ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

ކޮމިޝަންތަކުގެ މެމްބަރުންގެ އަދަދު މަދުކޮށް، ބޭކާރު ކޮމިޝަންތައް އުވާލަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދަށްކަވަނީ.--

މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އަދަދު މަދުކޮށް, މުއައްސަސާތައް މަދު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭ ޕީއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލިބިދޭ ބާރުގެ ދަށުން ގިނަ މުއައްސަސާތަކެއް އުފައްދާފައިވާ އިރު، ކޮމިޝަންތަކަށް އާދަޔާ ހިލާފަށް ގިނަ އަދަދަކަށް މެމްބަރުން ހަމަޖައްސާފައިވާ ކަމަށެވެ.

ބައެއް ކޮމިޝަންތަކުގައި ފަސް މެމްބަރުން ނުވަތަ ހަތް މެމްބަރުން ތިބޭ ކަން ފާހަގަ ކުރައްވައި, ރައީސް ވިދާޅުވީ އެ އަދަދަށް ކޮމިޝަންތަކުގައި މެމްބަރުން ތިބެން ނުޖެހޭ ކަމަށެވެ.

"މިހާ ގިނަ އަދަދަކަށް ކޮމިޝަންތަކުގެ މެމްބަރުން ތިބެން ނުޖެހޭ، އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކީގައި ރައްޔިތުންނަށް ހިދުމަތް ކުރަން އެހާ ބޮޑު ޓީމެއް އޮންނާކަށް ނުޖެހޭ. އެހެންވީމާ މިއިން ކޮންމެ ކޮމިޝަނެއް، ކޮންމެ ގޮނޑިއެއްގައި މެމްބަރުން ތިބެން ޖެހޭ އަދަދު ގާނޫނުގައި ކަނޑައަޅައި، މަދުކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެއް މަސައްކަތެއް ކުރާ ގިނަ ކޮމިޝަން ރާއްޖޭގައި އުފައްދާފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ކޮމިޝަންތައް އެއްކޮށް ބައެއް ކޮމިޝަންތައް އުވާލުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަ ކުރުމަކީ މިހާރު ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

36 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 57%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުވާލާ

08 July 2024

އަދިހުރޭ ކޮންމެވެސް އޮމްބޮޑަސްޕާސަންއޮފީސްތަކެއްވެސް. މިނިސްޓްރީތަކުން ކުރާމަސައްކަތް ތަކުރާރުކޮށް އެހެން ނަންނަމުގައި ކުރުމަކީ ގައުމަށްޖެހިފައިއޮތް އެއްމެބޮޑުދަރަނި.

The name is already taken The name is available. Register?

ދުނިޔެ

08 July 2024

މަރުހަބާ ރައީސް؛ 1. ޖޭއެސްސީގެ ކޮމްޕޮޒިޝަން ސިޔާސީ މީހުން ނުތިބޭނެހެން ބަދަލުކޮށް 5 މެންބަރުންނަށް މަދުކުރުން 2. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި، ބްރޯޑްކޮމާއި، މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލައި ހިއުމަން ރައިޓްސް ކޮމިޝަނާ އެ މަސައްކަތް ހަވާލުކުރުން (އެތަންތަނުން ބަލަނީ ހުސް އަސާސީ ހައްގުތަކާ ގުޅޭ ކަންކަން) 3. އެންއައިސީ އުވާލައި އެތަނުން ކުރާ މަސައްކަތް އޭސީސީއާ ހަވާލުކުރުން

The name is already taken The name is available. Register?

އަފްރާސިޔާބު

08 July 2024

ވަރަށް ރަނގަޅު ވާހަކަ ފުޅެއް. ބައެއް ކޮމިޝަން އެބަޖެހޭ އުވާލަން. ޢޭގެ ތަންތަނެއް ޖުޑީޝަލް ސާވިސް ކޮމިޝަނައި އެންޓިކޮރަޕްޝަން ކޮމިޝަނާއި ޕޮލިސްއިންޓެގްރިޓީ ކޮމިޝަނާއި މީޑިއާ ކައުންސިލާއި ހިއުމަންރައިޓްސް ކޮމިޝަނަކީވެސް.

The name is already taken The name is available. Register?

ހުސެންކަލޯ

08 July 2024

110% ތާއީދް!!

The name is already taken The name is available. Register?

ހުސެއިން ޝާމް

08 July 2024

މަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން . ދެން މަނިކުފާނު އަޅުގަނޑު އެދެނީ މުސްކުޅިންގެ އެލެވެންސް 16000 ރުފިޔާއަށް ބަދަލުކޮށްދޭން .އެމް.އެމް.އޭގެ ފައިސާނެތިއްޔާ އިޒްރޭލުގެ ބޮޑު ވަޒީރު ކައިރިއަށް ގޮސް އެމެރިކާއަށް ޕްރެޝަރ ކޮށްގެން ވޯލްޑްބޭންކުން ޑޮލަރު ރާއްޖެއެތެރެ ކުރީމަ ނިމުނީ..އެދާ ދިޔުމުގަ އަގުސާގަ ނަމާދުކޮށްގެން ނަތަންޔާހޫ އާއި ބައަދަލް ކޮށްފަ އައިމަ ނިމުނީ.ދިވެހި ގެސްޓުންގެ ގޮތުގަ ދާންވީ.

The name is already taken The name is available. Register?

ސިޔާދު މުހައްމަދު

08 July 2024

އިބޫ ކުރި ބޭކާރު ހަރަދު ހުއްޓުވައި އެ ފައިސާ ރައްޔިތުންގެ ހައްގުގައި ރައީސް މުއިއްޒް ހަރަދުކުރަން މި ނިންމަނީ. ތަފާތަކީ މިއީ

The name is already taken The name is available. Register?

އަފީފް މުހައްމަދު

08 July 2024

ބަރާބަރު ނިންމުމެއް. ހަރަދު ކުޑަކޮށް މިގައުމު އިސްލާހް ކުރެވޭނީ މިހެން. ބޭކާރު ހަރަދު މަދުކޮށްގެން

The name is already taken The name is available. Register?

ކުޑަމޫސަބޭ

08 July 2024

ޙަމަ ތެދެއް.މިބުނަނީ. މަހީކުރަނީ ކޮމިޝަނަކީ ވަރަށް ބައިވަރު މީހުން އެއްކޮށްގެން މޮޑެފައި އޮންނަ ބޮޑުގުޅައެއްކަމަށް. ބޮޑު ނަމެއް ސިފަކޮށްގެން މަށަށް މި ހުރެވެނީ ހަމަ ގަމާރުކަމުންކަން މިހާރު މިއެނގުނީ. ހަމަ ސީދާ ބޮޑުގުޅަ ތިޔައީ.

The name is already taken The name is available. Register?

ސަނައްޓޭ

08 July 2024

އެންމެ ފުރަތަމަ އުވާލާނީ ޖޭއެސް ސީ ކަމަށް އުއްމީދުކުރަން

The name is already taken The name is available. Register?

ކަތްދައްތަ

08 July 2024

ޖޭއެސްއަކީ ޤާނޫނު އަސާސީހެދިއިރު ވަރަށް ކުޑަތަނެއް. މިހާރު ފިޔަފުވައި ބޮޑުކޮށްގެން އުޅެނީ ޖުޑީޝަރީއަށް އަތްގަންބަން. މުއިއްޒުވެސް ތިޔަ ކޮމިޝަނަކާ ނުބެހޭޅެ.

The name is already taken The name is available. Register?

ނޭހާ

08 July 2024

ތިކަހަލަ ފިޔަވަޅެއް އަޅަން ކެރޭނީ ވަރަށް ހިތްވަރުގަދަ ހަރުދަނީ ވެރިއަކަށް. ގައުމުގެ ހާލަތަށް ވަރަށް މުހިންމު ފިޔަވަޅެއް އަޅުއްވަން ތިނިންމެވީ. ދެން ކޮށްދެއްވަންވީ ކަމަކީ ގާބިލް ފަރާތްތަކަށް އަމިއްލަ މަސައްކަތް ކުރެވޭނެ ގޮތްތައް ތަނަވަސް ކޮށްދެއްވުން. އެކަން މިވަގުތު ނުކުރެއްވިނަމަވެސް މިއީ 2025 ގެ ފަހު ކޮޅު ފަށަން ރަނގަޅު ކަމަކަށް ވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454