ކުޅިވަރު

މިފަހަރުވެސް ޓީޓީގެ ރައީސަކަށް އައްޔަ، ނައިބު ރައީސަކަށް ޝިއުރީ

ޓީޓީއޭއެމްގެ ރައީސްކަމަށް އަނެއްކާ ވެސް އިންތިހާބު ކުރި އަލީ ރަޝީދު (ވ) އާއި ނައިބު ރައީސް ކަމަށް އިންތިހާބު ކުރި ޝިއުރީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީޓީ އެސޯސިއޭޝަންގެ ރައީސްކަމަށް، ތިންވަނަ ދައުރަކަށް އަލީ ރަޝީދު އިންތިހާބުކޮށްފި އެވެ.

އެގްޒެކެޓިވް ކޮމިޓީގެ ކޮންމެ މަގާމަކަށް ވެސް އެއްބޭފުޅަކު ކުރިމަތިލާފައިވުމުން، ކުރިއަށްގެންދިޔައީ ފެންނަ ނުފެންނަށް ސިއްރު ވޯޓެކެވެ. މިއަދު ހަވީރު ތިނަކުން ހައެއް ޖެހުމާ ހަމައަށް މާލޭގެ ޓިޓީ ހޯލްގައި ވޯޓްލުން ކުރިއަށް ގެންދިޔަ އެވެ.

ޓީޓީއޭއެމްގެ ނައިބުރައީސްކަން ވެސް ކުރިން ކުރެއްވި އަލީ، އެ އެސޯސިއޭޝަނުގެ ރައީސް އެންމެ ފުރަތަމަ އިންތިހާބު ކުރީ 2016 ގަ އެވެ. އޭނާގެ ލީޑާޝިޕްގައި މިދިޔަ އަށް އަހަރު ޓީޓީން ވަނީ ރާއްޖޭގެ ކުޅިވަރުގައި ހާއްސަ މަގާމެއް ހޯދާފަ އެވެ.

އެ ކުޅިވަރުން ގިނަ މެޑަލްތަކެއް ރާއްޖެ އަށް ގެނެސް ދިނެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ދޭ އަހަރުގެ އެންމެ ރަނގަޅު އެސޯސިއޭޝަންގެ މަގާމު ވެސް އެންމެ ފުރަތަމަ ހޯދީ ޓީޓީއެމުންނެވެ.

ޓީޓީއޭއެމްގެ ރައީސްކަމަށް އިންތިހާބު ކުރި އަލީ ރަޝީދު މިއަދު ބޭއްވި އިންތިހާބުގައި ވޯޓް ދެނީ: އެ އެސޯސިއޭޝަނުގެ ރައީސްކަމަށް އޭނާ މި އިންތިހާބު ކުރީ ތިންވަނަ ދައުރަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަލީ ކުރިން ވިދާޅުވީ އޭނާގެ ތިންވަނަ ދައުރުގައި އިސްކަން ދޭނީ ޓީޓީގެ ކާމިޔާބު ދެމެހެއްޓުމަށް ކަމަށެވެ. އަދި އަތޮޅުތަކުގައި ޓީޓީގެ އިތުރު ސެންޓަރުތައް ގާއިމު ކުރުމަށް މި ދައުރުގައި މަސައްކަތް ކުރައްވާނެ ކަމަށް، ކުރިއަށް އޮތް އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ޗެފް ޑެ މިޝަނަރުގެ މަގާމު ވެސް އަދާކުރައްވާ އަލީ ވިދާޅުވި އެވެ.

އެސޯސިއެޝަންގެ ނައިބުރައީސް ކަމަށް އިންތިހާބު ކުރީ މިހާރު ހިނގަމުންދާ ދައުރުގައި ވެސް ނައިބުރައީސް އިބްރާހިމް ޝިއުރީ އެވެ. ނައިބުރައީސްގެ މަގާމުގައި ހުންނަވައިގެން ޝިއުރީ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވާ ޝިއުރީ އަށް ސަރުކާރުން ހަވާލުކޮށްފައިވާ އެ ޒިންމާއާ އެކު ކުރިއަށް އޮތް ދައުރުގައި ޓީޓީގެ މަސައްކަތްތަކުގައި އޭނާގެ ދައުރު ކުޑަވާނެ ކަމަށް ބެލެވެ އެވެ.

އެސޯސިއޭޝަންގެ ހަޒާންދާރުކަމަށް މިފަހަރު ވެސް އިންތިހާބު ކުރީ އަހްމަދު ޝާޒިލެވެ.

ކުރީގެ ކުޅުންތެރިޔާ އާއިޝަތު ފަދުވާ ރަޝީދު ވެސް ވަނީ އެކްސްކޯގެ މެންބަރުކަމަށް އިންތިހާބު ކޮށްފަ އެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން ކުޅުންތެރިޔާ މޫސާ މުންސިފް އަހްމަދުގެ އަންހެނުން ފަދުވާ އެކްސްކޯގައި އަދާކުރާނީ އެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންގެ ތެރެއިން އަންހެން މެންބަރުން ތަމްސީލުކުރާ މަންދޫބުގެ މަގާމެވެ.

ޓީޓީގެ ތަރި ފާތިމަތު ދީމާ އަލީގެ މަންމަ ފާތިމަތު ވަހީދާ މިއަދުގެ ބޭއްވި ޓީޓީއޭއެމްގެ އިންތިހާބުގައި ވޯޓް ދެނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީޓީގެ ތަޖުރިބާކާރު ޓެކްނިކަލް އޮފިޝަލް އައްޒާމް އިބްރާހިމް ވެސް ވަނީ އެސޯސިއޭޝަންގެ ފިރިހެން މެންބަރުން ތަމްސީލުކުރާ މަންދޫބުގެ ގޮތުގައި އެކްސްކޯ އަށް އިންތިހާބުކޮށްފަ އެވެ.

ކްލަބްތަކުގެ ފަރާތުން އެކްސްކޯގައި ތަމްސީލު ކުރާ މަންދޫބަކީ ޖާދުއްﷲ ހަސަނެވެ. އެސޯސިއޭޝަންގެ އެސޯސިއޭޓް މެންބަރުން ތަމްސީލުރާ މަންދޫބުގެ ގޮތުގައި އެކްސްކޯ އަށް އިންތިހާބު ކުރީ އިސްމާއީލް ސުޖާއު އެވެ.

ޓީޓީގެ އިންތިހާބު މީގެ ކުރިން ބޭއްވީ 2020 ގަ އެވެ. އޭރު އިންތިހާބާ ގުޅޭ މައްސަލަތަކެއް ފާހަގަ ކުރުމަށް ފަހު ކުރީގެ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. އަލިބެ އެދުނީ އެ މައްސަލަތަކަށް ވަކި ގޮތެއް ނިމެންދެން އިންތިހާބު މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އެކަމަކު ކޯޓުން ނިންމީ އިންތިހާބު މަޑުޖައްސާލަން އަންގަން ޖެހޭ މަގްބޫލު ސަބަބެއް ނެތް ކަމަށެވެ.

އިންތިހާބީ މައްސަލަ ކޯޓަށް ހުށަހެޅުމުން، ދުނިޔޭގެ ޓީޓީ ފެޑެރޭޝަން އައިޓީޓީއެފުން ރާއްޖެ އަށް އިންޒާރު ވެސް ދިނެވެ. އައިޓީޓީއެފުން އެންގީ ކަނަޑައެޅިފައިވާ ތާރީހްގައި އިންތިހާބު ނުބާއްވައިފިނަމަ ޓީޓީގެ ހަރަކާތްތަކުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށެވެ.

އެފަހަރުގެ އިންތިހާބުގައި ރައީސް ކަމަށް އައްޔައާ ވާދަ ކުރީ ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ތޯހާ ސަލީމެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުލްތާން އިބްރާހިމް އިސްކަންދަރު

12 July 2024

އައްޔައަކީ ޓީޓީއަށް ގިނަގުނަ ޚިދުމަތްކޮށްދީފައިވާ ފަރާތެއް. އަދި ޝިއުރީއަކީ އެތުލީޓުން އުފެއްދުމުގައާއި ގިނަކޯޗިންގް ޕްރޮގްރާމްތަކެއް ހިންގާފައިވާ ފަރާތެއް. ޝިއުރީގެ އެންމެ ބޮޑު ކާމިޔާބަކީ ދީމާގެ ކޯޗުކަންކޮށްދީ ދީމާއަށް ގިނަގުނަ ވަނަތަކެއް ހޯދަން މަސައްކަތްކުރުން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 July 2024

ނަމުގެ ކުރިއަށް ޤައުމީ، ނެޝަނަލް، މޯލްޑިވްސް ނުވަތަ ދިވެހިރާއްޖެ ފަދަ ނަންނަން ލައިގެން އުޅޭ އެސޯސިއޭޝަން ތަކުގެ ތެރެއިން Athletics Association of Maldives ފިޔަވާ އެހެން އެއްވެސް އެސޯސިއޭޝަން އަކުން ކ.މާލެ ނޫން ރަށެއްގައި މުބާރާތް ނުބާއްވާ. # ޗައިނާ ސަފީރު ވަނީ އައްޑޫގައި ޓީޓީ ކުރިއަރުވަން އެހީތެރިވެދޭނެކަމަށް ބުނެފަ. އައްޔަ ކޮންއިރަކުންތޯ އައްޑޫގައި ޓީޓީކުޅެ ޤައުމީމުބާރާތް ބޭއްވޭވަރުގެ ހޯލެއް ތައްޔާރުކުރާނީ!؟ މިއީ ޗައިނާއަށް އެއްވެސް ކަމެއްނޫން.

The name is already taken The name is available. Register?

ޖިމޯ

10 July 2024

މި ޓީމު ގަދަ. އޮތީ ނަތީޖާ ނެރެދީފަ. މަރުހަބާ އައްޔަ އަދި ޝިއުރީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454