ހޫދު އަހްމަދާއި އިސްމާއީލް މިގްލާލު (އިއްސެ): ހީޓްގެ އެއްވަނައިގައި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ހަތަރުވަނަ ބުރުން ޖާގަ ހޯދި --- ފޮޓޯ: ސިޑިބަރި
21 އޯގަސްޓް 2024 - 16:29
ހީޓްގެ އެއްވަނަ ހޯދައި ރާއްޖެގެ ހޫދު އަހްމަދާއި އިސްމާއީލް މިގްލާލް، އޭޝިއާން ސާފިން ޗެމްޕިއަންޝިޕްގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ މުބާރާތުގައި، މިއަދު މެންދުރު ފަހު ވާދަކުރި ދިވެހި އެތުލީޓުންނަކީ ހޫދާއި އިއްސެ އެވެ.
ތިންވަނަ ބުރުގެ 10 ވަނަ ހީޓްގައި ހޫދާ، ވާދަކުރީ މެލޭޝިއާ އާއި ތައިލެންޑް އަދި އިރާންގެ ސާފަރުންނެވެ. އެ ހީޓްގެ އެއްވަނަ އޭނާ ހޯދި 13.16 ސްކޯކޮށްގެންނެވެ.
ދެވަނަ އަށް ދިޔަ މެލޭޝިއާގެ މުހައްމަދު އާފިގް ހައިކަލް އަށް ހޯދުނީ 10.17 ޕޮއިންޓެވެ. ތިންވަނަ އަށް ދިޔަ ތައިލެންޑްގެ ނަޓްރީ ޖަރިޔާވަޓާނާވިޖިތު އަށް ހޯދުނީ 8.20 ސިކުންތުންނެވެ. ހަތަރުވަނައަށް ދިޔ އިރާންގެ ޝާން އަރްޖަން ބަހްރްލޫމީ އެވެ. އޭނާ އަށް ހޯދުނީ 2.43 ސިކުންތުންނެވެ.
އިއްސެ ވާދަކުރި 11 ވަނަ ހީޓުން އޭނާ އެއްވަނަ ހޯދީ 9.17 އިންނެވެ. ދެވަނަ ހޯދި އިންޑިއާގެ އަޖީޝް އަލީ އިއްސެއާ ވަރަށް ގާތުން ވާދަކޮށްފަ އެވެ. އަޖީޝް ވަނީ ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ތިންވަނަ ހޯދީ ސްރީ ލަންކާގެ ކޮކޫ ހަންނާޑީޖް އެވެ. އޭނާ އަށް ހޯދުނީ 7.08 ޕޮއިންޓެވެ. ހަތަރުވަނަ އަށް ދިޔައީ އަފްޣާނިސްތާނުގެ އަފްރީދުމް އަމޫ އެވެ. އޭނާ އަށް ހޯދުނީ 4.43 ޕޮއިންޓެވެ.
ހަތަރުވަނަ ބުރަށް ރާއްޖޭގެ ހަތަރު އެތުލީޓުން ދިޔަ އެވެ. މެންދުރު ކުރިން ބޭއްވި ހީޓްތަކުން، ގައުމީ ކެޕްޓަން އަހްމަދު އާގިލް (އަންމަޑޭ) އާއި އިސްމާއީލް ރަޝީދު (ސްމައިލީ) ވަނީ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުލުސްދޫ ރަންދާ
21 August 2024
ރާއްޖޭގެ ހުރިހާ ރާޅާއެޅުންތެރިންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން. ތިޔަދައްކާ ހިއްވަރަށް އައްސަރިބަހާ ސާބަސް!