ނޯތު ކާފް ޒޯން މެޗެއްގެ ތެރެއިން.-- ފޮޓޯ: ޓެކާސް
23 އޮކްޓޯބަރ 2024 - 09:43
ޓެކާސް ރިސޯޓް ފުޓްސަލް ކަޕުގެ ނޯތު ކާފް ޒޯންގެ ފައިނަލުގައި އޮބްލޫ ސިލެކްޓް ސަންގެލި އާއި މީރު މޯލްޑިވްސް މާދާމާ ބައްދަލުކުރާނެ އެވެ.
ކުރުނބާ މޯލްޑިވްސްގައި މާދަމާ ކުޅޭ ފައިނަލްގައި، މާލެ އަތޮޅުގެ އުތުރު ޒޯންގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް، ޓެކާސް ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.
ޖުމްލަ 12 ޓީމު ހަތަރު ގުރޫޕަށް ބަހާލައިގެން ކުޅުނު ނޯތު ކާފް ޒޯންގެ ފައިނަލަށް ސަންގެލި ދަތުރުކުރީ ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް ބަލިކޮށްފަ އެވެ. މީރު މޯލްޑިވްސް ވަނީ ސެމީގައި ހިލްޓަން މޯލްޑިވްސް އަމިންގިރީ ބަލިކޮށްފަ އެވެ.
● ގުރޫޕް 1: ކުރުނބާ މޯލްޑިވްސް، ގްރޭންޑް ޕާކް ކޮއްދިއްޕަރު، ހިލްޓަން އަމިންގިރި
● ގުރޫޕް 2: އޯގާ އާޓް ރިސޯޓް، މީރު މޯލްޑިވްސް، އޮބްލޫ ސިލެކްޓް ސަންގެލީ
● ގުރޫޕް 3: ޖުމެއިރާ މޯލްޑިވްސް، ޖޯއީ އައިލެންޑް ރިސޯޓް ބައި ކޮކޫން، ޝެރެޓަން މޯލްޑިވްސް
● ގުރޫޕް 4: ބަރޮސް މޯލްޑިވްސް، ބަންޔަން ޓްރީ ވައްބިންފަރު، އޮބްލޫ އެކްސްޕީރިއެންސް އާއިލާފުށި
މިދިޔަ އަހަރުގެ ނޯތު ކާފް ޒޯންގެ ފައިނަލްގައި ފަހަތުން އަރައި ކުރުނބާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޖުމެއިރާ އެވެ.
ނޯތު ކާފުގެ ޗެމްޕިއަނުން އަންނަ ހަފްތާ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާނީ، ކުއާޓާ ފައިނަލުގައި ސޮނެވާ ޖާނީ ބަލިކުރި ޖޯލި މޯލްޑިވްސްއާ އެވެ. އަދި ދެ ވަނަ ސެމީގައި ސައުތު ކާފްގެ ޗެމްޕިއަން ހާޑް ރޮކް އާއި ދ. ޒޯންގެ ޗެމްޕިއަން ބަގްލިއޯނީ މޯލްޑިވްސް ބައްދަލުކުރާނެ އެވެ.
މިއަހަރުގެ މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy