ރައީސް: ރޯދަ މަހު ގެންނަ ހެޔޮ ބަދަލުތަކުގައި ދެމިތިބުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައި
28 ފެބުރުއަރީ 2025 - 21:56
މާދަމާ ފެށޭ ރޯދަ މަހު އުޅުމާއި ގުޅުންތަކަށް ގެންނަ ހެޔޮ ބަދަލުތަކުގައި އަބަދުވެސް ދެމިތިބުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
ރޯދަ މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވައި، ރައީސް ފޮނުއްވި ތަހުނިޔާގެ ހިތޯބުގައި ރައީސް ވިދާޅުވީ ގުރުއާން ބާވާލައްވައި، ލައިލަތުލްގަދުރީގެ މަތިވެރި ރޭ ލެއްވެވި ރޯދަ މަހަކީ ނިއުމަތާއި ރަހްމަތުގެ މަހެއް ކަމަށެވެ.
ރޯދަ މަހު ހިފާ ރޯދަ އާއި އަޅުކަމަށް ދޭ ސަމާލު ކަމާއި އެހެން މީހުންނަށް ދޭ އެހީތެރިކަމާއި ކެތްތެރިކަމާއި އިހްސާންތެރިކަމުގައި ދެމިތިބުމަކީ ޖިސްމަށާއި ރޫހަށް ލިބޭ އަގުހުރި ތަރުބިއްޔަތަކަށް ހެދުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
"ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އަމިއްލަ ނަފުސަށް ގެއްލުންހުރި، ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި މަހު އެޅުމަށް ބާރު އަޅުއްވައި، ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ހުލްގު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ އަޒުމު ކަނޑައަޅާ،" ރައީސް އިލްތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން ކޮންމެ ދިވެއްސަކު އާއިލާ ދެކެ ލޯބިވުމަށާއި އަވަށްޓެރީންނަށް ކަމޭހިތުމަށާއި ރަހްމަތްތެރިކަމުގެ ހައްގު އަދާކުރާ އިހްސާންތެރިއަކަށްވުމުގެ މޮޓޯގައި ރޯދަ މަހުން ފެށިގެން ދެ ތިބުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ ރޯދަ މަހެއްގައި ވެސް ޔަގީންކުރަންވީ އެއް ކަމަކީ ދިވެހީންގެ ސަލާމަތާއި ކާމިޔާބު ގުޅިފައިވަނީ މާތްވެގެންވާ އިސްލާމް ދީނުގައި ދެމިތިބުމުން ކަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސީހު
01 March 2025
ސަރުކާރަށް ތި އިލްތުމާސް ކުރައްވާ. ރައްޔިތުން ވެސް ވީވަރަކުން މި އުޅެނީ ނަރަކައިން ސަލާމަތް ވޭތޯ.
އަބްޑޫޅް +
01 March 2025
ރޯދަމަހު ނޫނަސް، އަހުރެން ހެޔޮ ބަދަލު ގެންނަން. އަދި އެފަދަ ބަދަލުގައި ދެމި ހުންނަން. މި ހުސްވި، މާތްވެގެންވާ ފެބުރީލު މަހުވެސް ވަރަށް ގިނަ، ހެޔޮ ބަދަލު ގެނެވުނު.
ނުލައޭދޯ
01 March 2025
ރޯދަ މަހު ގެންނަ ހެޔޮ ބަދަލަކީ ކޮބައިތޭ ރައްޔިތު އެންމެން މޫނު ބަލާ ލޯގަނޑަކީ ޓީވީއެމް އެއިން ގެނެސްްދެނީ މީހުން މަގު ފުރައްދާ ޒާތުގެ ކޮޕީ ކެޓް ދިވެހި ފިލްމް ތަކާއި އަދި ރޯދަ މަހު އަޅުކަން ކުރުމުގެ ބަދަލުގައި ކޮންމެވެސް ކުޅިވަރެއްގައި މަޝްއޫލު ވެގެން ރޯދަ މަހުގެ ބަރަކާތް ކެނޑޭ ގޮތަށް ކުރާ ޒާތުގެ ޕްރޮގްރާމްސް ތަކޭ މުޅިންވެސް ދައްކަނީ ހެޔޮނުވާނެއޭ މިގައުމުގެ މުޅި ޖީލު އެއްކޮށް މަގުފުރައްދާ ހުސްކުރަނީއޭ ޓީވީއެމް އިން ސަރުކާރަށް ކަހާތަން ހިރުވާވެސް
ހަސަންބެގެ
28 February 2025
ކުޅިވަރުގެ މަހަކަށް ނުހަދަމާ. ޓީވީ ތަކުން ގެންނަ ޕްރޮގްރާމްތައް ރަނގަޅު ކުރަން އެބަޖެހޭ. ދީނީ އިލްމު ލިބޭތޯ އުޅެންވީ.
ޢަލްޓިކޯ
28 February 2025
ދިވެހި ރައްޔިތުން ރޯދަހިފަނީ އަލަކަށް ނޫން...
ޝިއުނާ މަލްޝާ
28 February 2025
އާދެ މަސާހިބާ. އަޑުއަހައި ކިޔަމަންގަނެފިން