތީނަށް ވަކި ދައުލަތެއް ދިނުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުގެ ވިސްނުން ވަނީ ބަދަލުވާން ފަށައިފަ އެވެ.
މި ފަހުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމި ޔޫރަޕުގެ ގައުމުތަކުގެ ތެރޭގައި ސްލޮވީނިއާ ވެސް ހިމެނެ އެވެ.
އެކަމަކު ޔޫރަޕުގެ އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަނާއި ފްރާންސް ދަނީ ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ދެކޮޅު ހަދަމުންނެވެ. އެ ދެ ގައުމުން ގަބޫލުކުރާ ގޮތުގައި، ފަލަސްތީނަށް ވަކި ދައުލަތެއްގެ ދަރަޖަ ދެވޭނީ، އިޒްރޭލާ އެކު ގާއިމުކުރެވޭ ދާއިމީ ސުލްހައިގެ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގަ އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރާ ގޮތަށް އެ އިއްތިހާދުގެ ހިމެނޭ 27 ގައުމު އެއްބަސްވެވޭ ހައްލަކަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އދ. ގައި ހިމެނޭ 193 ގައުމުތަކުގެ ތެރެއިން މިހާތަނަށް 137 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ކަމަށް ޕަލަސްތީނިއަން އޮތޯރިޓީން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
25 May 2024
ސުލްހައިގެވާހަކަ ދެއްކޭނި ހަމަހަމަ ދެސަރުކާރު ދެމެދުގަ.މިހާރު މި އޮތްގޮތަށް އޮވެގެން ސުލްހަ ނޯންނާނެ
މިމްރާހް
25 May 2024
ބަރާބަރު. ކުޑަޔަސް ބަސް ބުނަން ވާނެ
ފަނޑިޔާރެއްނޫނޭ
24 May 2024
ދުނިޔޭގެ ކޯޓުން މިއަދު އެނެރުނީ އަމުރު އިޒްރޭލުން ފަލަސްތީނަށް ދޭ ހަލަމާތައް ހުއްޓާލަން އެކަމަކު އެއަމުރަށް އެމެރިކާ ގޮން ޖެހުން ނޫންތޭ އިޒްރޭލަށް ހަތިޔާރު ދެނީ އެމެރިކާ އަދި އިނގިރޭސިން ދޭ ހަތިޔާރޭ އިޒްރޭލުން ފަލަސްތީނުގެ އާންމު ނިކަމެތިންނާއި ދެކޮޅަށް ބޭނުން ކުރަނީ ހަމާސް އަކީ ޓެރެރިސްޓުން ކަމަށް ދުނިޔޭގެ ކޯޓަކުން އަދި އެއް ނެތް ހުކުމްކޮށްފައި އެމެރިކާ ބުނާ މީހުން އެއީ ޓެެރެރިސްޓުންނަށް ވާން ނުޖެހޭނެއޭ އެމެރިކާ އެއީ ކޯޓެއް ނޫނޭ ބައިޑަން އެއީ
އަބްޑޫޅް +
24 May 2024
ހޫނ. އަހުރެން ތިޔަ ޓެރަރިޝްޓުން ބަލައެއް ނުގަންނަން.
ތަމެންދޯ
24 May 2024
މިސަރުކާރުގެ ޚާރިޖީ ވުޒާރާއިން ކުރާ ކަމަކީ މިވަގުތަކީ ފަލަސްތީނު މައްސަލަ ދުނިޔޭގެ އެންމެ ހިޓް ލިސްޓް ގައި އުޅޭ ކަމަކަށްވާތީވެ އެކަމުގެ ނާޖާއިޒު ފައިދާ ނަގަނީ ފަލަސްތީނު މައްސަލައިގައި މަސައްކަތް ކުރަނީ ސައުތުއެފްރިކާ އެކަނި ދެންލަދުން ސައުދީ އެރެބިޔާ އާއި މިސްރާއި ރާއްޖެ އެކަމުގައި އުޅޭ ކަމަށް ދައްކަނީ ފަލަސްތީނު ރައްޔިތުން ބޮލަށް ބޮން އަޅައަޅާ ތިއްބާ ދޯ ދައުލަތުގެ ބަޖެޓުން 1 ބިލިއަން ޑޮލަރު ހޭދަކޮށްގެން މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވީ
އައްޑޫ123456.
24 May 2024
އެމްޑީޕީ ލީޑަށިޕް މުޅިން އައު ބައެއް ސިޔާސީ މައިދާނަ ނިކުންނަން ޖެހޭ. އޭރުން ފަލަސްތީން މިނިވަން ކުރަން މަސައްކައް ކުރާނެ.
ތަދޯ
24 May 2024
ޚާރިޖީ ވުޒާރާ އާއި އިގްތިސާދީ ވުޒާރާ މިދެވުޒާރާ އަކީ އެއީ އެއް ވަޒީރަކަށް ހިންގެން ޖެހޭނެ ވުޒާރާ އެކޭ މިދެވުޒާރާ އަކީ ހަގީގަތުގައި އެއް އަމާޒަކަށް ދަތުރުކުރަން ޖެހޭނެ ވުޒާރާ އެއް ކަމަށްވާއިރު އިގްތިސާދީ ވުޒާރާއިން ކުރަން ބޭނުންވާ ކަން ކަން ޚާރިޖީ ވުޒާރާ މެދުވެރިކޮށް ޗައިނާ އިން ކުރަން ޖެހޭތީވެ ޒަމީރަށް މިކަން ނުވެގެން މިހާރު މާލޭގައި މަގުތައް ވެސް ނެހެދި ހުޅުމާލޭގައި އަޅަން އުޅޭ 30 ހާސް ފްލެޓް ވެސް ނޭޅިގެން އުޅެނީ މީ މަމެން ނުދަންނަ ކަމެއްނޫނޭ
މަރުހަބާ
24 May 2024
ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަމީން ވީޓޯކުރުމުގެބާރު އދ.ލުން އުވާލުމަށް ގޮވާލާ މުޒާހަރާ ކުރަންވީ ވީޓޯ ކުރާ ހުރިހާ ގައުމުތައް ނުވައްދަންވީ އދ އަށް ލިބިގެންވާ ބާރުގެ ދަށުން ނުވައްދާން ވީ. 137 ތާއީދުކުރާ. 56. ނުކުރާ.
ނޫޅެއޭދޯ
24 May 2024
މިސަރުކާރުގެ ޚާރިޖީ ވަޒީރު ކަންނުވެ ނަންވަނީ މަސައްކަތެއް ކޮށްގެން ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ގޮތް ހޯދާ އަދި ޓެކްސް ކުޑަކޮށް އިތުރަށް ސަރުކާރަށް ޓެކްސް އާއި އެހެނިހެން ފައިސާނުނަގާ ގޮތްހަދާ ރާއްޖޭގެ ޓޫރިޒަމް ދާއިރާގަައި ހުރި ބޮޑެތި މުސާރަދޭ މަގާމް ތަކަކީ މި 5 އަހަރު ނިމޭއިރު ދިވެހިން އަދާކުރާނެ މަގާމް ތަކެއް ކަމަށް ހަދަން ސިންގަޕޯރ އާއި އެކު ވެސް ގާތް ގުޅުމެއް އުފައްދާ ސިންގަޕޯރގެ ނެޝަނަލް ޔުނިވަރސިޓީ އެއް ހުޅުމާލޭގައި ގާއިމް ކުރަން ނޫޅެއޭދޯ
ބަތޫތާ
24 May 2024
ރާއްޖެ ހާދަ ގަދަކޮށްފިއޭ. މިހާރު ފަލަސްތީނު މައްސަލައިގާ އަޑުއުފުލާ ގަދަ 10 ގާ ރާއްޖެ ހިމެނޭނެހެން ހީވަނީ.