މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި ނައިވާދޫ އާއި ކާށިދޫ ވެސް ވާދަކުރާ ފުރަތަމަ ފަހަރު.-- ފޮޓޯ: އިމޭޖަސް އެމްވީ
22 ފެބުރުއަރީ 2025 - 12:21
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި މީގެ ދެ އަހަރު ކުރިން ކުޅުނު ލ. ގަމާއި ގދ. ވާދޫ ކަޓުވާލައި ހދ. ނައިވާދޫ އާއި ކ. ކާށިދޫ މިއަހަރުގެ މުބާރާތުގައި ތާރީހީ ފައިނަލަކަށް ތައްޔާރު ވެއްޖެ އެވެ.
މިއީ ނައިވާދޫ އާއި ކާށިދޫ ވެސް މުބާރާތުގެ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ނައިވާދޫ ވަނީ މިއަހަރުގެ ހއ. އަތޮޅާއި ޒޯން 1ގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ކ. އަތޮޅު ފައިނަލާއި ޒޯން 3ގެ ފައިނަލްގައި ވެސް ވާދަކޮށް ތަށި ނުހޯދުނު ނަމަވެސް ކާށިދޫ މިވަނީ ވަރުގަދަ ޓީމުތައް ސިއްސުވާލުމަށް ފަހު މުބާރާތުގެ ތަށި ހޯދުމުގެ ފުރުސަތު ވެސް ހޯދައިފަ އެވެ.
ހުޅުމާލޭ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ގަމާ ވާދަކޮށް ނައިވާދޫ މެޗު ކާމިޔާބު ކުރީ 3-1 އިންނެވެ.
ނައިވާދޫގެ ކެޕްޓަން ޔާމިން މުހައްމަދު. އޭނާ ވަނީ 2018 ވަނަ އަހަރު މާފަންނު ފުޓްސަލް ޓީމާ އެކު މި މުބާރާތުގެ ތަށި އުފުލާލައިފަ.-- ފޮޓޯ: އިމޭޖަސް އެމްވީ
ފުރަތަމަ ހާފުގައި މުހައްމަދު ޝާއިން ހިލޭޖެހުމަކުން ނައިވާދޫ އަށް ލީޑު ނަގައިދިން އިރު އަހުމަދު ހަލީމް (އަންމަޑޭ) ވަނީ ގަމަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. މެޗުގެ 35 ވަނަ މިނިޓުގައި ނައިވާދޫގެ އަހުމަދު ހަލީމް އެޓީމަށް އަލުން ލީޑު ނަގައިދީފައި ވަނިކޮށް ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ތިންވަނަ ލަނޑު ޖަހައިދިނީ ޝާއިން އެވެ.
ވާދޫއާ ދެކޮޅަށް ކުޅެ ކާށިދޫ ސެމީގައި ވެސް ކާމިޔާބު ހޯދީ ފަހަތުން އަރައި، 4-2ގެ ނަތީޖާއަކުންނެވެ.
ނަޝާހު އަހުމަދު (ނައްޓު) ގެ ގޯލަކާ އެކު ތިންވަނަ މިނިޓުގައި ވާދޫ މެޗުގެ ލީޑު ނެގި އިރު އަހުމަދު އަޔާޒް (އަޔާ) ގައިގައި ޖެހިފައި ވަން ބޯޅައަކުން 13 ވަނަ މިނިޓުގައި ކާށިދޫ ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ.
ކާށިދޫ ގެ ފަހު ދެ ލަނޑު ޖެހި ރަޔާން.-- ފޮޓޯ: އިމޭޖަސް އެމްވީ
ފޯރި ގަދަ މި މެޗުގެ ފަހު ފަސް މިނިޓު ތެރޭ ގިނަ ގޯލުތަކެއް ޖަހައިފައިވެ އެވެ. އަޖުލާން އަބްދުލް ހަންނާން މެޗުގެ 34 ވަނަ މިނިޓުގައި ކާށިދޫއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައި ވަނިކޮށް މިނިޓެއްތެރޭ ނަޝާހު ވަނީ ވާދޫއަށް އެއްވަރު ކޮށްދީފަ އެވެ. ނަމަވެސް 37 ވަނަ މިނިޓާއި 38 ވަނަ މިނިޓުގައި އިސްމާއިލް ރަޔާން ކާމިޔާބު ކުރި ގޯލުތަކުން ކާށިދޫ ވަނީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފަ އެވެ.
ވާދޫ މި މެޗުގައި ކުޅުނީ އެޓީމުގެ ޑިފެންސުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އިބްރާހިމް ޝައުފް މުހައްމަދު ނުހިމަނަ އެވެ. ތިން ކާޑު ހަމަވެގެން އޭނާ ހުރީ މި މެޗަށް ސަސްޕެންޑް ވެފަ އެވެ.
ނައިވާދޫ އަތޮޅު ފައިނަލް ތަށި ހޯދީ ހދ. ނޭކުރެންދޫ ބަލިކޮށްފަ އެވެ. އަދި ޒޯން ފައިނަލްގައި ވަނީ ހއ. ދިއްދޫ ބަލިކޮށްފަ އެވެ. ގަދަ 16ގައި މައްވަންގޮޅިއާ ވާދަކޮށް ބޮޑު ތަފާތަކުން ކުރި ހޯދި އިރު، ކުއާޓާގައި ވަނީ މަހިބަދޫ ކޮޅަށް ވެސް ގިނަ ގޯލުތަކެއް ޖަހައިފަ އެވެ.
ކ. އަތޮޅު ފައިނަލްގައި ކާށިދޫ ބަލިވީ މާފުއްޓާ ވާދަކޮށް އެންމެ ގޯލަކުންނެވެ. އަދި ޒޯން ފައިނަލްގައި ބ. އޭދަފުށި އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ނަމަވެސް ގަދަ 16ގައި އެޓީމުން ވަނީ ޕެނަލްޓީ ޖަހައިގެން މުބާރާތުގެ އެންމެ ކާމިޔާބު ތ. ތިމަރަފުށި ކަޓުވާލައިފަ އެވެ. އަދި ކުއާޓާގައި ވަނީ ވިލިމާލެއާ ވާދަކޮށް ފަހަތުން އަރައި މޮޅުވެފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ފައިނަލްގައި ނައިވާދޫ އާއި ކާށިދޫ ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ 8:00 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުމްސް
23 February 2025
އެއްޓީމެއް އަބަދު ބޮޅުނުވާނެ. ސިކުންޑިން ވިސްނާ ބާރުދައްކާފަ ބިރުދެއްކިޔަސް އެހެން ނުވާނެ. ބުރެޒިލް ތިކިޔާ ޓީމްގަ ތިބީ އަމިއްލަ ރަށުގެ މީހުން. ނާވާދޫގައި ތިބީ ވަގުތީ ރެފިއުޖީންގެ ގޮތުގަ ރަށް ބަދަލުކޮށްފަ. މޮޅުކީޕަރު ބ ކަމަދޫ މިހެއްގޮސް ރަށުވައްތަ އެކަކުވެސް ހުރިތޯ.... އަތޮޅުބައެއް ރަށްތަކުން ނަފްރަތު ކުރިޔަސް އޭދަފުށި އަރާ ހަމަނުވާނެ އަދި. ފަހުން ވާނެ ގޮތެއް ނޭއްގޭނެ
ހުޅުމާލެސިޓީ
23 February 2025
ނައިވާދޫއަށް ތަށި ލިބުމަކީ ހުޅުމާލެއަށް ތަށިލިބުންފަދަ ކަމެއް... ހުޅުމާލެ މީހުން މިތިބީ ނައިވާދޫ ފަޅީގަ އިންޝާ ﷲ
ޝިފާނ
23 February 2025
މިމެޗް ޕީ.އެސް.އެމް ގެ ކޮންމެވެސް އެއް ޗެނަލަކުން ދައްކާ ލެވޭނެ ގޮތް ކޮންމެވެސް ފަރާތަކުން ހަދާދީބަލަ.
އާއިޝާ ޢަލީ
22 February 2025
ހަލީލް އެއް ނޫން ރަނގަޅުގޮތަކީ އަހުމަދު ހަމީދު
ޕަވިޔަނި
22 February 2025
ކާމިޔާބަކީ ވަކިފަރާތަކުން ދެއްވާ އެއްޗެއް ރެފްރީންނަށް ބިރުދައްކައިގެން ލިބޭ އެއްޗެއް ނޫންކަން ގަމު ޓީމަށް އިންގޭނެކަމައް އުމްމީދުކުރަން. ފައިނަލުން ޖާގަ ހޯދައިފަ އެވަނީ މިއަހަރު މުބާރާތުގެ ފައިނަލް އެއްމެ ޑިޒާރވިން ދެޓީމް ފުރިހަމަ ކާމިޔާބީއަކަށް އެދެން
ނ އަތޮޅު
22 February 2025
ސާބަހޭ ނާވައިދޫ. ނަގާ ނަގާ ތަށި ނަގާ އިންޝާﷲ
ކާށި
22 February 2025
ކާށިދޫ ނުހިފެހެއްޓޭނެ
ރާއްޖެއެމްވީ
22 February 2025
ފޯނުން ވީއޭއާރު ބެލި ގަން ޓީމު ކަޓައިފި
ކޮބާ ބުރެޒިލް
22 February 2025
ބޯޅަ ހިފައިގެން ގޯލުތެރެއަށް ވެއްޓިގަތް ބުރެޒިލް ޓީމު ކިހިނެއް ހެދީ؟
ޚެޖސޖސޖ
22 February 2025
އ ފައިނަލް މެޗު ކުޅޭ ރޭ މެޗުގެ ކުރިން ވީޑިޔޯ ދައްކައިފިއްޔާ ނައިވާދޫ ކެޓީ.. ހެހެހެހ