ރައީސް ރަސްދޫ ކައުންސިލާ ބައްދަލު ކުރައްވަނީ: އަންހެނުންގެ ކޮމިޓީތައް އުވާލަން ނިންމާފައިވާ ކަމަށް ކުރި ސުވާލަކާ ގުޅިގެން ރައީސް ވަނީ، ކޮމިޓީތައް ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެން މާބޮޑަށް ބާރުވެރިކުރުވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި. -- ފޮޓޯ | ރައީސް އޮފީސް
08 ޑިސެމްބަރ 2024 - 21:33
އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތައް އުވާނުލައްވާނެ ކަމަށާއި އެ ކޮމިޓީތައް ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ، އއ. އަތޮޅަށް އެ މަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި އުކުޅަހު ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އަންހެނުން ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ކޮމެޓީތައް އުވާލަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.
އެމަނިކުފާނު އއ. ތޮއްޑޫގައި ވެސް މިއަދު ވިދާޅުވީ ވައުދުވެވަޑައިގެންފައިވާ ގޮތަށް، އަންހެނުންގެ ކޮމިޓީތަކުގެ ހުށަހެޅުން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އެކަން ކުރެވެން އޮތީ ކަމާ ބެހޭ ބައެއް ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކަމަށް ވާތީ އެކަން ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
އއ. ރަސްދުއަށް ވަޑައިގަތުމުން ރައީސަށް މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
"މިއީ ރާއްޖޭގެ ހުރިހާ ޑަބްލިއުޑީސީގެ މެމްބަރުންނަށް ދޭ މެސެޖެއް. އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި ވީ ވައުދު. ޑަބްލިއުޑީސީގެ ރިކުއެސްޓަކަށް ވީ މުސާރައެއްގެ ގޮތުގައި، ލިބޭ އެލަވަންސްގެ ސްޓޭޓަސް ބަދަލުކޮށްދިނުން، އެއާއެކު ރޯދަ މަހުގެ އެލަވަންސާއި ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަން ލިބޭނެ ގޮތް ހަމަޖައްސައިދިނުން،" ރައީސް ވިދާޅުވި އެވެ.
"ލާމަރުކަޒީ ގާނޫނާއި އެމްޕްލޯއިމަންޓް ގާނޫނު، މިފަދަ ގާނޫނުތައް އިސްލާހުކޮށްގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުވީ ވައުދު ފުއްދައިދޭނަން. އޭރުން ތި ބޭފުޅުން ތި އެދިލައްވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ."
ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި، ރައީސް ބާއްވަވާ ބައްދަލުވުމުގައި އެރަށެއްގެ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން ކައުންސިލްތަކާ އެކު މަޝްވަރާ ކުރިއަށް ގެންދެވަ އެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ސުކޫލުގެ ޖާގައިގެ ދަތިކަމާއި ސިއްހީ ހިދުމަތް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރާށޭކުރާށޭ
08 December 2024
ރާއްޖެތެރޭގެ ކޮމެޓީ ތަކާއި އެއްޗެހި ހަދައިގެން މާލެ ސަރަހައްދުގެ ވިޔާފާރި ވެރިން އުނަގަނޑު ބިންދައިގެން ދަންދެން ކުރާ ބުރަ މަސައްކަތުން ލިބޭ 100 ރުފިޔާ އިން 30 ރުފިޔާ ސަރުކާރަށް ޓެކްސްގެ ގޮތުގައި ދައްކާއިރު އެފައިސާ އިން އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮށް ޖޯލި ފަތީގައި މީހުންގެ މަސްކާ ވާހަކަ ދައްކަން ތިބޭ ބަގަ ތިބޭ ރާއްޖެތެރެއަށް ނުޖެހޭނެއޭ ޚަރަދުކުރަން ރާއްޖެތެރޭގެ 65 ހާހުން ދަށުގެ ހުރިހާ އާބާދީތައް މާލެ ސަރަހައްދަށް ބަދަލު ކުރާށޭ
ބރާނތި
09 December 2024
މާލެ އެއީ ރާއްޖެއިން ބޭރު ބައެއް ނޫން...... ތިބުނާ މާލޭގައި ގިނައިން ތިބީ ރާއްޖޭގެ އެހެނިހެން ރަށްތަކުގެ މީހުން........ ތިބުނާ އުނަގަނޑު ބިންދައިގެން މަސައްކަތް ކުރާ މީހުންގެ ތެރެއިން ވެސް ގިނައިން ތިބޭނީ އެހެނިހެން ރަށްތަކުގެ މީހުން......
ކުރާށޭކުރާށޭޭއަށް
09 December 2024
ކުރާށޭކުރާށޭޭއަށް: ކަލޭ ހަދަ ރޭސިސްޓޭ. ހަތަަރުކަށިމަތިން މަލޭމީހަކަށްވެފަ އެތާންގަ ބޮޑު ގެއެއް ހުރީތަ؟