ވިޔަފާރި / ވިލާ ކޮލެޖް

ވިލާ ކޮލެޖުގެ ކޯސްތަކުން ސްކޮލަޝިޕް ދެނީ

ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ކޮލެޖުގެ ދަރިވަރުން.

26 ނޮވެމްބަރ 2024 - 20:22

ވިލާ ކޮލެޖުގެ ކޯސްތައް ކިޔަވަން އެ ކޮލެޖުން ދޭ ސްކޮލަޝިޕްގެ ފުރުސަތުތަކަށް މިއަދު ހުޅުވާލައިފި އެވެ.

އެ ކޮލެޖުން ސްކޮލާޝިޕް ދޭން ނިންމާފައި ވަނީ 8 ކެޓަގަރީއަކުން 16 ފުރުސަތެވެ. އެ ކެޓަގަރީތަކަކީ:

- ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕް

- ވިލާ ކޮލެޖު/ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ސްކޮލަޝިޕް

- ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕް

- ސްކޮލަޝިޕް ފޯ އިންޑިވިޖުއަލްސް ވިތް ޑިޓާމިނޭޝަން

- ސްޓެމް އެންޑް ހެލްތްކެއާ އިކުއިޓީ ސްކޮލަޝިޕް

- ސްކޮލަޝިޕް ފޯ އަންޑާޕްރިވިލެޖްޑް

- އިންޓަނޭޝަނަލް ސްޓޫޑަންޓް ކެޓަގަރީ

ވިލާ ކޮލެޖުން ދޭ ސްކޮލަޝިޕުގެ ތެރެއިން އިންޓާނޭޝަނަލް ސްޓޫޑަންޓްސް ސްކޮލާޝިޕް ފިޔަވައި ދެން ހުރި ކެޓަގަރީތަކަށް ކުރިމަތި ލެވޭނީ ހަމައެކަނި ދިވެހިންނަށެވެ.

ވިލާ ކޮލެޖުން ދޭ މި ސްކޮލަޝިޕް ފުރުސަތުތަކަށް ހުށަހެޅޭނީ އަންނަ މަހުގެ ނިޔަލަށެވެ.

ސްކޮލަޝިޕް ފުރުސަތު ދޭ ކެޓަގަރީގެ ތަފްސީލުތައް

* ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕް

މިއީ އެ ކޮލެޖުގެ މާސްޓާސް ޕްރޮގުރާމުތަކުގެ ތެރެއިން ޕްރޮގުރާމެއް ކިޔަވަން ދޭ ފުރުސަތެކެވެ. މި ކެޓަގަރީން ދޭނީ ދެ ސްކޮލާޝިޕެވެ. ސްކޮލާޝިޕް ދިނުމުގައި އެންމެ ބޮޑަށް ބަލާނީ ތައުލީމީ ނަތީޖާ އަށެވެ.

* ވިލާ ކޮލެޖު/ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ސްކޮލަޝިޕް

މިއީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭ ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ވިލާ ކޮލެޖުގައި ޑިގްރީ ހަދަން ބޭނުންވާ ދަރިވަރުންނަށް ދޭ ފުރުސަތަކެވެ. މި ކެޓަގަރީއިން ދޭނީ ދެ ފުރުސަތެވެ. މި ސްކޮލާޝިޕަށް ކުރިމަތިލެވޭނީ ވިލާ ހައި ސްކޫލުން އޭ ލެވެލް ނިންމިތާ ގިނަވެގެން 2 އަހަރު ނުވާ ދަރިވަރުންނަށެވެ. އަދި ސްކޮލާޝިޕް ދިނުމުގައި އެންމެ އިސްކަންދޭނީ ދަރިވަރުންގެ އޭ ލެވެލް ނަތީޖާއަށެވެ.

* ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕް

މިއީ ވިލާ ކޮލެޖުން ކިޔެވުން ނިންމި ދަރިވަރުންނަށް މާސްޓާސް ފެންވަރަށް ކިޔެވުމަށް ދޭ ފުރުސަތެކެވެ. މި ކެޓަގަރީއިން ދޭނީ ދެ ފުރުސަތެވެ. މި ކެޓަގަރީއަށް ހުށަހެޅޭނީ ވިލާކޮލެޖުން ޑިގްރީ ނިންމާފައިވާ ދަރިވަރުންނަށެވެ. ސްކޮލަޝިޕް ދިނުމުގައި ބަލާނީ ތައުލީމީ ނަތީޖާއަށެވެ.

* ސްކޮލަޝިޕް ފޯ އިންޑިވިޖުއަލްސް ވިތު ޑިޓާމިނޭޝަން

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަތަކަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީ ބާރުވެރިކުރުވުމަށް، އަމާޒުކޮށް، އެ ފަރާތްތަކަށް ވިލލާ ކޮލެޖުން ހުޅުވާލި ފުރުސަތެކެވެ. މިއީ ޖިސްމާނީ، ސެންސަރީ، ކޮގްނިޓިވް ނުވަތަ އެނޫންވެސް ގޮންޖެހުންތައް ހުރި ފަރާތްތަކަށް މަތީ ތައުލީމު ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ވިލާ ކޮލެޖުން ހުޅުވާލި ފުރުސަތެކެވެ.

މި ކެޓަގަރީއިން ފުރުސަތު ދޭނީ ވިލާ ކޮލެޖުގެ ޑިގްރީ ޕްރޮގުރާމެއް ހެދުމަށެވެ. މި ކެޓަގަރީން ސްކޮލަޝިޕަށް ކުރިމަތި ލެވޭނީ ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީގައި ނަން ހިމެނޭ ފަރާތްތަކާއި ލައިސަސްންސްޑް މެޑިކަލް ޕްރޮފެޝަނަލެއް ނުކުޅަދުންތެރިކަމެއް ހުންނަކަމަށް ލިޔުމުން ކަނޑައަޅާފައިވާ ފަރާތްތަކަށެވެ.

ސްކޮލަޝިޕަށް ހޮވުމުގައި ބަލާނީ ނުކުޅެދުންތެރިކަމާ ގުޅުން ހުރި ގޮންޖެހުންތަކާއި އެކުވެސް ތައުލީމީ ގޮތުން ކުރިއަށްދިއުމަށް ކޮށްފައިވާ މަސައްކަތާއި ހިތްވަރާއި، ކަންކަމުގައި އިސް ނެގުމާއި އަދި އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމަށް ކޮށްފައިވާ މަސައްކަތުގެ މިންވަރަށެވެ. އަދި އެއައަށް ފަހު ތައުލީމީ ނަތީޖާ އަށެވެ.

މި ކެޓަގަރީއިން ވެސް ދޭނީ ދެ ފުރުސަތެވެ.

* ސްޓެމް އެންޑް ހެލްތްކެއާ އިކުއިޓީ ސްކޮލަޝިޕް

މިއީ އާއްމުކޮށް ވަކި ޖިންސެއްގެ ދައުރު ބޮޑުވެފައި އޮތް ދާއިރާތަކުގެ ޖެންޑާ ޑައިވާސިޓީ ބޮޑުކުރުމަށް ހިތްވަރު ދިނުމަށް ދޭ ސްކޮލަޝިޕެކެވެ. މި ސްކޮލަޝިޕް ދާއިރާ މިއަހަރު ހުޅުވާލެވިފައި ވަނީ، ނާސިން، ކޮމްޕިއުޓާ ސައިންސް، އަދި އިންޖިނިއަރިން ޕްރޮގްރާމަތަކަށެވެ.

މި ސްކޮލަޝިޕަށް ހޮވުމުގައި ތައުލީމީ ނަތީޖާއަށް ބެލުމަށް ހަމަޖެހިފައިވާއިރު މި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ ނިސްބަތުން، މީހުން މަދު ޖިންސަށް އިސްކަން ދޭނެ އެވެ.

މި ކެޓަގަރީން ދޭނީ ކަނޑައަޅާފައިވާ ދާއިރާތަކުގެ ޑިގްރީ ޕްރޮގުރާމުތަކުން ދެ ފުރުސަތެވެ.

* ސްކޮލަޝިޕް ފޯ އަންޑަޕްރިވިލެޖްޑް ސްޓޫޑެންޓްސް

މި ފުރުސަތު ދޭނީ ތައުލީމު ހާސިލް ކުރަން ޝައުގުވެރިވި ނަމަވެސް މާލީ ހުރަސްތަކާ ހެދި މަތީ ތައުލީމަށް ދިއުމަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ދަރިވަރުންނަށެވެ. މިސްކޮލަޝިޕްގެ މަގުސަދަކީ އެފަދަ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ކެޓަގަރީއިން ފުރުސަތު ދިނުމުގައި އެންމެ އިސްކަން ދޭނީ ދަރިވަރުގެ މާލީ ހާލަތާއި ތައުލީމީ ނަތީޖާއަށެވެ.

މި ކެޓަގަރީއިން ވެސް ޑިގްރީ ޕްރޮގުރާމެއް ހެދުމަށް ދެ ފުރުސަތު ދޭނެ އެވެ.

* އިންޓަނޭޝަނަލް ސްޓޫޑަންޓް ކެޓަގަރީ

މިއީ ވިލާ ކޮލެޖުގައި ކިޔަވަން ބޭނުންވާ ބޭރުގެ ދަރިވަރުންނަށް ޑިގްރީ ޕްރޮގްރާމަށް ކިޔެވުމަށް ދޭ 2 ފުރުސަތެވެ. މި ކެޓަގަރީން ސްކޮލަޝިޕު ދިނުމަށް ވެސް ބަލާނީ ތައުލީމީ ނަތީޖާއަށެވެ.

މި ސްކޮލަޝިޕަށް ހުށަހަޅާ ދަރިވަރުން، ސްކޮލަޝިޕަށް ހުށަހަޅާއިރު، އެ ފަރާތްތައް ހިޔާރުކުރާ ކޯހަކަށް ހޮވުނުކަމުގެ އޮފާ ލެޓާ އާއި އެ ކެޓަގަރީއަކުން ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެހެނިހެން ޑޮކިއުމަންޓް ހުށަހަޅަން ޖެހޭނެ އެވެ.

ވިލާ ކޮލެޖުން ދޭ ސްކޮލަޝިޕްތަކަށް އެ ކޮލެޖުގެ ވެބްސައިޓުން ހުށަހެޅޭނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454