މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
29 ޖެނުއަރީ 2025 - 10:04
އިންވެސްޓްމަންޓުތައް ފުޅާކުރުމުގެ މަޝްވަރާތަކަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސައުދި އަރަބިއްޔާއަށް ރޭ ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައޫދުގެ ދައުވަތަކަށް ކުރައްވާ ދަތުރުގައި ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން ސައުދީގެ މިނިސްޓާ އޮފް ކޮމާސްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސައުދީ އިންވެސްޓްމަންޓުތައް އިތުރުކުރަން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ދަތުރުން ސައުދީއާއެކު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމާއި މުހިއްމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދޭ މިންވަރު ރަމްޒުކޮށްދޭ ކަމަށެވެ.
ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި މިހާރު ވެސް ބައެއް މަޝްރޫއުތައް ހިންގަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހަދަން ވެސް ސައުދީ ފަންޑުން ވަނީ އެހީ ހަމަޖައްސައި ދީފަ އެވެ. އެ މަޝްރޫއު އަވަސްކުރަން ވެސް މި ސަރުކާރުން އައި ފަހުން ވަނީ ސައުދީ ފަންޑުން އިތުރު އެހީ ހަމަޖައްސައިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބުނީ
29 January 2025
މިފަހަރުވެސް މީނަ އެނބުރި އަންނާނީ ކޮންމެވެސް ގަޅިއެއް އަޅާފަހެން ހީވަނީ
ގުދުގުދާބެއްޔާ
29 January 2025
ފ.އަތޮޅު ވިއްކާލުމުގެ ވާހަކަ ބާ މިދައްކަނީ!
ރާވެރިބެ
29 January 2025
ސައޫދީ އަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ގާތް ގައުމެއް. ވެލާނާ އެއާރޕޯޓުގެ މަޟްރޫއަށް ސައޫދީ ފަންޑުން ދިނީ ލޯނު. ބުނެވިދާނެ އެއީ އެހީއޭ ވެސް. ސައޫދީއިން ފ އަތޮޅުގަ ބޮޑު އިންވެސްޓްމަންޓެއް ހަދަން އުޅެގެން އެކަމަށް ބަޔަކު ހުރަސް އެޅިފަހުން ރާއްޖޭގަ ބޮޑު އިންވެސްޓްމަންޓެއް ކުރުމުގެ ޟައުގު ވެރިކަމެއް ސައޫދީ ސަރުކާރަކު ނެތް. އަދި ރާއްޖޭ މިހާރުގެ ރައީސްއަށް ސައޫދީ އެރެބިއާގެ އެމްބީއެސް އާ ބައްދަލު ކުރުމުގެ ފުރުސަތެއް މިހާތަނަށް ލިބިފައެއް ވެސް ނެތް.