މިލައިދޫގެ ކުޅުންތެރިން ޒޯން ޗެމްޕިއަން ތައްޓާ އެކު.-- ފޮޓޯ: ޓެކާސް
22 އޯގަސްޓް 2024 - 16:03
ދިރާގު ޓެކާސް ރިސޯޓް ފުޓްސަލް ކަޕް 2024 ގެ ބ. ޒޯޯނުގެ ޗެމްޕިއަންކަން، މިލައިދޫ މޯލްޑިވްސް ހޯދައިފި އެވެ.
މިލައިދޫ އިން ތިންވަނަ ފަހަރަށް ޒޯން ޗެމްޕިއަންކަން ހޯދީ، އަންގާރަ ދުވަހު ކުޅުނު ފައިނަލް މެޗުގައި 3-1 އިން ނޯޓިލަސް މޯލްޑިވްސް ބަލިކޮށްފަ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޒޯނުުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލައިދޫގެ އަލީ ނަސީރެވެ.
ރޯޔަލް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ ބ. ޒޯންގައި ފަސް ރިސޯޓަކުކން ވާދަ ކުރި އެވެ. އެއީ ރޯޔަލް، ނޯޓިލަސް، ދުސިތު، ސޮނެވާފުށި އަދި މިލައިދޫ އެވެ.
ބ. ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ، މިލައިދޫގެ މުހައްމަދު ރަފްހާން، އާދަމް ނަސީރު، ނޯޓިލަސްގެ އަހުމަދު ސަބާހު، މުހައްމަދު ސިމާން އަދި ދުސިތު ތާނީގެ އަބްދުލް މަޖީދެވެ.
މި ޒޯނުގެ ޓޮޕް ސްކޯރާ އަކަށް ހޮވުނީ އަށް ގޯލު ޖެހި ނޯޓިލަސްގެ އަހުމަދު ސަބާހެވެ. އެންމެ މޮޅު ކޯޗަކަށް މިލައިދޫގެ މުހައްމަދު ސޮލާހު ހޮވުނުއިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ ސޮނެވާ ފުށީ ރިސޯޓެވެ.
ދިރާގު ޓެކާސް ރިސޯޓް ފުޓްސަލް ކަޕް 2024 ގައި ދެން ކުރިއަށް އޮތީ ރ. ޒޯނުގެ ކުޅުމެވެ. މި ޒޯނުގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 3 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy