ކަނިފުށި އަދި ކަނުހުރާ ލީގު ބުރުގައި ކުޅުނު މެޗުގެ ތެެރެއިން.-- ފޮޓޯ: ޓެކާސް
17 ސެޕްޓެމްބަރ 2024 - 10:38
ޓެކާސް ރިސޯޓް ފުޓްސަލް ކަޕުގެ ޅ. ޒޯނުގެ ފައިނަލަށް ލެ މެރީޑިއެން ދަތުރު ކޮށްފި އެވެ.
އެންމެ ފަހުގެ ރަނަރަޕް ލެ މެރީޑިއެން ފައިނަލުން ޖާގަ ހޯދީ، ތިން ޓީމު ވާދަކުރި ލީގު ބުރުގެ ދެ މެޗު ވެސް ކާމިޔާބުކޮށް، އެއްވަނަ ޓީމުގެ ގޮތުގަ އެވެ.
ފައިނަލުގެ ފަހު ޖާގަ ލިބޭނީ، މިއަދު ހަވީރު އެޓްމޮސްފިއާ ކަނިފުށި އަދި ސިކްސް ސެންސެސް ކަނުހުރާ ބައްދަލުކޮށް މޮޅުވާ ޓީމަކަށެވެ.
ލީގު ބުރުގައި ކަނިފުށި އަދި ކަނުހުރާ ބައްދަލުކުރި މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
ސެމީ އިން މޮޅުވާ ޓީމެއް ފައިނަލްގައި ލެ މެރީޑިއެން އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.
މިދިޔަ އަހަރުގެ ޅ. ޒޯން ފައިނަލްގައި ލެ މެރީޑިއެން ބަލިވީ، ކޮކޫން މޯލްޑިވްސްއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. މިއަހަރުގެ މުބާރާތުގައި ކޮކޫން ވާދައެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy