ފިޝަރީސް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މިހާރު
03 ޖުލައި 2024 - 11:37
ޑިގްރީ އާއި ޕީއެޗްޑީ ހިމެނޭހެން 17 ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ފިޝަރީޒް މިނިސްޓްރީގެ ސްކޮލަޝިޕަށް ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި އެ ސްކޮލަޝިޕްތަކަކީ ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވާލި ފުރުސަތުތަކެއް ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، ޕީއެޗްޑީގެ އެއް ފުރުސަތާއި މާސްޓާސް ޑިގްރީގެ ދެ ފުރުސަތުގެ އިތުރުން ބެޗްލާސް ޑިގްރީގެ ހަތް ފުރުސަތެވެ.
ޕީއެޗްޑީއަށް ކިޔަވަން ހުޅުވާލާފައި ވަނީ، އެގްރިކަލްޗާ ދާއިރާއިން އެކަންޏެވެ. މާސްޓާސްއަށް ކިޔަވަން ދެ ފުރުސަތު ހުޅުވާލާފައިވާއިރު ކިޔަވަން ފުރުސަތު ދީފައިވާ ދާއިރާތަކަކީ:
- ސަސްޓެއިނަބްލް ސްޓަޑީސް
- ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް މެނޭޖްމަންޓް
- ޕްލާންޓް ޕްރޮޓެކްޝަން
- އެންޓޮމޮލޮޖީ
- ޕްލާންޓް ޕެތޮލޮޖީ
- ސާވޭއިން އެންޑް މެޕިން ސައިންސް
- އެގްރިކަލްޗަރަލް ސައިންސް
- ވެޓެރިނަރީ
- ޒޫލޮޖީ
- އެނިމަލް ސައިންސް
ހޯޓިކަލްޗަރަލް ސައިންސް
- މޭޖާ އިން ޕްލާންޓް ހެލްތް
- އެގްރިކަލްޗާ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ)
- އެގްރިކަލްޗާ އިކޮނޮމިކްސް
- ނެޗުރަލް ރިސޯސް މެނޭޖްމަންޓް
- ބެޗްލާ އޮފް އިކޮނޮމިކްސް
ސްކޮލަޝިޕްތަކަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާ ނަމަ އެޕްލިކޭޝަން ބާތިލުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޝީ
04 July 2024
ތި ލިބޭނީ ޝިޔާމު ދޭން ބޭނުންވާ ބަޔަކަށް. ކަމަކަށް ވިއްޔާ މިހާރު ވެސް އޮންނާނީ ލިބޭނެ މީހުން ހަމަޖެހިފައި. ފޯމްލިޓީ ފުރިހަމަކުރަން ޢިއުލާންކޮށްލީ.
ބއެދސއ
03 July 2024
ތިކަމާ އުޅެން ޖެހޭނީ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީންނެއް ނޫންތަ
ދެރަވަރު
03 July 2024
ޕްލީޒް ޕޭ މަގޭގެ ދަރީގެ ސްޓައިޕެންޑް. ޑޮލަރު ފޮނުވޭނެ އިތުރު ގޮތެއްނެތް.