ހޯމް މިނިސްޓަރު އިހުސާން އަދި މިނިސްޓަރު އާދަމް ނަސީރު: ޑިޖިޓަލް އައިޑީކާޑްއާ އެކު ޒާތީ މައުލޫމާތަށް އެކްސެސްވާ ނަމަ އެނގޭނެ ކަމަށް އިހުސާން ވިދާޅުވި -
08 ފެބުރުއަރީ 2025 - 07:02
ޑިޖިޓަލް އައިޑީކާޑް ތައާރަފު ކުރުމުގެ މަސައްކަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށާއި އެ ކާޑް ބޭނުންކުރަން ފެށުމުން، އެއްވެސް އިދާރާއަކުން އެއަށް އެކްސެސްވާ ނަމަ، އެ މީހަކަށް އެނގޭނެ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމުން ރޭ ބޭއްވި ފޯރަމެއްގައި ވާހަކަ މިނިސްޓަރު އިހުސާން ވިދާޅުވީ މި ޒަމާނަށް ފެތޭ ފެންވަރުގެ ޑިޖިޓަލް އައިޑެންޓިޓީއެއް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެއީ އިންޓަނޭޝަނަލް ސްޓޭންޑަޑްގައި ގާއިމްކުރާނެ އައިޑެންޓިޓީއެއް ކަމަށެވެ.
"އޭރަށް ރައްޔިތު މީހާއަށް ފެންނާނީ އެއްވެސް އެޖެންސީއަކުން ނުވަތަ ޕްރައިވެޓް ސެކްޓާގެ ފަރާތަކުން ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން އެކްސެސްވާ ކަމަށްވާ ނަމަ، އެ މީހެއްގެ ކޮންސެންޓް [ރުހުން] އެކަމުގައި ބޭނުންވާނެ. އެ ކޮންސެންޓާ އެކުގައި އެ އިދާރާއަކުން އެކަން ކުރާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
"ހަމައެއާއެކު މީހާއަށް ބަލައިލެވޭނެ ކޮންސެންޓް ދިނުމަށް ފަހު ވެސް ކާކުތޯ ކޮން ސަބަބަކާ ހުރެތޯ ތިމަންނާގެ މި ޒާތީ މައުލޫމާތަށް އެކްސެސްވެފައި މި އޮތީ. މިއީ ވަރަށް ބޮޑު ކޮންފޮޓެއް މިގޮތަށް މާހައުލަކަށް މަސައްކަތް ބައްޓަންވެގެން ދިޔުމަކީ."
އީފާސް މެދުވެރިކޮށް މިހާރު ވެސް އެ މީހެއްގެ އައިޑީ ކާޑާއި ޑްރައިވިން ލައިސަންސާއި ކައިވެނީގެ ސެޓްފިކެޓްގެ މައުލޫމާތު ފަދަ އެތައް މައުލޫމާތެއް ޑިޖިޓަލްކޮށް ފެނެ އެވެ. އެކަމަކު ޑިޖިޓަލް އައިޑީކާޑު ހުރިހާ ތަނަކުން ބަލައެއް ނުގަނެ އެވެ.
އައިޑީކާޑަށް އެކްސެސްވާ ނަމަ އެކަން އެނގޭ ގޮތަށް ޑިޖިޓަލް އައިޑީކާޑެއް ތައާރަފް ކުރަން ސަރުކާރުން ނިންމާފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީއަށް މެންބަރުން އިތުރު ކުރަން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ތެރޭ އައިޑީކާޑުގެ މައުލޫމާތު ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތު ހޯމް ލޭންޑް މިނިސްޓްރީއަށް ވަނީ އަމާޒުވެފަ އެވެ.
އެ މައްސަލާގައި އިހުސާން މަގާމުން އިސްތިއުފާ ދިނުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ. އަދި އެކަމާ ގުޅިގެން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
09 February 2025
ކޮން އެކްސަސް އެކޭކިޔާކަށް މަށަށްނޭގި ފީއެންސީއަށް ވައްދާފައޮތީ ތަމެން. މިހާރު ތަމެންގެ އިތުބާރު ގެއްލިއްޖެ...... ބޮއިހަލަކި
އަސްލީ
09 February 2025
ހޯމް ލޭންޑް މިނިސްޓަރ އިސްކޮށް ހުރެ ރައްޔިތުންގެ އައި.ޑީ ކާޑް ޑެޓާ ބޭހަށް ވަދެ ވައްކަންކުރުމަށް ފަހު ހަމަ އެ މިނިސްޓަރ ތިހެން ބުނީމާ ގަބޫލުކުރާނީ މޮޔައިން. ރައްޔިތުންގެ މައުލޫމާތުން ވައްކަން ކުރި އެންމެނަށް އަދަބު ނުދީ ދައްކާ ބަހަނާ ބަލައެއް ނުގަންނަން.
އަދީން
08 February 2025
އައިޑީ ކާޑު ހަދަން ހުށައަޅާ ފޮޓޯއަށް ދަންދެން ކޮޕީ ކޮއްލާފަ ދެން ކޮން ވާހަކައެއް ދައްކަނީ. އިތުބާރެއް ނެތް މިހާރު ފޭކް އައިޑިީ ކާޑު ނޫޅޭނެ ކަމާމެދުވެސް
ޑިޖިޓަލް
08 February 2025
މަގޭ އައިޑީކާޑް މުއްދަތު ހަމަވެގެން އާ ކުރަން އެޕްލިކޭޝަން ޑީއެންއާރ އަށް ފޮނުވާ އިރު މުއްދަތު ހަމަވި ކާޑްގެ ކޮޕީ ހަމަ އަނެއްކާ ޑީއެންއާރަށް ސްކޭން ކޮއްފަ ފޮނުވަން މިޖެހޭ ޑިޖިޓަލް ކަމުން؟
މާހިރު
08 February 2025
ތިހުންނަނީ ރަނގަޅު ކަންކަމެވެ. އަދި މިހާރު ބޭނުންކުރާ ޑިޖިޓަލް އައި.ޑީ ގައި ކާޑެއްގެ ސިފަވެސް ނުޖަހައެވެ. ނަމަވެސް ކިތައްމެ ސަލާމަތީ ފީޗާތަކެއް ލައިގެން ހެދިޔަސް އައި.ޑީ ކާޑު ހަދާ ފަރާތްތަކުން ކުރާ ވައްކަން ނުހުއްޓުވޭނެއެވެ. އެކަން ހުއްޓުވަން ބޭނުންނަމަ ކުރަންޖެހޭ ކަމަކީ އެފަދަ ކަންކަން ބަލާ ފިޔަވަޅު އެޅޭނެ ގޮތެއް ހެދުމެވެ.
އުދުހޭ
08 February 2025
ރައްޔިތުމީހާ އަމިއްލައަށް އިންޓަރނެޓުގައި އައިޑީކާޑުގެ ކޮޕީ ހޮސްޓްކުރުމަށްފަހު އޭގެ ލިންކް ސަރުކާރުގެ ސިސްޓަމަށް ލައިގެން މެނޭޖްކޮށްގެންނޫނީ ރައްކާތެރިކަން ޔަގީނެއް ނުވާނެ. ސަރުކާރުގަ ހުންނަ ޑޭޓާ މެނޭޖްކުރާ ކޮންމެވެސް މީހަކަށް ހުރިހާ މައުލޫމާތެއް ބެލޭނެ.
ޢަލީ ކުރުސީ
08 February 2025
އެކްސެސް ވީކަން އެނގިގެން ވާނީ ކޮންކަމެއް؟ މައްސަލަ ޖައްސާ އިރަށް ބުނާނެ ތިމަންނަ އެކްސެސްވީ ޕިއްޒާ ކާންށޭ!
މަ ބުނީ
08 February 2025
މަ ބުނީ ކުރީޒަމާނުގައި ތަޅު ފެލާލައި ވަގުން ވަންކަންކޮށްގެން ރައްކާވަނީއޭ އެކަމަކު މިހާރުގެ ވަގުން ވަންކަންކޮށްފައި ދަނީ ތަޅު ބަދަލުކޮއްދީފައޭ ހާދަ ޑިޖިޓަލް ޒަމާމެކޭ މިފެންނަނީ !
ހަބީ
08 February 2025
ބަލަ އެކްސެސްވަނީ މިނިސްޓަރު ދެން އެނގުނަސް ކީއްކުރާނީ؟ އިހައްދުވަހު ތިޔަކަން ކުރަނިކޮށް ފޮޓޯއާއި އެކުވެސް ފެނުނެވެ. މައްސަލައެއް ނުބެލެއެވެ. ގޯސްވީ ނޫސްވެރިންނެވެ.
ބަކުރުބޭ
09 February 2025
ހަބީ އަށް އެނގޭތަ އާންމުރައްޔިތުންނަށް މަލާމާތް ކުރާކަން. މިހާރު އެ މަލާމާތް ކުރަނީ. މާނައަކީ ތިމަންނަ އެ ތަނަށް ވަދެ ޕިއްޒާ ކެޔަސް އެކަން ބެލޭނެ މީހަކު ނުހުންނާނެއޭ
މައްސަލަ
08 February 2025
މިހާރު ދިވެހީންގެ ޒާތީ މައުލޫމާތަކީ ޙުރުމަތެއް ނެތް އެއްޗަކަށް ހަދައި މަގުމަތިކޮށްފި. އިހަށް ދުވަހަކު އޮންލައިންކޮށް އޯޑަރުކުރި އެއްޗެއް ޑިލިވަރ ކުރަން އެހެން ކުންފުންޏަކުން އައި ކަލޭގެ އައިޑީ ބަލަން ދިންތަނާ ކާޑުގެ ފޮޓޯ ނަގައިގެން ދިޔައީ. ހުއްދައެއް ހޯދުމެއް، މިއީ ކިހާވަރެއްގެ މައުލޫމާތެއް ކަމެއް ނުބަލާ. އަހަރެން ބުނެގެން އައި ބައެއްނޫން އަދި އަހަރެނާއެކީ އެއްބަސްވުމެއް އޮތް ބައެއްވެސްނޫން. ގައުމުގެ ހާލަތު ހުރީ މިހާ ދެރަވަރުގަ މިހާރު...