ހިތަދޫގައި ހުޅުވި އައިކެއާގެ އާ އައުޓްލެޓް: އެތަނުން ހާއްސް ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފައި --- ފޮޓޯ/އައިކެއާ
14 ޖެނުއަރީ 2025 - 14:58
އައިކެއާ އޮޕްޓިކަލްސްގެ ދެވަނަ އައުޓްލެޓެއް އައްޑޫގައި ހުޅުވައިފި އެވެ.
ސ. ހިތަދޫގައި ހުޅުވި އެ އައުޓްލެޓްގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ނަމްބަރު އައިނާއި އަވިއައިނު އަދި ފްރޭމްތައް ލިބެން ހުންނާނެ އެވެ. އަދި ކޮންޓެކްޓް ލެންސާއި ކަސްޓަމައިޒްޑް އޮޕްޓިކަލް ސޮލިއުޝަން ލިބެން ހުރެ އެވެ.
އައިކެއާއިން ބުނި ގޮތުގައި އައްޑޫގައި ދެވަނަ އައުޓްލެޓެއް ހުޅުވީ "ކޮމްޕްރިހެންސިވް އޮޕްޓިކަލް ކެއާ"އަށް އޮތް ޑިމާންޑު އިތުރުވަމުން ދާތީ ކަމަށެވެ. އަދި އެތަނަކީ އައްޑޫގެ ރައްޔިތުންނަށް އިތުބާރު ހުރި އަދި ފަހުގެ އައިނުތައް ފަސޭހަކަމާ އެކު ލިބޭނެ ގޮތް މަގުފަހިކޮށްދިނުމުގެ ގޮތުން ހުޅުވި ތަނެއް ކަމަށް ވެސް ބުންޏެވެ.
އެ އައުޓްލެޓު ހުޅުވުމާ ގުޅިގެން އެ ތަނުގައި ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށައިފަ އެވެ. އެ ޕްރޮމޯޝަނުގައި ކަނޑައަޅާފައިވާ ވަކި ބްރޭންޑުތަކެއް ފްރޭމްތައް 490ރ. އަށް ލިބެން ހުންނާނެ އެވެ. އަދި "ނޮކް އަރައުންޑް" އާއި "ޓްރާންސްމިޓް" އަދި "ސެންޓްރޯ ސްޓައިލް"ގެ އަވިއައިނުތައް 990ރ. އަށް ލިބޭނެ އެވެ. އޭގެ އިތުރުން 2000ރ. އިން މަތީގެ ފްރޭމާއި އަވިއައިނުން 1،000ރ. ގެ ޑިސްކައުންޓް ލިބޭނެ އެވެ.
އައިކެއާއިން އައްޑޫގައި ހުޅުވިފިހާރައިގެ އެތެރެ.
އައިކެއާއިން ބުނީ އެ ޕްރޮމޯޝަނުގެ އޮފާތަކަށް އައިކެއާގެ މެމްބަޝިޕް ޑިސްކައުންޓް ނުލިބުނަސް، ޕްރިސްކްރިޕްޝަން ލެންސަށް މެމްބަޝިޕް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި އަވިއައިނު ގަންނަ ކަސްޓަމަރުންގެ ތެރެއިން 990ރ. އިން ފެށިގެން މަތީގެ އަގުތަކުގެ އަވިއައިނު ގަންނަ ކަސްޓަމަރުންނަށް 30 ޕަސެންޓް ޑިސްކައުންޓު ލިބޭނެ އެވެ. އެ އޮފާގައި ގަންނަ މެމްބަޝިޕް ޑިސްކައުންޓު ލިބޭނީ ޕްރޮމޯޝަނުގެ ޑިސްކައުންޓު ނުލިބޭ އައިނުތަކަށް ކަމަށް އައިކެއާއިން ބުންޏެވެ.
އައިކެއާގެ އަމާޒަކީ އެ ސަރަހައްދުގައި އޮޕްޓިކަލް ކެއާގެ އާ މިންގަނޑުތަކެއް ކަނޑައަޅައި، އާއްމުންގެ ސިއްހަތާއި ދުޅަހެޔޮކަން ގާއިމްކޮށް ދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. އައްޑޫގައި އިތުރު އައުޓްލެޓެއް ހުޅުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު އޮޕްޓިކަލް ހިދުމަތް ދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވި ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައިންޓެ
14 January 2025
ލައިކް ވީ ކެއާ
ކާފުމާލެ
14 January 2025
ފައިސާ ކަލެކްޝަން ސެންޓަރުތައް ހުޅުވުމުގެ ބަދަލުގައި މި ކުޑަކުޑަ އިގުތިސާދުގައި ފައިސާ ޑިސްޓްރިބިއުޓްވެގެން ދާނެ ގޮތެއް ހެދުން ވަރަށް މުހިއްމު. މުޅިންވެސް ފެންނަނީ ފައިސާ ކަލެކްޓް ކޮށްގެން ގައުމީ ވެރިރަށަށް ގެންދާ މަންޒަރު. އެއްގޮތަކަށް ވެސް މިކޮޅަށް ފައިސާ ވަނނަ ދޮރެއް ނުހުޅުވޭ. ވަރަށް ދެރަ