ސްޕޯޓްސް ސްކޮލާޝިޕްގެ އެއްބަސްވުމުގައި ބީއެމްއެލް އާއި އެމްއޯސީއިން ސޮއިކުރަނީ: މިއީ މި ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާ ދެވަނަ ފަހަރު --- ފޮޓޯ/ބީއެމްއެލް
02 ޑިސެމްބަރ 2024 - 14:04
ބީއެމްއެލްއިން އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ގުޅިގެން ސްޕޯޓްސް ސްކޮލަޝިޕްގެ ދެވަނަ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.
މި ސްކޮލާޝިޕް ޕްރޮގްރާމްގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމެވެ. މި ސްކޮލަޝިޕަށް ކުޅުންތެރިން ހޮވުމުގެ ކަންތައް ބަލަހައްޓާނީ އެމްއޯސީއިންނެވެ. އަދި އެމްއޯސީގެ މެމްބަރު އެސޯސިއޭޝަންތަކަށް ނޮމިނޭޝަން ހުޅުވާލާނެ އެވެ. މި ސްކޮލަޝިޕްގެ ދަށުން ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ހޮވޭ ކުޅުންތެރިންނަށް ލިބޭނެ އެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި، ހަތަރު ކުޅިވަރަކުން ހަތް ކުޅުންތެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފަ އެވެ. މިއީ ރާއްޖޭގައި އެންމެ މޮޅު އަދި ހުނަރުވެރި ކުޅުންތެރިން ތަމްރީނު ކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބީއެމްއެލްއިން ސިފަ ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚޮރަޕްޓް
03 December 2024
ކުރީ ފަހަރުވެސް ތި ދިންއިރު ވަރަށް ގޯސްކޮށް ދީފަ ހުރީ. ޢެއްމެ ހައްގު ކުދިންނަށް ދިނުމުގެ ބަދަލުގައި އެސޯސިއޭޝަން އިން ބޭނުން ކުއްޖަކަށް ދިނީ.