ޚަބަރު

ދިވެހި ޖީޕީޓީއަށް އިތުރު ފީޗާތަކެއް: ސިޓީ، ޅެން އަދި ރައިވަރު ވެސް ހެދޭނެ

ޖަވާބުގެ އެމްޑީ ޖައިލަމް "މިހާރު"އާ ވާހަކަ ދައްކަވަނީ. ---ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ ކުންފުނި "ޖަވާބު" ގެ ދިވެހި ޖީޕީޓީއަށް މުހިންމު އަޕްޑޭޓެއް ތަޢާރަފުކޮށްފި އެވެ.

މިއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދިވެހިބަހުން ލިޔުމަށް އެހީތެރިވެދޭ އެޕްލިކޭޝަނެކެވެ.

ޖަވާބުގެ ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވީ ދިވެހި ޖީޕީޓީއަކީ ދިވެހި ބަސް ދިރުވައި އާލާކުރަން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ އޭއައިގެ ކުރިއެރުންތައް ރާއްޖޭގެ އާންމުންނާ ހަމައަށް ގެނެސްދިނުން. އަދި ޓެކްނޮލޮޖީގެ ދާއިރާގައި ދިވެހިބަސް ކުރިއެރުވުން. ދިވެހި ޖީޕީޓީގެ ސަބަބުން ދިވެހިބަހުގެ ޑިޖިޓަލް ވަސީލަތްތައް އިތުރުވެ، ދިވެހިބަހުގެ ބޭނުން އިތުރުވެގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން،" ޖައިލަމް ވިދާޅުވި އެވެ.

"މިއީ ހަމައެކަނި ލިޔުންތެރިކަމުގެ ވަސީލަތެއް ނޫން. މިއީ ދިވެހި ބަސް ދިރުވައި އާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް."

ދިވެހި ޗެޓް ޖީޕީޓީ.

ދިވެހި ޖީޕީޓީ ބޭނުންކުރަނީ އޯޕަން އޭއައިގެ ޖީޕީޓީ-4 އަދި އެންތްރޮޕިކްގެ ކްލައުޑް 3.5 ސޮނެޓް އޭއައި މޮޑެލްތަކެވެ. މިމޮޑެލްތަކުގެ އިތުރުން ޖަވާބުގެ އަމިއްލަ އޭއައި ޕްރޮންޓް އިންޖިނިއަރިންގެ އެހީގައި ދިވެހި ޖީޕީޓީން ސާފު ދިވެހި ބަހުން ތަފާތު ގިނަ ވައްތަރުގެ ލިޔުންތައް އުފެއްދެ އެވެ.

ދިވެހި ޗެޓް ޖީޕީޓީން އުފައްދައިދޭ ލިޔުންތަކުގެ ތެރޭގައި:

1. ސިޓީ

2. މަޒުމޫނު

3. އެއްބަސްވުން

4. ތަގުރީރު

5. ވާހަކަ

6. ޅެން

7. ރައިވަރު

އެ އެޕްލިކޭޝަންއިން ލިބޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި:

- ދިވެހިބަހުން ދިރާސާކުރުމާއި މައުލޫމާތު ހޯދުން

- ދިވެހި ލިޔުންތައް ހުލާސާކުރުން

- ދިވެހި ލިޔުންތަކުގެ އިބާރާތްކުރުން އިސްލާހުކުރުން

- ކޮންމެ ބަހަކުން ވެސް ދިވެހިބަހަށް ތަރުޖަމާކުރުން

ޖަވާބުގެ ދިވެހި ޗެޓް ޖީޕީއަށް އަލަށް ރަޖިސްޓްރީވާ މީހުންނަށް އެޕްލިކޭޝަން ޓެސްޓް ކޮށްލުމަށް ހިލޭ ފަސް ސުވާލު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އިތުރު ސުވާލުތައް ކުރުމަށް ޕެކޭޖްތައް ޖެހޭނީ ގަންނާށެވެ.

އެ ކުންފުނިން ބުނީ ކުރިއަށް އޮތް ތަނުގައި މިއެޕްލިކޭޝަން އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"އެގޮތުން އެޕްލިކޭޝަން މެދުވެރިކޮށް ލިޔުން އަޑަށް ބަދަލުކުރެވޭނެ ގޮތް އަދި އަޑުން ލިޔެވޭނެ ގޮތް ވަރަށް އަވަހަށް ތައާރަފް ކުރެވިގެންދާނެ. އަދި ދިވެހި ސްކޭންކުރި ލިޔުންތައް ޑިޖިޓަލައިޒްކުރެވޭނޭ ގޮތް ވެސް އެލިކޭޝަންއަށް އިތުރު ކުރުމަށް މަސައްކަތް ދަނީ ކުރަމުން،" އެ ކުންފުނިން ބުންޏެވެ. ޖަވާބު ކުންފުންޏަކީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ވަރަށް ގިނަ ޕްރޮޖެކްޓްސް ކާމިޔާބުކަމާ އެކު ފުރިހަމަކޮށް އަދި މިހާރު ވެސް ހިންގަމުން އަންނަ، ދިވެހި ޒުވާނުން ހިމެނޭ ކުންފުންޏެވެ.

14 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 6%
icon angry icon angry 12%
icon wow icon wow 35%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމާ01

02 July 2024

ކަމުދާ ޅެމެއް ނުހެދޭ ބަސްތަކެެއް ތަރުތީބްކޮށް ރާވާލާ އެކަމަކު ބަސް ނިކަމެތި. މީގެ ސަބަބުން ބޮޑެތި ގެއްލުންވާނު ލިޔުންތެރިކަމަށް. ސަބަބަކީ ދިވެހި ބަސްގެ ކޮރްޕަސް ވަރަށް ބަލިކަށި އަދި. މިކަން ރަގަޅުކުރެވޭނީ އެއަށް ފަހު

The name is already taken The name is available. Register?

އާޗާ

01 July 2024

ދެން ހުސް އުޅޭނީ މިގައުމު ނުދެކޭވަރުގެ މޮޅެތި ދިވެހި އަދީބުން. ތި ބޭނުންކޮށްގެން ލިއެލާފަ ހުންނަ އެއްޗެހި ކިޔާލާ ނިންމާލާތަނުން އެއާ ބެހޭ ގޮތުން ސުވާލެއްކޮށްލީމަ ޖަވާބު ދޭން ނޭނގިފަ ހުންނާނީ. ކިޔަވާކުދިންގެ ދިވެހި ފެންވަރު އިތުރަށް ދަށްވުމަށް އެޅޭ ބާރަކަށް ތިޔަވާނީ.

The name is already taken The name is available. Register?

އިން ކަމްސް ދަ ނިއު

01 July 2024

އާނ، އެބަ ރަނގަޅުވޭ. ހަރަދު ކުޑަވާނެ ތިޔަށް ސަބްސްކްރައިބް ކޮށްފަ، ބަހުރުވަ މިނިސްޓުރީއަށް ބޮޑު މުސާރަ ދީފަ ނެގި މީހުންތައް މަދުކޮށްލަނިކޮށްވެސް

The name is already taken The name is available. Register?

އެމްއެންޔޫ މީހެއް

01 July 2024

މިއީ ވަރަށް ހިތްހަމަ ޖެހުނު ކަމެއް؟ މިއި ކުޑަ މަސައްކަތެއް ނޫން. މިކަން ކުރި ބަޔަކު މިކަން މިކުރަނީ ދިވެހި ބަހަށް ލޯތްބެއް އޮވެގެން. ފަށް ފަށުން ޝުކުރިއްޔާ!

The name is already taken The name is available. Register?

ފޫހި

01 July 2024

ތީ ގަމަދީ ޅެމުން ފަރުވާހޯދާގޮތް އެ އެޑު ކޮއްލީ މަރަގަޅުވާނެ އަވަހައްގުޅާބަލަ ނަސީރަށް

The name is already taken The name is available. Register?

ކައްޕިޓާނު

01 July 2024

ވަދެލައިފައި އަޖުމަބަލައިލައިފިން.. ބަޜާބަރު، "ދިލްމާ ސައިފަތް" ގެ ޅެމެއް ލިޔެލަދިން، ދިވެހި ބަހަށް އިތުރުވާ އާ ހިއްވަރެއް.

The name is already taken The name is available. Register?

ދޯދި

01 July 2024

ސިޓީއާ ޅެމާ ފަރިއްސާ ނުހެދިގެންތަ މިއުޅެނީ؟؟ މިހާރުގެ ކުދިންނަކަށް ތިޔައިން ވާނެއެއްވެސް ފައިދާއެއްނޯންނާނެ. ސަރުކާރުގެ ހުރިހާ ލިޔެކިޔުންތަކެއް މިހުންނަނީ އިނގިރޭސިބަހުން. ސްކޫލުގައި ކިޔަވައިދެނީ އިނގިރޭސިބަހުން. ލައިބްރަރީން ކިޔާލަން ލިބެނީ އިނގިރޭސި ފޮތެއް. ދެން ކޮންހާ މޮޅެތިވާހަކަތަކެއް ދައްކާކަށް

The name is already taken The name is available. Register?

ކިހާ ދެރަކަމެއް

01 July 2024

އެހެން އެވަނީ މިގައުމުގައި އުފެއްދުންތެރި މީހުންނަށްވުރެ އަނެކުންކުރާ މަސައްކަތްތަކަށް ހަސަދަވެރިވެ ފާޑުކިޔާ މީހުން ގިނަވީމަ. ތިހާ ހަސަދަވެރިނުވެ ތިބާވެސް ދިވެހިބަސް ކުރިއެރުވުމަށް ގައިމު ކޮންމެވެސް ކަމެއް ކޮށްދީބަލަ. ތުއްތު ކުދިންނަށް ދިވެހި ބަސްފޮތެއް ކަހަލަ ކޮންމެވެސް އެއްޗެއް ތައްޔާރު ކޮށްދިނަސް އެންމެ ރަނގަޅު.

The name is already taken The name is available. Register?

އަހަންމާ434

01 July 2024

މިއީ ދިވެހިބަހުގެ ފެންވަރު ދަށްވުމަށް އެޅޭނެ ބާރެއް. ދިވެހި ބަހުން ރަނގަޅަށް ލިޔަން ކިޔަން ނުދަންނަ ގިޔަ ބަޔަކު އުޅޭއިރު، އޭ.އައި. ބޭނުންކޮށްގެން އެއްޗެތި ލިޔެވޭނެގޮތް ހެދުމަކީ ކުރިއެރުމެއްނޫން.

The name is already taken The name is available. Register?

ދިލްޝާން

01 July 2024

މިއީ ހަގީގަތުގަވެސް ވަރަށް ރަނގަޅު ވާހަކައެއް.

The name is already taken The name is available. Register?

މޮހޮޅޭ

02 July 2024

ދިވެހި ނޫސްތަކުގަ ކުށްތައް ގިނަވެ މޮޑެލް ޓރެއިންވަނީ ގޯސް ނުވަތަ ފެންވަރުދަށް ލިޔުންތަކުން. މީ ކުރިމަގުގަ އޮތް ވަރަށް ބޮޑު ނުރައްކަލެއް.

The name is already taken The name is available. Register?

ކަނަމަދު2

01 July 2024

މޮޑެލް ޓްރެއިން ކޮށްފަ ހުރީ ކޮން ޑޭޓާއެއް ބޭނުން ކޮށްގެން ކަން ބުނެދެވިދާނެތޯ؟ ނޫސް އާޓިކަލްސް ބޭނުން ކޮށްގެން ޓްރެއިން ކޮށްފަ ހުރިކަމަށް ފާހަގަ ވާތީ. ކުރިޔަށް އޮތް ތަނުގައި ބަދަލު ހޯދަން ނޫސް ތަކުން އައުމަކީވެސް އެކަށީގެން ވާކަމެއް.

The name is already taken The name is available. Register?

ސުޕާރީ

01 July 2024

މިސަރުކާރުގެ ވެރިންނަށް ފްރީކޮށް ތި ޚިދުމަތް ދިނުން އެދެން. ޕޯޑިއަމްއެއްކާރީހުރެ ގަނޑެއްނުވަތަ އެއްޗެއްހިފައިގެން އަދި ބަލައިގެންވެސް ވާހަކަ ނުދެއްކޭމީހުން ގިނައީ. މިބުނީ ރައީސްގެ ވާހަކައެއްވެސްނޫން. ލޮލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454