23 ޖުލައި 2024 - 15:30
ޔޫރޯގެ އޮޕިޝަލް ގޭމިން ޕްލެޓްފޯމުގައި ވެލިގާއިން ކުރިއަށް ގެންދިޔަ ސްކޯ ޕްރިޑިކްޓާ ޗެލެންޖުގެ ނަސީބުވެރިން ހޮވައި އިނާމު ދީފި އެވެ.
ފުޓްބޯޅައަށް ޝައުގުވެރިވާ ގިނަ އަދަދެއްގެ މީހުން ބައިވެރިވި މި މުބާރާތަށް ވެލިގާއިން އަގުހުރި އިނާމުތަކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި ހިމެނޭ، ސްޓޯން ހޮޓެލްސް ދިއްފުށީގައި ތިން ރޭ ހޭދަކުރުމުގެ ދަތުރު ކާމިޔާބުކުރީ 478 ޕޮއިންޓު ލިބުނު ނަޝީދެވެ.
މި މުބާރާތަށް ވެލިގާއިން ހުށަހެޅި 2،500ރ. ގެ ގިފްޓު ވައުޗަރު 5 މީހުން ކާމިޔާބުކުރި އެވެ. އެ ނަސީބުވެރިންނަކީ:
- 450 ޕޮއިންޓު ހޯދި ޝައިމް ޓީމުގެ ޝަހީމް
- 448 ޕޮއިންޓު ހޯދި ޝުރަފް ޓީމުގެ ޝުރުފާ
- 436 ޕޮއިންޓު ހޯދި ބަންޖޯ ޓީމުގެ މުހައްމަދު އަލީ ދީދީ
- 424 ޕޮއިންޓު ހޯދި ނައްފާޒު ޓީމުގެ އަހުމަދު ނައްފާޒު
- 422 ޕޮއިންޓު ހޯދި ސޮބާ ޓީމުގެ ސޮބާ
މި ފަސް މީހުންނަށް ވެލިގާއިން ދިން ވައުޗަރުން ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ ފިހާރަތަކުން ވިޔަފާރިކުރެވޭނެ އެވެ.
ވެލިގާއަކީ ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ފުޓުބޯޅަ އެކި މުބާރާތްތަކާއި ފޯރިގަދަ އެހެން ޗެލެންޖުތައް ކުރިއަށް ގެންދާ ކުންފުންޏެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy