މިނިސްޓަރު ޝަހީމާއި އޭނާގެ އެންމެ ހަގު ދަރިފުޅު އިލްޔަސައު
28 ފެބުރުއަރީ 2025 - 23:17
މާދަމާ ފަށާ މި އަހަރުގެ ރޯދަމަހު ހުޅުމާލޭގެ ރަޝީދު މިސްކިތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދެބަފައިން އިމާމުވެ ތަރާވީހު ނަމާދު ކުރައްވަން ނިންމަވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ހުޅުމާލެ 1 ގައި ހުންނަ އެންމެ ރީތި އެއް މިސްކިތުގައި ތަރާވީހު ނަމާދު ކުރައްވާނީ ޝަހީމާއި އޭނާގެ ފިރިހެން ދަރިފުޅު އުމުރުން 13 އަހަރުގެ އިލްޔަސައު މުހައްމަދު ޝަހީމް ކަމަށެވެ.
އިލްޔަސައުއަކީ ވެސް ބައްޕަ ޝަހީމް ފަދައިން ވަރަށް ރީއްޗަށް ގުރުއާން ކިޔަވާ ކުއްޖެކެވެ.
އޭޕްރީލް 2022 ގައި އިލްޔަސައުއާ ގުޅޭ ގޮތުން މަންމަ ފާތިމަތު އާފިޔާ "މިހާރު" އަށް ވިދާޅުވީ، އަޒުމަކީ ޝަހީމްގެ އިލްމީ ކަންކަން ދަމަހައްޓާނެ ކުއްޖަކު އެ އާއިލާގެ ތެރެއިން ނެރުމެވެ. އެހެން އޭނާ ވިދާޅުވީ، ބައްޕަ ޝަހީމަކީ ރޯލްމޮޑެލްއެއްގެ ގޮތުގައި ބަލައިގެން އެންމެ ހަގު ދަރިފުޅު އިލްޔަސައު މަސައްކަތް ކުރާތީ އެވެ.
"އަޅުގަނޑުމެން ދެ މީހުންގެ ވެސް ވަރަށް ބޮޑު އުންމީދެއް އެއީ. ދަރިފުޅު ކައިރީގައި ބުނެފައި ވެސް އޮންނާނެ ބައްޕަގެ އިލްމީ މަސައްކަތްތައް ދިރުވަން ވާނެއޭ. ދަރިފުޅުގެ އެ ޝައުގުވެރިކަން ވެސް ވަރަށް ބޮޑު. އަމިއްލަ އަށް އިސްނަގައިގެން ވެސް އިލްމީ ކަންކަން ކުރާނެ،" ހުރަވީ ސްކޫލްގައި ކިޔަވަމުން އަންނަ އިލްޔަސައުއާ ގުޅޭ ގޮތުން ޝަހީމް 2022 ގައި ވިދާޅުވެފައި ވެ އެވެ.
ޝަހީމް ގެންދަވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްދިން މިސްކިތް ޖުލައި 2022 ގައި ހުޅުވި ފަހުން މިދިޔަ ދެ އަހަރު ވެސް އެ މިސްކިތުގައި ތަރާވީހު ނަމާދު އިމާމުވެ ކޮށްދެއްވައިފަ އެވެ.
އިލްޔަސައު، ބައްޕަ ޝަހީމާއެކު މައްކާގައި.
އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މުސްތަގުބަލަށް ރާއްޖެ ފަހުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަހިސިއްޔަތުން އުފެއްދުން ކަމަށް އެ މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ.
އެހެންވެ މިނިސްޓްރީން ވަނީ އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީހު ނަމާދު ކުރުމުގެ ފުރުސަތު ވެސް ޒުވާން ހަތަރު ހާފިޒުންނަށް މި ފަހަރު ދީފަ އެވެ.
އެ މަރުކަޒުގެ އިމާމު ހާފިޒު ސަލްމާން މުހައްމަދު ލަތީފާއި ހާފިޒު އުވައިސް ބިން އިނާޒާއި ޚިޟްރު ބިން އިމާދުގެ އިތުރުން ހާފިޒު ސުލްތާން މުހައްމަދު ލަތީފެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުމް
02 March 2025
ދެއްކުން ތެރިކަމުގެ ލާމަސީލް މިސާލެއް. މިނިސްޓަރަކަށްވެ ހުރެ މިފަދަ ކަމެއް މީނާ ކުރާ ކަމީ އޭގެ ހެއްކެއް. މި ރާއްޖޭގައި ގިނަ އަދަދެއްގެ ޒުވާނުން ތަރާވީސް ކުރަން ފުރުސަތު ނުދީ މީނާ މިކަން ކުރާ ކަމީ އޭގެ ހެއްކެއް.
އަލީ ޖަލީލް ނާޒިމް.
01 March 2025
ދަރިން ރަގަޅުކުރާނީވެސް މައިބަފައިން. ދަރިން ހަލާކު ކުރަނީވެސް މައިން ބަފައިން. ވަގުތު މިއީ އެންމެ އަގުހުރި ހަޒާނާ!
ސައޫދީ
01 March 2025
މިކަމުގައިވެސް ގިނަބަޔަކު ނެގެޓިވް ކޮމެންޓު ކުރާތަންފެނުމަކީ ދެރަކަމެއް،
ކަލީމް
01 March 2025
މާޝާﷲ
ނެޕޯބޭބީ
01 March 2025
ނެޕޮޓިޒަމް!
ރަފިއްޔާާ
03 March 2025
މީ ކީކޭ ކިޔާމީހެއްތަ. ހާފިޒުންނަށް މިހާރު ބަރާބަރަށް ފުރުސަތުދެމުންއެދަނީ. އެކަން އިސްވެ ފެށީވެސް މި ސަރުކާރުން. ކުރިން އެއީ ގެއްލިފަތިބި ބަޔެއް.
ޖަމީލުބެ
01 March 2025
بارك الله فيهم
عفيان
01 March 2025
الحمد
Ibrahim Nafiu
01 March 2025
މާޝާﷲ... ތިފަދަ ގިނަ ދަރިންތަކެއް މިމުޖުތަމައުން ފެންނަންބޭނުން
ކަސީލާ
28 February 2025
ދެއްކުންތެރި ނުވެ ކޮންމެ ކަމަކީ ހެޔޮއަމަލެއް. ދަރިން ބޮޑުކުރަންވީ އެފަދަ ތަރުބިއްޔަތުގަ. ޤްރުއާން އިން ލިބޭ ފިލާވަޅު އަމަލުން ފެންނަން ޖެހޭ.