އެޗްޕީ ވޯޓާމޭކާސްގެ ކޯ ފައުންޑަރު ޖިއާނީ ޒުކޯ އާއި މެރިން އިކުއިޕްމަންޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ފޮޓޮއަކަށް ހުއްޓިލައިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
25 ފެބުރުއަރީ 2025 - 13:20
އިޓަލީގެ ނަން މަޝްހޫރު އެޗްޕީ ވޯޓާމޭކާސްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމަށް، އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ގޮތުގައި މެރިން އިކުއިޕްމަންޓާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މެރިން އިކުއިޕްމަންޓްސްގެ ޝޯރޫމްގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އެޗްޕީ ވޯޓާމޭކާސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ކޯ ފައުންޑަރު ޖިއާނީ ޒުކޯ އެވެ.
އެ ރަސްމިއްޔާތުގައި ޖިއާނީ ޒުކޯ ވިދާޅުވީ މެރިން އިކުއިޕްމަންޓްސްއާ ގުޅިގެން ރާއްޖެއަށް ސާފު ފެން އުފެއްދުމަށް އެންމެ ފަހުގެ އީޖާދީ ވަސީލަތްތައް ފޯރުކޮށްދީ، ސާފު ފެން އުފެއްދުމަށް ހުރި ހައްލުތައް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.
އިޓަލީ އެޗްޕީ ވޯޓާ މޭކާސް އަކީ ދެމެހެއްޓެނިވި ފެނުގެ ހައްލުތަކަށް އީޖާދީ އާ ގޮތްތައް ހޯދުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އެ ކުންފުންޏާ އެކު މެރިން އެކިއުޕްމަންޓުން ގާއިމުކުރި އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ ފުޅާ ވިއުގަ އާއި ސިނާއީ ތަޖުރިބާ ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ ފެނުގެ ދަތިކަން ދިމާވާ ސަރަހައްދުތަކުގައި ފެން ސާފުކުރުމުގެ ޒަމާނީ ހައްލުތައް ގާއިމުކުރުމަށް ފަހިވާނެ މަގެކެވެ.
އެޗްޕީ ވޯޓާ މޭކާސްއާ އެކު ގާއިމުކުރި އެއްބަސްވުމާ އެކު މެރިން ދާއިރާ އާއި އާއްމުންނަށް ސާފު، ރައްކާތެރި ފެން ލިބޭނެކަން ކަށަވަރުކުރަން ރާއްޖޭގައި ކުރެވޭ މަސައްކަތްތަކުގެ މުހިންމު ބައިވެރިއަކަށް ވުމަށް މަސައްކަތް ކުރާނެ ކަމަށް މެރިން އިކުއިޕްމަންޓުން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ އެއްބަސްވުމާ އެކު ފެން ސާފުކުރުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފަރުމާކުރެވިފައިވާ އާ އުފެއްދުންތަކާއި ހިދުމަތްތައް ކަސްޓަމަރުންނަށް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.
މެރިން އިކުއިޕްމަންޓްސް އަކީ މެރިން ދާއިރާގައި ފެންވަރު ރަނގަޅު އުފެއްދުންތަކާއި ވަސީލަތްތައް އަދި ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
25 February 2025
"އެޗްޕީ ވޯޓާ މޭކާސްއާ އެކު ގާއިމުކުރި އެއްބަސްވުމާ އެކު މެރިން ދާއިރާ އާއި އާއްމުންނަށް ސާފު، ރައްކާތެރި ފެން ލިބޭނެކަން ކަށަވަރުކުރަން ރާއްޖޭގައި ކުރެވޭ މަސައްކަތްތަކުގެ މުހިންމު ބައިވެރިއަކަށް ވުމަށް މަސައްކަތް ކުރާނެ ކަމަށް މެރިން އިކުއިޕްމަންޓުން ބުންޏެވެ." މިއީ ރާޢްޖޭގައި އޮތް މައްސަލައެއް ބާ؟