ޚަބަރު / މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

14 ސެޕްޓެމްބަރ 2024 - 19:52

16 comments

ހުޅުމާލޭގައި އިމާރާތްކުރާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

އެ އިމާރާތް އަޅަނީ އަމިން އެވެނިއު ކުރިމަތީގައި އޮންނަ ހުސްބިމުގަ އެވެ. އެއީ 5،000 އަކަފޫޓުގެ ބިމެކެވެ.

އެތަނުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި އެ ކޯޕަރޭޝަންގެ އިސްވެރިންނެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވާހަކަދައްކަވަނީ.-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

އެ އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 79.1 މިލިއަން ރުފިޔާއަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.

އެ އިމާރާތުގައި ނުވަ ފްލޯ ހުންނާނެ އެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފީސް މިހާރު ހިންގަނީ މާލެއިން އަމިއްލަ މީހެއްގެ އިމާރާތެއް ކުއްޔަށް ހިފައިގެންނެވެ.

16 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 9%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝަހީމްބެ

15 September 2024

ތިކަމުގެ ފުރިހަމަ ތައުރީފާއި ޝުކުރު މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމަށް ހައްޤު. ދެން އަޑު އިވޭނީ މޯލްޑިވްސް ޒަކާތު ހައުސްގެ ބިންގާ އަޅާ ޚަބަރު.

The name is already taken The name is available. Register?

އެކްސިް

15 September 2024

މެޑްޓެކް ދޯ ..މީތި ސަސް

The name is already taken The name is available. Register?

ބަލާތި

15 September 2024

ތި ތަން ނުނިމޜނެ 9 އަހަރުން ވެސް ބަލަން ތިބެއްޗޭ

The name is already taken The name is available. Register?

ނާބަ

15 September 2024

މިހާރުގެ ތަފާސް ހިސާބައް ބަލާއިރު ދުވާލަކު 33 މީހުން މަހަކު 1000 މީހުން ހައަޖައް ދިއުމަށް ލާރިދައްކާ، މި އަހަރުގެ މޭމަހު ގެ 15 ގައި ލާރިދެއްކިމީހުނައް ހައްޖައްދެވޭނެކަމަށް އެކޯޕަރޭޝޒން އިން ބުނީ 2033 ގާކަމަށް ެހެންވީމަ މިހާރު ހައްޖު ކިއުގަ 20000.00 މީހުން ތިބޭކަމަށް ލަފާކުރެވޭ އޭގެން މަދުންވެސް %75 52473.75ރ ދެއްކި 15 ހާސް (787106250) %100 69965.00ރ ދެއް 5 ހާސް (348825000) ޖުމްލަ 1.13 ބިލިޔަން މިވަގުތު ޢާމުންގެ ލާރި ހައްޖު ކޯޕަރޭޝަންގަ ހުންނާނެ

The name is already taken The name is available. Register?

ހަސަންބެަ

15 September 2024

ފައިސާ ކޯޕަރޭޝަނަށް ދައްކަނީއޭ ބުނީމަ އެހެން މާނައެެއް ދޭހަވަނީ. ހަޤީޤަތުގައި ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާ ހޯދަން ފަސޭހައަކަށް އެ ކޯޕަރޭޝަނުގައި ފައިސާ ބަހައްޓަނީ. އެމީހަކު އެފައިސާ އަނބުރާ ނަގަން ބޭނުމިއްޔާ ލިބޭނެ.

The name is already taken The name is available. Register?

‫ނުންނު

15 September 2024

‫އަހަރެމެން މިއުޅެނީ ކޮވިޑްގެ ކުރިން ހައްޖައްދާން އެތަށްބައިވަރު ފައިސާއެއް ތިތަނަށް ދައްކައިގެން އަދިވެސް ފުރުސަތު ނުލިބިގެން. މީހުން ހައްޖައްދާން ދައްކާ ފައިސާއިން ބޮޑެތި މިލިއަން ރުފިޔާގެ އޮފިސް އަޅަނީ. މިއީ ހަމަ ހިޔާނާތެއްނޫންތަ?

The name is already taken The name is available. Register?

މ

14 September 2024

ތިވެސް ދެން 9 ފުލޯ ދެން ކޯއްޗެއް....5000އަކަފޫޓުގައި ދެން ކީކޭ ކިޔާނީ... ބޯ ފަޑަގެން ގޮއްސި....

The name is already taken The name is available. Register?

އެހެނަސް

15 September 2024

ރުފިޔާ ހުރި ވަރަކުންނެއްނު ކަން ކުރެވޭނީ.

The name is already taken The name is available. Register?

އެދުރު1

14 September 2024

ހުޅުމާލޭގައި ވިޔަސް އެހެން ތަނަކުވިޔަސް މިހާރު ނުވަބރިޔަށް އޮފީސް އިމާރާތެއް އެޅުމަކީ ބޭކާރުކަމެއް . މީގެ ދެތިން އަހަރު ފަހުން އަނެއްކާވެސް އޮންނާނީ ޖާގަ ހޯދަން ޖެހިފަ

The name is already taken The name is available. Register?

މިއޮނާ

15 September 2024

އެތަންހަދަންދާ ހަރަދައް ވެސް ބަލަންވާނެ

The name is already taken The name is available. Register?

ޢަސްލުވެސް

14 September 2024

ޙައްޖަށް މީހުން ފޮނުވަނީ އެބައި މީހުން ދޭ ލާރިންނެވެ. ޢަދި އެދައްކާ ފީ އަކީ މަދި އަދަދެއް ކަމަށް މީގެކުރިން ބުނެއުޅެއެވެ. ވީއިރު އިމާރާތް ކުރަން އެހާ ފައިސާ ހޯދަނީ ބަރޯސާ ނުވެ ކޮންތާކުންތޯ. މީގެ ކުރިން ތަނެއްގައި ޓެންޓެއްވެސް ޖެހި ދެއްތޯ ހިލޭ.

The name is already taken The name is available. Register?

ޖެއްސު

15 September 2024

ކޮރަޕްސަނަނައްތާލާ ހަރަދު ކުޑަ ކުރެވުނީމަ ހުރިހާ ކަމެއް ވެސް ކުރެވޭނެ

The name is already taken The name is available. Register?

ސުވާލުމާކު

14 September 2024

5000 އަކަފޫޓުގެ 9 ބުރީގެ ބިމެއް ހަމަ ބޭނުންވޭބާ ހައްޖު ކޯޕަރޭޝަނަށް އެކަނި. ބިމުގެ ދަތިކަން އޮތް ގައުމެއްގަ ކޮންމެ އޮފީހަކަށް ވަކި އިމާރާތެއް އެޅުމުގެ ބަަދަލުގަ އިގްތިސޯދުކޮށްގެން އޮފީސް ޓަވަރުތަކެއް އެޅުމަކީ ބުއްދިވެރިގޮތް. އުމަރު ޒާހިރު ބިލްޑިންގއަކީވެސް ބޮޑު ބިމެއްގައި މިޒަމާނަށް ކަމުނުދާވަރަށް މަދު ފްލޯރތަކަކާއެކީ އެޅި ބިލްޑިންގއެއް. އިގްތިސޯދަށް ފައިދާހުރި ގޮތަށް ދައުލަތުގެ އެކި އޮފީސްތައް އެއް އިމާރާތެއްގެ ތެރޭގަ ހުންނަ ގޮތަށް ހަދަންޖެހޭ

The name is already taken The name is available. Register?

ޙަސީނާ.

14 September 2024

ބިމުގެ ދަތިކަން އޮތްކަން ނޭގިތަ އިބްރާހިމް ކ.ހުޅެލެ ފަށު ހިއްކައިގެން ހަދާފައިއޮތް ކ.ހުޅުމާލޭގެ ތިންތައް އެއަތޮޅު މާލޭ މީހުންނަށް ހިލޭ ބަހާލީ ؟

The name is already taken The name is available. Register?

ސުވާލުމާކު

14 September 2024

އިބްރާހީމް ބެހި ގޯތިތައް ރަނގަޅޭ ބުނެގެންތަ ތިޔަ ފުންމައިގެން އެރީ. ޙަސީނާމެން ރުހޭ މީހާ ކުރީމަ ހުރިހާކަމެއް ރަނގަޅު. އެކަމު އަހަރުންނަށް އިބުރާހިމަކަސް ގާސިމަކަސް ކާސިމަކަސް މުއީޒަކަސް ގޯހިއްޔާ ގޯސް. ވަކި މީހެއްވެގެން ގޯސް ރަނގަޅަށް ހަދައިގެން ނުދުވާނަން.

The name is already taken The name is available. Register?

ކިހިނެއް

15 September 2024

އެތާ ހަމަ އެކަނި ހައްޖު ކޯޕަރޭޝަނެއް ނޫން ހިންގާނީކީ އެތަންތަން ކުއްޔައްދީ ހަޖުކޯޕަރޭސަނައް ލިބޭ އެއްޗަކުން ހައްޖު ވެރީންނައް ނަގާ އަގުވެސް ކުޑަ ކުރެވޭތޯ ބަލާނެ އަދި ހައްޖުގެ ހިދުމަތްތައް އިތުރައް ފުޅާ ކުރެވޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454