މިނިސްޓަރު ރާފިއު ޝިއަމެން މެރެތަންގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
08 ޖެނުއަރީ 2025 - 11:54
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ޗައިނާގެ ޝިއަމެން ސިޓީއާ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ރާފިއު މިހެން ވިދާޅުވީ ސީ އެންޑް ޑީ ޝިއަމެން މެރަތަން 2025 ގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވަން ޗައިނާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ޒިންހުއާ ގްލޯބަލް ސާވިސްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ޝިއަމެން އަކީ ޓެކްނޮލޮޖީ އާއި ކުޅިވަރުގެ ދާއިރާއިން ވަރަށް ކުރިއަރާފައިވާ ސަރަހައްދެއްކަން ފާހަގަ ކުރައްވައި ރާފިއު ވިދާޅުވީ، ރާއްޖެއަށް ކުޅިވަރު ކުރިއެރުވުމުގައި ޝިއަމެންގެ އެހީ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުންނާއި، އެތުލީޓް އެކްސްޗޭންޖް ޕްރޮގްރާމެއް ފެށުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ރާފިއު ޝިއަމެން މެރެތަންގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
މެރަތަން ފެށުމުގެ ގޮތުން ބޭއްވި ގަންފަޔާ ސެރަމަނީގައި ވެސް މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ ޗައިނާގެ އެތުލެޓިކްސް އެސޯސިއޭޝަނާއި، ވޯލްޑް އެތުލެޓިކްސް ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މެރަތަންއެކެވެ. މި މެރަތަންގައި 42 ގައުމަކުން ޖުމްލަ 35،000 މީހުން ބައިވެރިވެފައިވެ އެވެ.
މިނިސްޓަރު ރާފިއުއަށް މި މެރަތަންގެ ދައުވަތު ލިބިވަޑައިގެންނެވީ މިދިޔަ އަހަރުގެ ލާމު އަތޮޅުގައި ކުރިއަށް ގެންދިޔަ ޝިއަމެން ލާމު މެރަތަންގެ ތެރެއިންނެވެ.
މިނިސްޓަރު ވަނީ ޝިއަމެން މެރަތަންގައި 5 ކިލޯ މީޓަރުގެ ދުވުން ފުރިހަމަ ކުރައްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއައު
08 January 2025
ތި ސިޓީގެ އާބަން ސްޕޭސަސްތައް ބަލާބަލަ. އެތަން ތަނަށް ދޭ އަހަމިއްޔަތު. އަދި ބުނަންތަ އެތަންތަން ދީފަ ހުންނަނީ ގޭންގުތަކައްތޯ ރާއްޖޭގަ ގޮތައް؟