ރައީސް ޑރ. މުހައްމަދު މުއިއްޒު، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ މިއަދު ކުރެއްވި ބައްދަލުކުރެއްވުމުގެ ތެެރެއިން
27 މެއި 2024 - 23:00
ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ހަވާސާގަ އެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އެންޓޯނިއޯއާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އދ. އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ޔަގީންކަން ދެއްވި އެވެ. އަދި އދ. އިން ރާއްޖޭގެ ގައުމީ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމާ، ބައިނަލްއަގްވާމީ މުޖްތަމައާ ރާއްޖެއާ އޮތް ގާތްކަމާ އިތުބާރު ދެމެހެއްޓުމުގައި އދ. އަދާކޮށްދޭ ދައުރު ޝުކުރުވެރިކަމާ އެކު ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކައިގައި، ސިޑްސް ފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމު ކަމާއި، މި މަހާސިންތާއިން ނެރެވޭނެ އުންމީދީ ނަތީޖާތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ އދ.ގައި ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ރާއްޖެއަށް އދ. އިން ވެދޭ އެހީތެރިކަން އިތުރުކޮށް، ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އުންމީދު ދެ ބޭފުޅުން ވެސް އާކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިޕްލޮމެޓެއް
29 May 2024
ސުރުޚީ ލިޔާއިރު ބޭނުންކުރަންވާނީ ފަހު ނަން ނުވަތަ ޢާއިލީ ނަން… އެންޓޯނިޔޯއެއް ނޫން ގުޓެރެސް
އީޡާން މުހައްމަދު
28 May 2024
ގައުމުގެ ހައްގުގައި ވަކާލާތު ކުރާތި. މަނިކުފާނާ ދޭތެރޭ އުއްމީދު އެބައޮތް.
މަސްއޫދު ޝަރީފް
28 May 2024
މިތަނުންވެސް ބޭނުން ހިފޭ ކަންކަން ހޯދަންވީ. މިއީ އަހަރުމެންނަށް ފައިދާ ނެގޭނެ ކަންކަން.
ސިޔާދު ގާސިމް
28 May 2024
މަރުހަބާ ރައީސް. ފަހުރުވެރި ވަގުތެެއް ގައުމަށް.
×ސޗޗ
28 May 2024
ބޭކާރު އެސްޖީއެއް
ގެދާނޯމޮސް
28 May 2024
ތީނަމަކަށް ތިބޭ އެމެރިކާގެ ޕަޕެޓުންނެވެ.
ޓިން ޓިން
27 May 2024
އ.ދ އާ އިތުރަށް ގުޅުންބަދަހިކުރާންވީއޭ. ކޮބާ ލަދު؟
ބިޑިބޯބޭ
27 May 2024
ގުޓުރެސްބެ މެންނަކީ އަހަރުމެނެކަށް މުހިންމު ބައެއްނޫން. އދ އަކީ ދެވަނަ ބޮޑުހަގުރާމަޔަށް ފަހު އެމެރިކާޔާއި ހުޅަގުގެ ގައުމުތަކުގެ މުހުތާދުތަކަށް އެމީހުންބޭނުންވާ އެޖެންޑާއެއް ވިއްކަން ހަދައިގެންއުޅޭ ޕީ އާރު އޮފީހެއް. ދުނިޔެ އިސްލާހުކުރަން ހަމަހަމަކަން ހޯދަދޭން އުޅޭބައެއްނަމަ އެއޮތް ކުޑަކުޑަ އިޒުރޭލުން ފަލަސްތީނު ނޮޅައިގެން ކާލާއިރު ކަމެއް ކުރީހެއްނޫން.