ޚަބަރު / ޔޫސުފް މާނިއު މުހަންމަދު (ކަސްޓަމްސް)

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން މާނިއު އިސްތިއުފާ ދެއްވައިފި

ކަސްޓަމްސްގެ ރަސްމިއްޔާތެއްގައި މާނިއު ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރެއްވުމުން މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި. -- ފޮޓޯ | މިހާރު

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓްމްސްގެ މަގާމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރި ޔޫސުފް މާނިއު މުހައްމަދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން މާނިއު ވަކިކޮށް ހޯމް މިނިސްޓްރީ އަށް ބަދަލު ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެނގިފައިވާ ގޮތުގައި އެ މިނިސްޓްރީ އަށް އޭނާ ބަދަލު ކުރި ނަމަވެސް ވަޒީފާ އަކަށް ނުނިކުންނަވަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން "މިހާރު" އަށް ކަށަވަރު ކޮށްދެއްވި ގޮތުގައި މާނިއު އިސްތިއުފާ ދެއްވިކަން އެ މިނިސްޓްރީއަށް މިއަދު ވަނީ އަންގަވައިފަ އެވެ.

އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ. މާނިއު ފޯނަށް ޖަވާބު ނުދެއްވާތީ، އެކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް ނުލިބެ އެވެ.

މާނިއުގެ ބަދަލުގައި ކަސްޓަމްސްގެ ވެރިއަކަށް އައްޔަން ކޮށްފައި ވަނީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ފާތިމަތު ދިޔާނާ އެވެ.

މާނިއުއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.

29 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 10%
icon angry icon angry 5%
icon wow icon wow 10%
icon inlove icon inlove 24%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހ. ހުސައިން

25 July 2024

ބާރުގަދަ މީހުން ސިއްރުން ގެންނަ މުދާ ހިފަހައްޓަންޏާ ގޭގަ މަޑުކޮށްލުން ނޫން ގޮތެއް މިގައުމުގަ ނޯންނާނެ. ގިނަމީހުން އުޅޭނީ ދުނިޔެއާހެދި، އެހެންވީމާ ނުވެނުދާނެ ގޮތް ވެގެންމިދަނީ. ކަންކަން ބޮއްސުންލައިގެން ދަނީ ތަންފީޒީ އިދާރާތަކުގައި އިންތިހާއަށް ކޮރޮޕްޝަން އޮންނާތީ. ވެދުމާއި ސަލާމް

The name is already taken The name is available. Register?

ކުރުނބާ

25 July 2024

ރަނގަޅު ރައީސުލްޖުމްހޫރިއްޔާ ވަޒީފާއިން ކަނޑާލާނެތީ ބިރުން އެމެންޓަލް ކޮންޑިޝަންގަ 5 އަހަރު އުޅުމަށްވުރެ އަމިއްލައަށް އުޅެލިއްޔާ މާއީޒީ އަދި ނިދާލަންވެސް މާފަސޭހަވާނެ

The name is already taken The name is available. Register?

މިޑްސް

25 July 2024

ރީތި ލަގާއެއް ދީފި ދޯ ފާޑެއްގެ ކޮންޓެއިނަރެއް ހިފަހައްޓަން އުޅެން ހަދައިގެން.

The name is already taken The name is available. Register?

ވަޓްދފ

26 July 2024

ކާކުގެ ކޮންޓެއިނަރެއް ތަ؟

The name is already taken The name is available. Register?

މުހައްމަދު100

28 July 2024

ކޮންޓޭނާރ ނުހިފަހައްޓާ ކަމަކައްނުވާނެ، ތިޔަހަލަ މީހުންނާހެދި ގައުމު ހަލާކުވަނީ މިޑްސް..

The name is already taken The name is available. Register?

raajje

25 July 2024

ބޮޑާހާކާލީދޯ ގޭގަމަޑުކޮށްލާ! އިސްތިއުފާދިންސަބަބު ހާމަކޮށްފައިނުވާތީ ނުވަތަ އާޓިކަލްގައި އެމައުލޫމާތުނެތީމަ މިހެންކޮމެންޓުމިކުރެވެނީ! މާނިއުއަކީ ވަރަށްރަނގަޅު ވަޒީފާގައި ތެދުވެރި އިހުލާސްތެރިއަކަށްވެސްވެދާނެ، ނުވަތަ މަގާމުގެބޭނުންކޮށްގެން ގޯސްތަކެއްހަދާފައިވާ މީހަކަށްވެސްވެދާނެ، އެހެންވީމާ ރަނގަޅުގޮތަކީ އިސްތިއުފާދިން ސަބަބުހާމަކުރުން، މާދަމާކަންނޭނގެ ވޯޓެއްދޭށޭކިޔާފަ އަޅުގަނޑުމެންގެގާތަށް އަންނާނީ! އަޅުގަނޑުއެއްގޮތަކަށްވެސް މާނިއުއެއްނުދަންނަން!

The name is already taken The name is available. Register?

އަލްޖަޒީރާ

25 July 2024

އެއްވެސް މީހަކީ ދައުލަތަށް ބަލަދު އަރާ މީހަކަށް ވެގެންނުވާނެ، ފެންވަރެއް ނެތަސް ވަޒީފާ ދޭންޖެހޭ ބަޔަކު ތިބެގެން ނުވާނެ، މާނިއެއް ގާސިމެއް ނާޒިމެއް ކިޔާނެކަމެއް ނެތް

The name is already taken The name is available. Register?

އާދަނު،

25 July 2024

ކަސްޓަމްސް މުވައްޒަފަކައް ކޮއްދެވުނު ކަމެއްނެތް، ވިޔަފާރިވެރިންނަށްވެސް ކޮށްދެވުނު އާކަމެއްނެތް އަދި އަމިއްލަ ވިސްނުމުން ކޮށްދެވުނު އެއްވެސް ކަމެއްނެތް، ލޯ އެންފޯސްމަންޓް އަދި ކަސްޓަމްސްގެ ނޮލެޖްނެތީ، ކުރަން އުޅުނީ އަމިއްލަ މީހާގެ ޕީއާރް ކަންކަމާ އަމިއްލަ މީހާ އިންނަތަނާ ކާރު ހެދުން، އެކަމުގެ ނޮލެޖްހުރީ ކުރެވުނު ކަމަކީ އެއީ!

The name is already taken The name is available. Register?

ސައިނީސް

25 July 2024

ކަމޯން މޭން ، ތިހެން ވާން ޖެހޭނެ ، އަޅުވެތި ވެގެން އުޅޭކަށް ނުޖެހޭނެ ދޯ!

The name is already taken The name is available. Register?

ޓިކްޓޮކްއާދަންބަޑޭ

25 July 2024

މަނިކުފާނު ޓިކްޓޮކަށް އެއްކޮން ހުސްވެވަޑައިގެންނެވީތޯ!!!؟؟؟

The name is already taken The name is available. Register?

ހަސީން މުހައްމަދު

25 July 2024

ރައީސް މުއިއްޒް ނެގި ވަރަށް ރަނގަޅު ނިންމުމެއް މީނަ ވަކި ކުރުން އެއީ. ވަރަށް ވާހަކަ މިއީ

The name is already taken The name is available. Register?

ސިޔާދު އަލި

25 July 2024

މާނިއު ރަނގަޅުވާނެ ޕޮޝް ކާރު ދުއްވަން. އިތުރު ކަމެއް ވާ މީހެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454