ރ. ޒޯންގެ މެޗުތައް ކުޅޭނީ ޖޯލި މޯލްޑިވްސްގަ.—ފޮޓޯ: ޓެކާސް
02 ސެޕްޓެމްބަރ 2024 - 11:07
ދިރާގު ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ ރ. ޒޯނުގެ ކުޅުން މާދަމާ ޖޯލި މޯލްޑިވްސްގައި ފަށަން ތައްޔާރު ވެއްޖެ އެވެ.
މި ޒޯންގެ ޗެމްޕިއަންކަން ހޯދާ ޓީމެއް، ބ. ޒޯންގެ ޗެމްޕިއަން މިލައިދޫ މޯލްޑިވްސްއާ ދެކޮޅަށް އަންނަ ހަފްތާ ކުޅޭނެ އެވެ.
މިދިޔަ އަހަރު ރ. ޒޯންގެ ޗެމްޕިއަންކަން ހޯދީ ޖޯލި މޯލްޑިވްސް އެވެ. އަދި ޗެމްޕިއަންޝިޕް މެޗުން އެ ޓީމު ވަނީ މިލައިދޫ ބަލިކޮށް ކުއާޓާ ފައިނަލުގައި ވެސް ކުޅެފަ އެވެ.
ރ. ޒޯންގައި މިއަހަރު ޖޯލި މޯލްޑިވްސްގެ އިތުރުން ދެން ހިމެނެނީ ކޯރަ ކޯރަ މޯލްޑިވްސް އާއި ޖޯލި ބީން އަދި ޔޫ އެންޑް މީ މޯލްޑިވްސް އެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ފައިނަލްގެ ފަހު ޖާގަ ލިބޭނީ ދެވަނަ އަދި ތިންވަނަ ޓީމު ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.
ސެޕްޓެމްބަރު 3 – 16:00 : ޖޯލި މޯލްޑިވްސް / ކޯރަ ކޯރަ މޯލްޑިވްސް
ސެޕްޓެމްބަރު 3 – 17:00 : ޖޯލި ބީން / ޔޫ އެންޑް މީ މޯލްޑިވްސް
ސެޕްޓެމްބަރު 4 – 16:00 : ކޯރަ ކޯރަ މޯލްޑިވްސް / ޔޫ އެންޑް މީ މޯލްޑިވްސް
ސެޕްޓެމްބަރު 4 – 17:00 : ޖޯލި މޯލްޑިވްސް / ޖޯލި ބީން
ސެޕްޓެމްބަރު 5 – 16:00 : ޖޯލި މޯލްޑިވްސް / ޔޫ އެންޑް މީ މޯލްޑިވްސް
ސެޕްޓެމްބަރު 5 – 17:00 : ކޯރަ ކޯރަ މޯލްޑިވްސް / ޖޯލި ބީން
ސެޕްޓެމްބަރު 7 – 16:15 : ރ. ޒޯން ސެމީ ފައިނަލް
ސެޕްޓެމްބަރު 9 – 16:15 : ރ. ޒޯން ފައިނަލް
ސެޕްޓެމްބަރު 11 – 16:15 : ޗެމްޕިއަންޝިޕް މެޗު
Copyright © 2024 Mihaaru · Terms and Conditions · Privacy Policy