ރައީސް މުއިއްޒު އިއްޔެގެ ކެބިނެޓް ބައްދަލުވުން ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް
28 މެއި 2024 - 15:18
ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީގައި ހުރި ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.
އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި، އެތައް ސަތޭކަ މީހުން ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓު ކޭމްޕެއްގެ ރޯވެ، މިހާތަނަށް 45 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފަ އެވެ.
އެ މައްސަލާގައި ރައީސް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގެ ނިންމުންތަކަށް އިޒްރޭލުން އަމަލު ކުރަން ޖެހޭ ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ވުރެ އެއްވެސް ގައުމެއް މައްޗެއް ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ގޮވާލާ ކަމަށާއި އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީތައް ފޯރު ކޮށްދިނުމަށް ފުރުސަތު ދިނުމަށް ވެސް ރައީސް ގޮވައިލެއްވި އެވެ.
ފަލަސްތީނުގެ މައްސަލާގައި ރާއްޖެއިން ގޮވާލަމުން އަންނަނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމަށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިދުހާން
29 May 2024
އަހަރުމެންގެ ގައުމު ކުޑަ ނަމަވެސް އަހަރުމެންގެ އަޑު އަދުގެ ރައީސް އިއްވާދެތީ އުފާކުރަން
ހުމައިޝް
29 May 2024
މީގެ ކުރީގަވެސް ބަޔަކު ވެރިކަންތަކެއްކޮށްފަ އެދިޔައީ ގައިމު. މަށެއް ނުދެކެން މުއިއްޒުހާ ފަލަސްތީނުގެ ހައްގުގައި ބިރެއް ފަހެއްނެތި ވަކާލާތު ކުރި ވެރިއެއް
އިސްހާގް
29 May 2024
މުސްލިމުންގެ ހައްގުގައި ވަކާލާތު ކުރުމުގައި އަބަދުވެސް އެންމެ ކުރީގަ އަހަރުމެންގެ ރައީސް މިހުންނަވަނީ. މީ އަހަރުމެން ފަހުރުވެރިވާންޖެހޭނެ ވަރުގެ ކަމެއް
ސިނާދް
29 May 2024
މުސްލިމް އުއްމަތްތަކަށް ނަމޫނާވ ވެރިއެއް. މާޝާﷲ
ދިވެހި ރާއްޖެ
28 May 2024
އެމްޑިޕީ ބަހެއްވެސް ނުބުނެ ހަނު.
ފުލޯކެއް
28 May 2024
އިޒުރޭލް ޕާސްޕޯޓުގަ ރާއްޖެ އެތެރެ ނުވެވޭބިލް އޮތީކިހިނެއް؟