އައިކެއާގައި ހުރި "ނޯވާ" ބްރޭންޑުގެ އައިނުތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
02 އޯގަސްޓް 2024 - 06:51
އައިކެއާ އިން ވިއްކާ އަވިއައިނުތަކުން ޑިސްކައުންޓު ދޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ފަށަން ނިންމައިފި އެވެ،
އައިކެއާގެ ހުރިހާ ފިހާރަތަކެއްގައި އަންނަ މަހުގެ 17 އާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 30 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
"ނޯވާ" ބްރޭންޑުގެ އަވި އައިނު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އައިކެއާ އިން ކުއިކްސިލްވާ އާއި ރޭބަން އާއި ރޮކްސީ އަދި މައިކަލް ކޯސް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ އައިނު ލިބޭނެ އެވެ. އެ ތަނުގައި އެކި ވައްތަރުގެ އެކި ކުލަތަކުގެ އައިނު ދުނިގަނޑާއި އަވިއައިނު ހުންނައިރު، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ގިނަ ޑިޒައިންތަކެއް ވެސް ލިބެން ހުންނާނެ އެވެ.
އައިކެއާގެ އައިނު ވިއްކާ ފިހާރަތައް މާލޭގެ އިތުރުން ފުވައްމުލަކާއި އައްޑޫގައި ވެސް ހިންގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
02 August 2024
އޮންލައިން ކޮއް ގަނެވޭތަ!