ޚަބަރު / ރާއްޖެ-ބަންގްލަދޭޝް

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި ޔޫނުސްއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ވަގުތީ ސަރުކާރުގެ އިސް އެޑްވައިޒަރުގެ ގޮތުގައި ޔޫނުސް ހުވާ ކުރައްވަނީ

08 އޯގަސްޓް 2024 - 21:26

6 comments

ބަންގްލާދޭޝްގެ ދަރިވަރުން ފެށި މުޒާހަރާތައް ވަރުގަދަވެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާ ދެއްވައި ފިއްލެވުމުމުގެ ސަބަބުން އެކުލަވާލާ ވަގުތީ ސަރުކާރުގެ ވެރިއެއްގެ ގޮތުގައި މިއަދު ހުވާ ކުރެއްވި ނޮބެލްގެ އިނާމު ހާސިލްކުރައްވާފައިވާ މުހައްމަދު ޔޫނުސްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ. އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަގުތީ ސަރުކާރުގެ އިސް މުޝީރުގެ ގޮތުގައި ހުވާ ކުރެއްވުމުން ޔޫނުސްއަށް މަރުހަބާ ވިދާޅުވާ ކަމަށާއި ދުވަސްވީ، ގާތް ރަހުމަތްތެރި ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ އިން ބަންގްލަދޭޝްއަށް އަބަދުވެސް އެދެނީ ފާގަތިކަމާއި ސުލްހަ އާއި ކާމިޔާބީއަށް ކަމަށެވެ.

ބަންގްލާދޭޝްގައި 2009 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ހަސީނާ އިސްތިއުފާ ދެއްވައި ގައުމު ދޫކޮށް ވަޑައިގެންފައިވާ ކަމަށް ހޯމަ ދުވަހު އިއުލާނުކުރީ އަސްކަރިއްޔާއިންނެވެ. އަދި ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ކުރީ ވެސް އަސްކަރިއްޔާއިންނެވެ.

ސިފައިންގެ ވެރިޔާ ޖެނެރަލް ވާކިރުއްޒަމާން ވަނީ ހަމަނުޖެހުންތައް ހުއްޓާލައި، ވަގުތީ ސަރުކާރަށް ފުރުސަތު ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ރައީސް ވަނީ ދަރިވަރުންގެ ޑިމާންޑާ އެއްގޮތަށް، ގާނޫނު ހަދާ މަޖިލިސް ވެސް އިއްޔެ އުވާލައްވައިފަ އެވެ.

ފަގީރުންނަށް ކުދި ލޯނުތައް ދީގެން އެތައް ބައެއްގެ ދިރިއުޅުން ބަދަލުކޮށްދިން އުމުރުން 84 އަހަރުގެ ޔޫނުސް އަށް ވަގުތީ ސަރުކާރު ހަވާލުކުރީ މުޒާހަރާކުރި ދަރިވަރުން އެގޮތަށް ޑިމާންޑްކުރުމުންނެވެ.

އިންޑިއާގެ "ދަ ޕްރިންޓް" ނޫޙަށް ދެއްވި އިންޓަވިއުއެއްގައި، ހަސީނާގެ ވެރިކަން ނިމުމުން ރައްޔިތުންނަށް މިނިވަންކަމުގެ އިހްސާސްކުރެވޭ ކަމަށް ޔޫނުސް ވިދާޅުވެފައިވެ އެވެ.

ވެރިކަމުން ވެއްޓުނު ހަސީނާ ކުރިން ވަނީ ޔޫނުސްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މިދިޔަ ޖެނުއަރީ މަހު ޔޫނުސްގެ މައްޗަށް ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފްވި ކަމަށް ބުނެ ހަ މަސް ދުވަހަށް ޖަލަށްލުމާ އެކު 5،000 ޓާކާއިން ޖޫރިމަނާކުރުމަށް ވެސް ހުކުމްކޮށްފަ އެވެ. އެކަމަކު ހަސީނާގެ ވެރިކަން ވެއްޓުމާ އެކު އެ ހުކުމް ވަނީ ކޯޓުން ބާތިލްކޮށްފަ އެވެ.

6 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަން އަޝްމަލް

09 August 2024

ރައީސް މުއިއްްޒް ގެ ހާރިޖީ ސިޔާސަތު ރަނގަޅޭ މިބުނަނީ މިހެންވެ. ހުރިހާ ގައުމާ ގުޅުން ބާއްވާތީ

The name is already taken The name is available. Register?

އަހްމަދު ޒާހިރު

09 August 2024

ދޭދޭ ގައުމުތަކާ އަބަސުވެސް ގުޅުން ބާއްވަން ވާނެ. މީ ސަރުކާރުން އެކަން ވަރަށް ރަނގަޅަށް ފެންނަމުން ދަނީ

The name is already taken The name is available. Register?

އަހްމަދު އާޒިފް

09 August 2024

ދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމަށް މި ބަލަނީ ދެން.

The name is already taken The name is available. Register?

އަބްޑޫޅް +

09 August 2024

މި ވަގުތަށް ދައްކާ ދަޅައެއް މިއީ. ދުވަސްކޮޅެއްފަހުން އެތިބަ ޖަނަރަލުން ތިބޭނީ، ތޯލިބާނު މުއްލާއިންގެ ހެދުމުގަ.

The name is already taken The name is available. Register?

ވެންގަބޯ

09 August 2024

ބަގާވާތް ކޮށްގެން ހޯދި ވެރިކަން މަރުހަބާ ލިޔާކަށް ނުޖެހެއެވެ. ތިޔަށްވުރެ މާރަނގަޅު ވީސް ޔަހްޔާ ސިންވާރް މަރުހަބާއެއް ކިޔާލިނަމަ ދޯ މާރީތިވިސް

The name is already taken The name is available. Register?

2838383

09 August 2024

ޔޫނުސް މިކޮޅަށް ޖައްސާލައްޗޭ ކުޑަ ލެކްޗަރެއް ދޭން. މިތާކުދިން އުޅެނަީ ތަންކޮޅެއް ގޯސްކޮން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454