ބަންގްލާދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާ މުހައްމަދު ޔޫނުސް (ކ) އިއްޔެ މަގާމުގެ ހުވާކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
09 އޯގަސްޓް 2024 - 05:58
ބަންގްލާދޭޝްގައި 15 އަހަރު ވަންދެން ވެރިކަންކުރި ޝައިޚް ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމާ އެކު ދެ ވަނަ ފަހަރަށް ގައުމު މިނިވަން ވެއްޖެ ކަމަށާއި ނަސްރުގެ ދުވަހެއް ވެސް ދެ ވަނަ ފަހަރަށް ލިބިފައިވާ ކަމަށް ވަގުތީ ސަރުކާރުގެ ވެރިޔަކަށް ހަމަޖެއްސި މުހައްމަދު ޔޫނުސް އިއްޔެ ވިދާޅުވެއްޖެ އެވެ.
ބަންގްލާދޭޝްގައި ފަގީރުންނަށް ހާއްސަކޮށް ކުދި އަދި ލުއި ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސައި އެކަމުން ގެނައި ބޮޑު ބަދަލުގެ ސަބަބުން ނޮބެލްގެ އިނާމު ލިބިވަޑައިގެންފައިވާ ޔޫނުސް މިހެން ވިދާޅުވީ ހަސީނާގެ އިސްތިއުފާ އަށް ފަހު އެކުލަވާލާ ވަގުތީ ސަރުކާރަށް ހަވާލުވެވަޑައިގަތުމަށް ފަހުގަ އެވެ.
ވަޒީފާއާ ބެހޭ ގާނޫނާ ހިލާފުވި ކަމަށް ބުނެ ޔޫނުސް އަށް ހަސީނާގެ ސަރުކާރުން އިއްވި ހަ މަހުގެ ޖަލު ހުކުމުން ކަފާލާތު ލިބުމާ އެކު ޔޫރަޕަށް ވަޑައިގެން އުޅުއްވުމަށް ފަހު އޭނާ އިއްޔެ އެނބުރި ވަޑައިގަތީ ކޯޓުން އެ މައްސަލަ ބާތިލްކޮށް ޔޫނުސް އަކީ މިނިވަނެއް ކަމަށް ކަނޑައެޅުމާ އެކުގަ އެވެ.
ރިޔާސީ ގަނޑުވަރުގައި ސިފައިންގެ ޖެނެރަލުންނާއި މަދަނީ އަދި ސިޔާސީ ލީޑަރުންނާއި ޑިޕްލޮމެޓުންގެ ހާޒިރުގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު ޔޫނުސް، 84، ވިދާޅުވީ މިއީ އެންމެންނަށް ވެސް އުފާވެރި ދުވަހެއް ކަމަށެވެ.
"ބަންގްލާދޭޝް އިން މި ވަނީ ނަސްރުގެ އާ ދުވަހެއް އުފަންކޮށްފައި. ބަންގްލާދޭޝް އަށް ދެ ވަނަ މިނިވަން ދުވަހެއް ލިބިއްޖެ،" އޭނާ ވިދާޅުވި އެވެ.
ބަންގްލާދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާ މުހައްމަދު ޔޫނުސް އިއްޔެ މަގާމުގެ ހުވާކުރެއްވުމަށް ފަހު، ވަގުތީ ސަރުކާރުގެ އޮފިޝަލުންނާ އެކު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
އޭނާ ވަނީ މުޒާހަރާތަކާ އެކު 455 މީހަކު މަރުވެފައި ވާއިރު ގައުމުގެ ކަންކަން ހަމަޔަކަށް އަޅުވައި ހަމަޖެހުން ގެނައުމަށް ގޮވާލައްވައިފަ އެވެ. އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ނުވުމަށާއި ބައި މަދު ދީންތަކާއި އެކި ފިކުރުގެ މީހުންނަށް ހިމާޔަތް ދިނުމަށް ވެސް ގޮވައިލެއްވި އެވެ.
"ގާނޫނު ތަންފީޒުކުރުމަކީ ފުރަތަމަ މަސައްކަތް ... އެކަން ނުކޮށް އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅޭނެ،" އޭނާ ވިދާޅުވި އެވެ.
ޔޫނުސް ވަނީ އޭނާ އަށް ރައްޔިތުން އިތުބާރުކޮށް އެއްވެސް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ނުވުމަށް އިލްތިމާސްކުރައްވައިފަ އެވެ.
މިދިޔަ ހޯމަ ދުވަހު ހަސީނާ އިސްތިއުފާ ދެއްވީ މީގެ މަސް ދުވަސްކުރިން ދަރިވަރުން، ސިވިލް ސާވިސް ވަޒީފާގެ ކޯޓާގެ މައްސަަލައިގައި ފެށި މުޒާހަރާތައް ހޫނުވަމުން ގޮސް މުޅި ގައުމުގައި ހަމަނުޖެހުން އުފެދުނު ފަހުންނެވެ. ހަސީނާ ގައުމު ދޫކޮށް ފިއްލެވީ މުޒާހަރާގެ ބައިވެރިން ހަސީނާގެ ގެކޮޅަށް ވަންނަން ދިމާކޮށްލުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީނާ ދައްތަ
09 August 2024
ތީ ދެން ތަންކޮޅެއް ފުކެއް ބޮޑުވަރު
އަޒްރާ
09 August 2024
ގައުމު ހަލަބޮލިކޮށް އެތަށް ބަޔަކު މަރާ ލޫޓުވާފަ ލިބޭ މިނިވަންކަން މާގިނަ ދުވަހަކު ދެމިއެއް ނޯންނާނެ
ގެދާނޯމޮސް
09 August 2024
ކޮންމެ ގައުމެއްގައި ވެސް ހިންގާ މިސިޔާސީ ޖަލުހުކުމް އޮތީ ހަމަ އެއްގޮތަކަށް ކަން އެބަވިސްނެއެވެ. ކޮބައިތޯ ހަގީގީ މައްސަލައަކީ ؟ އެކަމަކީ ގައުމު ދިފާއުކުރުމަށް ޖިހާދު ކުރެއްވި އަބްތާލުންގެ އާއިލާ ތަކަށް ދެމުން ގެންދެއްވި އިސްކަމެވެ. ސިފައިންނާއި ފުލުހުންނަށް ނުވާހާލުގަވެސް ހަތިޔާރު ދިނުމާއި ، ވަޒީފާ ތަކާއި ކޮލެޖްތަކުގެ ފެސިލިޓީސްއާއި އިނާޔަތް ތަށް ދިނުމުގަވެސް ހަސީނާ ގެންގުޅުއްވި ތަފާތެވެ. މިރާއްޖޭޭގައި ނަމަ އުތީމުހެއްޔެވެ؟
ބީރުބޮލް
09 August 2024
އޮންލީ ޓައިމް ވިލް ޓެލް. ތިގޮތަށް ގައުމު ލޫޓުވާ ހުޅު ޖެހި އެއްވެސް ގައުމެއް އާރާސްތު ފަސޭހަ ރަޙްމަތަކުން ވެފަ ނެތް.
އޮނަރަބްލް އަފީފު ދީދީ
09 August 2024
ހީއެއްނުވޭ އަދިވެސް ތިޔަވިދާޅުވާ "މިނިވަންކަން" ރައްޔިތުނަށް ލިބޭނެހެނެއް. މިރާއްޖޭގައި ރައްޔިތުންތަކެއް މަރުނުވިޔަސް އަހަރުމެން މަރަށް ފުރާނައަށް ބެލުމެއްނެތި ޤާނޫނުއަސާސީ އިސްލާޙްކުރާން ނިކުމެ އެކަންކުރުމުން އިސްލާޙްކުރި ޤާނޫނުއަސާސިއަކާއި މަލްޓިޕާޓީ ޑެމޮކްރަޓިކް ސިސްޓަމެއް އަދި "ނަމަކަށް ލިބުނު" ލާމަރުކަޒީ ނިޒާމް ނޫން އެއްޗެއް އަދި އަދަށްވެސް އަހަރުމެނަކަށް ނުލިބޭ. މިޤައުމުގެ މުއްސަނދިކަމާއި ވަސީލަތް ބަދަލެއްނުވެ އޮތީ ކުރިންވެސް އޮތްގޮތަށް.
އޮނަރަބްލް އަފީފު ދީދީ
09 August 2024
ޤާނޫނުގެ ނާޖާއިޒުބޭނުންކޮށް ދައުލަތުގެ މުހިންމުވަސީލަތައް (ވަޒީފާތައް ފަދަ) ބަންގާޅު ސަރުކާރުގެވެރިން ހިތުހުރިގޮތަކަށް ބޭނުންކުރާތީ ބަންގާޅު ރައްޔިތުންނިކުމެ އެކަން ހުއްޓުވިކަމަށްވިޔަސް، މިޤައުމުގެ މުއްސަނދިކަމާއި ވަސީލަތްތަކުގެމައްޗަށް (ބަޖޭޓާއި، ފުލެޓް އަދި ބިން ފަދަ) ވަކިރަށެއްގެމީހުން ވެރިވެގެންތިއްބަސް އަދި ތެޔޮވަޅުތަކެއްފަދަ ރިސޯޓްހަދާރަށްތަކާއި ފަޅުތަކުގެމައްޗަށް ހައެއްކަ އާއިލާ ވެރިވެގެން ތިބިއިރުވެސް އަހަރުމެން މިތިބީ ބަސް އަހައިގެން.
އަޅި އަލީ
09 August 2024
އަދިވެސް ތަންކޮޅެއް ދުވަސްވީމީހަކު ލާ!