ޔޫރަޕްގެ ޓުއާ އޮޕަރޭޓަރު އެފްޓީއައި ޓޫރިސްޓިކް ބަނގުރޫޓުވިކަން ވަނީ އިއުލާނުކޮށްފައި -- ފޮޓޯ:ޒެޑްޑީއެފް
04 ޖޫން 2024 - 14:34
ޖަރުމަނުގެ ޓުއާ އޮޕަރޭޓަރު އެފްޓީއައި ގްރޫޕުން، އެ ކުންފުނީގެ ދަރަނި ނުދެއްކިގެން، ބޭންކްރަޕްސީ ފައިލްކޮށްފި އެވެ.
ޔޫރަޕްގެ ތިން ވަނައަށް އެންމެ ބޮޑު ޓުއާ އޮޕަރޭޓަރު އެފްޓީއައި ގްރޫޕުން ބޭންކްރަޕްސީ ފައިލް ކުރުމުން ޖަރުމަނުގެ މިއުނިކް ކޯޓުން އަންނަނީ އިންސޮލްވެންސީ ޕްރޮސީޑިން ފަށައިފަ އެވެ.
އެ ކުންފުނީގައި 11،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ އިރު ކުންފުނި ބަނގުރޫޓުވެ، އޮޕަރޭޝަން ހުއްޓާލަން ޖެހުނު ކަން ކުންފުނީގެ މުވައްޒަފުންނަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ.
ޖަރުމަނުގެ ނޫހެއް ކަމަށްވާ، ބީއައިއެލްޑީގައިވާ ގޮތުން މިދިޔަ ހަފްތާ ބަންދުގައި އެ ކުންފުނިން ވަނީ އެ ގައުމުގެ އިގްތިސާދީ އަދި ފައިނޭންސް މިނިސްޓްރީއާ އެކު މިކަމުގައި މަޝްވަރާތައް ކޮށްފަ އެވެ. އެ ކުންފުނިން ވަނީ ކުންފުނީގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ގާތްގަނޑަކަށް 11 މިލިއަން ޑޮލަރުގެ ފަންޑިންއެއް ހޯދަން އެދިފަ އެވެ. އެހެން ނަމަވެސް، ސަރުކާރުން ވަނީ އެ ހުށަހެޅުން ގަބޫލުނުކޮށްފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ކުންފުނީގެ ޖުމްލަ ދަރަނި އެއް ބިލިއަން ޑޮލަރަށް އަރަ އެވެ.
ކޮވިޑާ ގުޅިގެން އެ ކުންފުންޏަށް ކުރިމަތިވި މާލީ ދަތިތަކާ ގުޅިގެން ކުންފުނިން ވަނީ ސަރުކާރުގެ އިކޮނޮމިކް ސްޓެބިލައިޒޭޝަން ފަންޑު މެދުވެރިކޮށް 650 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. އަދި ސަރުކާރުން ގެރެންޓީ ދީގެން ޔޫރަޕްގެ ކޮމާޝަލް ބޭންކް، ޔުނިކްރެޑިޓުން 315 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ނަގައިފަ އެވެ.
އެފްޓީއައި މެދުވެރިކޮށް ދަތުރުތައް ދާން ބުކިން ހަދާފައިވާ މީހުންގެ ތެރެއިން މި ވަގުތު ދަތުރުތަކުގައި އުޅޭ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ދަތުރުގެ ކަންކަން ހަމަޖައްސައިދިނުމަށް މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކުރިއަށް އޮތްތަނުގައި ކުރަން ހުރި ދަތުރުތައް ދެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބޫޖީ
04 June 2024
ޒަމާން ބަދަލުވެވެއްޖެ. ޓްރެވަލްގެ އެރޭންޖްކުރުމުގެ ވަރަށް ގިނަކަން ބަދަލުވެ އަދިވެސް އަންނަނީ ބަދަލުވަމުން. ބެލެވޭގޮތުގައި މިނަގާ "އޭއި" ގެ ރާޅުގައި ބޯދާ އުސޫލުތައް ބަދަލުނުކެރެވޭ ކުންފުނިތަށް އަދިވެސް ދާނީ ބަނގްރޫޓުވަމުން.
އޮނަރަބްލް އަފީފު ދީދީ
04 June 2024
މިޒަމާނުގައި ތިބީ "ކަންނެތް ކުދިންކަމަށް ބުނެ" ތިމަންނާ މެންނަކީ "ކަތިވަޅި ހިފައިގެން ރަށް ކޮށާން ނިކުތް މީހުން" ކަމަށް ބުނާ ޕައިނީއަރުން ނަށް ކީއްވެގެންތޯ ދުނިޔޭގެ ފެންވަރުގެ ޓްރެވަލް އޭޖަންސީއެއް ނެހެދުނު އިރު އޭޝިޔާގައި ނަގާކިޔާލެވޭވަރުގެ ޓްއަރ އޮޕަރޭޓަރެއް ހަދާ ނުލެވުނީ!؟ އަމިއްލަ ޤައުމުގައި ބަޤުރޫޓް ނުވެ އެއަރލައިނެއް ދަމަހައްޓާ ނުލެވުނު އިރު މިތަނުގައި އޮތް "ދުނިޔޭގެ އެންމެބޮޑު ސީޕްލޭން" އަކީވެސް ބިދޭސިންގެ އެއްޗެއް!؟ ހުސް އަނގަ
ނަންރީތި ހުސޭނު
04 June 2024
ދުނިޔޭގެ ފެންވަރުގެ ޓުވަރއޮޕެޭޓަރ ކުންފުންޗެއް ހަދަން އެވަރުގެ ކެޕިޓަލެއް ރާއްޖޭގެ ކުންފުންޔަކައް ނުލިބޭނެ އަދި އެވަރުގެ ކަމަކައް ގެރެންޓީވެސް ނުދޭނެ. އެހެންވެ ނެހެދެނީ. ދުނިޔާެގެ އެންމެ ބޮޑު ސީޕޭލް ކުންފުނި އުފެއްދީ ދިވެހި ވިޔަވާރިވެރިން، ފައިދާ ޖެހުނީމަ ވިއްކާލީ އިތުރު ފަންޑް ހޯދައިގެން އެކުންފުނި ފުޅާކުރަން.
ނަންކުރާ.
04 June 2024
ހުސޭނު ތިއުޅެނީ އެހެން ދުނިޔެއެއްގައި. ރާއްޖޭގއައެއްނޫން. މައުލޫމާތު ހޮދާލުން ރަނގަޅު. އޭރުން ސީޕްލޭން އުފެދުނުގޮތާއި މިހާރު އޮތްގޮތް އެގިދާނެ.
ޗެކްމޭޓް
05 June 2024
އޮނަރޭ ޓުރަޒިމްގެ ފައިނިއަރުންނަށް ހާދަހާ ބޮޑު ހަސަދައެއް ލައިގެން އުޅޭކަން ފާހަގަވެއޭ. ކިތަންމެ ރުޅިއަޔަސް ޓުއަރިޒްމް އަލަށް ތައާރަފްވި ދުވަސްވަރު އެމީހުން އަތުންފައިން ވަރަށް ގިނަ ބުރަމަސައްކަތް ތަކެއް ނުކުރާކަމަކަށް ނުވާނެ. އޮނަރޭ ވިސްނާ ގޮތަށް އެމީހުން ނުޖެހޭ ޓްރެވެލް އޭޖެންސީއެއްވެސް ކޮންމެހެން ހަދާކަށްވެސް. ބޭކާރުއަނގަ ތަޅާ ފިތުނަ އުފެއްދުން ނޫން ކަމެއް އޮނަރޭއަށް ކުރެވޭތަ؟ އަތުންފައިން މަސައްކަތެއް ކުރަންތަ؟