މިރޭ ޕީއެންސީ ޖްގަހާގައި ކުރިއަށްގެންދިޔަ ޖަލްސާގައި ފައިސަލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
11 ޖުލައި 2024 - 23:12
ރާއްޖޭގެ އިގްތިސާދީ ކަންކަން އެނގިވަޑައިގަންނަވާނީ ވަކި ލީޑަރަކަށް ނޫން ކަމަށް ވިދާޅުވެ ކުރީގެ އަބްދުﷲ ޔާމީން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިރޭ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ޕީއެންސީ ޖަގަހާގައި ކުރިއަށްދާ ޖަލްސާގައި ފައިސަލް ވިދާޅުވީ ވައުދު ފުއްދި އަދި ރާއްޖޭގެ އިގްތިސާދު އެނގިވަޑައިގަންނަވަނީ ވަކި ސިޔާސީ ލީޑަރަކަށް ކަމަށް ހީވުމަކީ ކުށްހީއެއް ކަމަށެވެ.
"ރާއްޖޭގައި މިހާރު ވަރަށް ހޭލުންތެރި ޒުވާނުން ވަރަށް އިނޮވޭޓިވް ވިސްނުންތައް ހުރި ޒުވާނުން އެބަ ތިއްބެވި. އެހެން ހުއްޓައި ނުކުމެ ފިނި ކޮޓަރިއެއްގައި އިންނަވައިގެން، ތިމާ ނޫން މީހަކަށް ރާއްޖޭގެ އިގްތިސާދު ނޭނގޭނެ ކަމަށް ދައުވާކުރުމަކީ މިއަދު ބޭފުޅުން މަލާމާތްކޮށް ޖޯކު ޖަހާނެ ކަމެއް،" ޔާމީނަށް އަމާޒުކުރައްވައި ފައިސަލް ވިދާޅުވި އެވެ.
މި ސަރުކާރަށް ހަތް ވެފައި ވާއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ގައުމުގެ ވެރިންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި މި ގައުމު ބަނގުރޫޓު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަތްމަސް ވާއިރު ދެން ދުނިޔޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަން ތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން ނިކުމެ މިއަދު އެ ވިދާޅުވާ މޮޅު އިކޮނޮމިސްޓު މި ވިދާޅުވަނީ މި ގައުމު ބަނގުރޫޓުވަނީއޭ. ނޫން މި ގައުމު ބަނގުރޫޓެއް ވެސް ނުވާނެ،" ފައިސަލް ވިދާޅުވި އެވެ.
ޕީއެންސީ ޖަގަހަ ޖަލަސާގައި ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ސަރުކާރުގެ ބައެއް ވެރިން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މި ސަރުކާރު ވެރިކަމަށް އައީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ޔާމީން ޖަލަށް ލާފައި ވަނިކޮށް ޔާމީންގެ ފޮޓޯ ދައްކައިގެން ކަމަށް ބުނާ ވާހަކަތަކަށް ވެސް ފައިސަލް ރައްދު ދެއްވި އެވެ. ފައިސަލް ވިދާޅުވި ގޮތުގައި އޭރު ދެއްކީ އެ ބުނާ ހުސްގޮނޑި ކަމަށްވާ ނަމަ ޔާމީން ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޮޓޯ ދައްކައިގެން ކަމަށެވެ.
އެކަމަކު ވެރިކަން ލިބިވަޑައިގަތުމުން މައުމޫން ގެންގޮސްލީ ޖަލަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ރައީސް މައުމޫނުގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިގެން އެ ބޭފުޅާގެ ތުއްތޮންބެ ގެންގޮސް ބޭންދީ ހަތް މަސްދުވަސް ވަންދެން ޖަލުގައި. ރާއްޖޭގައި މިއަދު ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކާނަލް ނާޒިމް ކަމުގައި ވިޔަސް ރައީސް މައުމޫނު ކަމުގައި ވިޔަސް، ފާރިސް މައުމޫނު ކަމުގައި ވިޔަސް، މި އެންމެ ބޭފުޅުން ޖަލަށް ލައިގެން،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމުގައި ބިރުވެރި ހާލަތެއް އުފައްދައިގެން ޔާމީން ރާއްޖޭގެ ވެރިކަން 2018 ގައި ހޯދަން އުޅުއްވުމުގެ ނަތީޖާއަކަށްވީ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެ ރާއްޖޭގެ ސިޔާސީ މައިދާނުން ޔާމީން ދުރުކުރުން ކަމަށެވެ.
ޕީއެންސީ ޖަގަހަ ޖަލަސާގައި އާންމުންގެ ބަޔަކު ހުއްޓިލައިގެން-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ފައިސަލް ވިދާޅުވީ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް 2014 ވަނަ އަހަރު ޕާޓީއަށް މީހުން ހަމަނުވެގެން ފޯމު ފުރަން ނުކުތީ މިހާރު ޕީއެންސީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އޭނާ ވިދާޅުވީ އެހެންވެ، ޔާމީނަށް ދެއްކޭނެ އިތުރު ވާހަކައެއް ނޯންނާނެ ކަމަށެވެ.
ފައިސަލް ވިދާޅުވި ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ސިޔާސީ ގޮތުންނާއި އިލްމީ ގޮތުން ވެސް މުއިއްޒަކީ މޮޅު ބޭފުޅަކަށްވާތީ އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވެވަޑައިގަތް ކޮންމެ ވައުދުފުޅަކީ ވަރަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކު ރައްޔިތުންނަށް ފުއްދަވައިދެއްވާނެ ވައުދެއް ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާޖދ
13 July 2024
މީ ހަމަ އޭނަގެ ބައްޕަގެ އަނގަ, މުަޑުދާރު ވަރަށް
އިސްމާލު2.0
13 July 2024
ރަނގަޅަށް އިނގިރޭސި ބަހުން އެކަންޏެއްނޫން މި ބޭފުޅާ އަށް ވާހަކަ ދައްކަން ނޭނގެނީ، ހަމައަށް ދިވެހިބަހުން ވެސް ވާހަކަ ދައްކާކަށް ނޭނގޭ. ގުދޯ ގުދޯ! އަބްދުއްރަހީމްބެ ގެ ދަރިއަކަށް ނުވިނަމައީ ތިޔައީ އެއްވެސް މީހަކަށް ވާނޭ މީހެއްނޫން. ހެހެ.
ކެރެދި ބެއްޔާ
13 July 2024
ތިބޭޅާ އަގަ ފުޅާ ކުރައްވާ އެހެން މީހުނަށް އެއްޗެހި ގޮވާއިރު ފުރަތަމަ ތިވަޒީފާއި ގައި ހުރެ ފަރަންޖީ ބަހުން ވާހަކަ ދައްކަން ދަސްކުރަން ސްކޫލްކަށް ސުރުވޭ. ލަދުފުުޅު ގެ ކަންފުޅެއްވެސް ނެތް ދެއްތޯ؟
ބުރަތޭރީ
13 July 2024
ފެންވަރެއްނެތަސް ވަޒީރުކަމުގާ އަގަތެޅިދާނެ. ބައްޕަގެ ނުފޫޒުން ލިބުނު ތިޔަމަގާމަކީ ފައިސަލްއަށް އެކަށޭނަ މަގާމެއްކަމަކަށް ގިނަ ރައްޔިތުން ގަބޫލެއްނުކުރޭ.
ރޭނީސް
13 July 2024
މި ޤައުމާއި ރާއްޖޭން ބޭރުގެ ވެސް އެންމެ ގިނަ ބަޔަކު ތި މިނިސްޓަރު އިނގިރޭސިން ވާހަކަދައްކާ ވީޑިއޯތައް ބަލާފައި ކުރާ މަލާމާތާއި، ޖަހާ ޖޯކުގެ މަތިން އެންމެ ފަހަރަކު ނަމަވެސް ވިސްނައިލާ. އެހެން މީހުންނަށް މީހުން ޖޯކުޖަހާ ވާހަކަ ދައްކަން މުނާސިބު މީހެއް ނޫން ތީކީ.
ރޯނުއެދުރު ފައިސަލް
12 July 2024
ދުނިޔޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރުމަކީ ޔާމީން ބުނެގެން ކުރި ކަމެއްތަ. ކަމެއް ފާޅުގަ ފެންނަން އޮއްވާ އެކަން އެހެން އޮތް ވާހަކަ ބުނި މީހާއާ ޖައްސާލިއަސް ހަގީގަތް ބަދަލެއްނުވާނެ.
ގުޑުގުޑާ
12 July 2024
ޔާމީން އެއްޗެކޭ ބުނެލާއިރަށް ތިހާ ވަރަށް ގުޑުގުޑު އަޅަނީ ކީއްވެތަ؟ ޔާމީނަށް ރައްދުނުދީ ތިބެ ވެރިކަންކޮށްލައިގެން ދައްކާލަބަލަ ބަނގުރޫޓުކޮށްނުލާ ވެރިކަން ކުރެވޭނެކަން. ޔާމީން ބުނާ އެއްޗަކަށް ރައްދުދޭނީ ޔާމީން ބުނާ އެއްޗަކުން އަސަރުކުރާނަމަ. މާބޮޑަށް އަސަރުކުރާތަން މިހާރު ރީތިކޮށް ފެންނަނީ.
އޮނަރަބްލް އަފީފު ދީދީ
12 July 2024
އައްޑޫ އެއަރޕޯޓް ޓްރާންސިޓް ހޮޓާ ތަރައްޤީ ކުރާނީ ސީދާ ދައުލަތުން ސޮވަރިންގ ގެރަންޓީދީގެން ބޭރުގެ ކޮންސްޓްރަކްޝަން ކުންފުންޏަކުން ކަމަށްވާތީ، އިންވެސްޓްމަންޓްގެއަގު އެއްފަހަރާ ދައްކާފަރާތަކަށް 50 އަހަރަށް ހޮޓާ ވިއްކިކަމުގައިވިޔަސް ނުވަތަ ސަރުކާރާއިއެކުހަދާ މެނޭޖްމަންޓް އެއްބަސްވުމެއްގެދަށުން 30 އަހަރަށް ހިންގާން ދިންކަމަށްވިޔަސް މިދެންނެވި މުއްދަތުހަމަވުމުން ހޮޓަލުގެ މިލްކްވެރިކަން ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނި MTDC އާއި ޙަވާލު ކުރެވިދާނެ.
ގުރައިދޫ
14 July 2024
މާބޮޑަށް ގޯސްނުވަނީސް އަވަހަށް މިކޮޅަށް ވަޑައިގަތުމަށް ދަންނަވަން.
ސަލީމު އިދުރީސް
12 July 2024
އިގުތިސޯދޭ ކިއާއިރު ޓުއަރި ޒަމުނޫންގޮތަކައް ފައިސާ ހޯދަން މިސަރުކާރުން އައްޑޫގަ3ހާސްއަކަފޫގެ ފަހާފެޓުރިޢާކާ ބާޒާރުގަ ޓަކައް 50ޑޮލަރު ނުބޭ މޫދުލޮނު އުފައްދަން ވާހަކަ ދައްކަނީ އިގުތިސޯދު އެގޭބަޔެއްނަމަ އެގޭނެ މިއަކީ ކުރެވޭނެ ކަންތައް ނޫންކަން!ވަސީލަތެއް ނެތަސް ދުނިއޭގެ އެއްމެއް އުފެއްތެރި ގައުމައް ވެޥިދާނެކައް މިއާދާހަޔައް ޖަރުމަނުން ވަނީދައްކާފަ އެއްމިހުންގެ އުފެއްދުމެއް ބޭނުންނުކޮއް ދުނިއޭގެ ބޮޑު ފުރެޖެއްޓެއް ނިއްމާލުމަކީ އަދިވެސް ނާދިރުކަމެއް!
12 July 2024
ޔާމީނުގެ އިގްތިސާދީ ވިސްނުމަކީ ރިސޯޓު އެކައުންޓެންޓެއްގެ ވިސްނުން. ކޮސްޓްކޮންޓޮރޯލް ނޫން އިތުރު ވާހަކައެއް ނީވޭނެ. ސަޕްލަޔަރުން އަތުން ކަޓުލިބޭ ކަންކަން އޯކޭވާނެ.. ފައިނޭސް ނުވަތަ އިކޮނޮމިސްޓެއްއްގެ ދުރު ވިސްނުނުމެއް މިހާތަނަކައް ނުފެނޭ.
ކިލޯމީ
12 July 2024
ފައިނާސް އަކީ ފައިސާ މެނޭޖް ކުރުން. އެއީ ތިބުނާ ކަޑަ އެކައުޓަންޓުން ކުރާކަމަކީ. އެކޮނޮމިސްޓުންނަކީ ޖާދޫހަދާ މާ ކުރިއޭޓިވް ބަޔެއްނޫން. އެމީހުންނަކީ މަދު ރިސޯސްތަ އެންމެ ފައިދާހުރި ގޮތަކަ ބޭނުންކުރެވޭނީ ކިހިނެއްތޯ ބެލެން. ސައިސްދޯ ކިޔެވީ.