ރައީސް މުއިއްޒު ދާދި ފަހުން އެސްޓޯނިއާ ކުރެއްވި ދަތުފުފުޅުގައި އެ ގައުމުގެ ނޭޝަނަލް މިއުޒިއަމަށް ވަޑައިގެން މައުލޫމާތުތައް އޮޅުން ފިލުއްވަނީ: ފޮޓޯ: ރައީސް އޮފީސް
10 ފެބުރުއަރީ 2025 - 12:25
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި ވަގު އެކައުންޓެއް ހަދައިގެން ސޯޝަލް މީޑިއާގައި ކްރިޕްޓޯ ސްކޭމެއް ހިންގަން ފަށައިފި އެވެ.
ރައީސްގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހަދާފައިވާ އެ ފޭކް އެކައުންޓުގައި ވަނީ ރާއްޖެ އިން ވެސް ކްރިޕްޓޯ ކަރަންސީއެއް ތައާރަފު ކޮށްފައިވާ ކަމަށާއި އެއީ "ޑިޖިޓަލް ކަލްޗާ" ގެ ދާއިރާގައި ރާއްޖެ އިން އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެކްސް އިން ދައުލަތުގެ ވެރިންނަށްދޭ "ގްރޭ ވެރިފިކޭޝަން" ބެޖު މި ސްކްރީންޝޮޓުތަކުން ފެނެ އެވެ.
🚨 SCAM ALERT 🚨
— TheNewsCrypto (@The_NewsCrypto) February 10, 2025
🚫 The President of Maldives DID NOT launch the #MLDVS token! This is a fake account impersonating the Maldives president.
👀 Stay vigilant – the real account is @MMuizzu.
Don’t get caught by scam tokens! 🚫
#CryptoScams #Maldives #StaySafe #CryptoAwareness… pic.twitter.com/p3IuIYT961
އެ މައްސަލާގައި ކްރިޕްޓޯ ކަރަންސީއާ ގުޅޭ އެކައުންޓަކުން ވަނީ ރާއްޖޭގެ ރައީސްގެ ނަމުގައި ކޮށްފައިވާ އެ ޕޯސްޓުތަކަކީ ސްކޭމެއް ކަމަށާއި ރާއްޖެ އިން ކްރިޕްޓޯ ކަރަންސީއެއް ލޯންޗު ނުކުރާ ކަމަށް ބުނެފަ އެވެ.
އެހެންވެ، އެކަމަށް ސަމާލުވާން އަންގައި ކުރި އެ ޕޯސްޓުގައި ވަނީ ރައީސް މުއިއްޒުގެ އަސްލު އެކައުންޓު ވެސް ޓެގްކޮށްފަ އެވެ.
އެކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމީހަކު ކުރިކަމެއް އެމީހަކަށް ފެންނާނެ
10 February 2025
މުޢިއްޒު ރައީސް ކަމަށް ވަޑައިގަތީ ވެސް ސްކޭމެއްގެ ތެރެއިންނެވެ.
އަވާމެންދުރު
10 February 2025
މިއޮތީވާ ގައުމެކެވެ. ނުބައިވެގެން ނުކުރާކަށް ކަމެއް ނެތެވެ. ރައީސްގެ ނަންފުޅު މަތީގައި މިވަރުގެ ނުބައި އަމަލު ހިންގާ މީހުން އަހަރެމެން ކަހަލަ ޓެކްނޯލޮޖީގެ ތަނެއް ދޮރެއް ނުދަންނަ މީހުންނަށް ހަދާލާނެ ގޮތް ހިތަށް އަރާފައި ސަހަރޯ ހީވެއެވެ. ވޯޓުދޭން ރިޝްވަތު ހިފައިގެން އެ ރިޝްވަތު ދަރިންނަށް ކާންދީގެން ބޮޑެތިކުރީމާ އޭގެ ނަތީޖާ މިހިރަގެން ފެންނަނީއެވެ. ޖުވާކުޅުމާއި މަސްތުވާތަކެތި ވިއްކުމާއި ޒިނޭޚާނާ ހިންގުންވެސް މިއޮތީ އަތްފޯރާފަށަށް އައިސްފައެވެ.
ކޮސް
10 February 2025
ކޮބާ އަލްހާން.
ޑރ ވާންޗޯ
10 February 2025
އެބައޮތް 100 ޑޮލަރ 1 މިނެޓުން 1000 ޑޮލަރ އަށް ހަދާލަހަދާލާ!!!!. އެވަރު ލިބޭއިރު ކީއްވެގެންބާ އެހެންމީހުންގެ ފައިސާ ހޯދައިގެން އަނބުރާ ނުދެއްކިގެން އެއުޅެނީ!!!!!.
ދޮގުތެދު
10 February 2025
މިވަރުވީމާ ރައްޔިތުންނަށް ވިސްނެންވީ ރައީސް މުއިއްޒުގެ މައްޗަށް ޒާތްޒާތުގެ ތުހުމަތުތައްކޮށް، ހަބަރުތައް ފަތުރާ، ވާހަކަދައްކާ ފަރާތްތަކުން އެ ކިޔާ އެއްޗެހީގައި ހުންނާނެ ތެދުގެ މިންވަރު. މަ ނެތިން އެގޮތަށް މީހަކު ދައްކާހާ ވާހަކަައެއް ގަބޫލުކިރާކަށް. ދީނުގައިވެސް އަމުރުކުރައްވާފައި ވަނީ ވާހަކަތަކުގެ ދޮގުތެދު ބަލާފައި ނޫނީ ގަބޫލުނުކުރަން. ތޯތޯ ވާހަކަތައް ނުފަތުރަން.
ޖަޕާން
10 February 2025
ކިހިނެއް އެނގެނީ ތެދެއްކަމެއް ދޮގެއްކަމެއް..ސިޔާސީމީހުން ތިބެނީ ފައިސާއާއި ހެދި ބޫތު ކައިފަ.
މިއައު
10 February 2025
ސިޔަސީ ވެރިން ކެމްޕެއިންގަ މޮޅެތި ވާހަކަ ދައްކާފަ ވޯޓު ދިނީމަ އެއާ އިދިކޮޅަށް ކަންކުރަނީ. މި ނުވޭތަ ސްކޭމަކަށް.